ލީގު ގެއްލުނަސް ޓްރާންސްފާ މާކެޓުގައި ސިޓީ ވަރުގަދަ ކުރަނީ

Dec 30, 2024, 4:29 AM
ލީގު ގެއްލުނަސް ޓްރާންސްފާ މާކެޓުގައި ސިޓީ ވަރުގަދަ ކުރަނީ

މެންޗެސްޓާ (ޑިސެމްބަރު 30) - މި ސީޒަނުގައި ދެން، މެންޗެސްޓާ ސިޓީ އަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ނެތް ކަމަށާއި މިހާރު ވިސްނުން ހުރީ ކުރިއަށް ހުރި ޓްރާންސްފާ މާކެޓުގައި ޓީމު ވަރުގަދަ ކުރުމަށް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ރޭ ލެސްޓާ ސިޓީ އަތުން 2-0 ގެ ނަތީޖާ އަކުން ސިޓީ މޮޅުވި މެޗަކީ ގާޑިއޯލާ ސިޓީ އަށް ކޯޗުކަން ކޮށްދިން 500 ވަނަ މެޗެވެ.

ސިޓީ އިން ޕްރިމިއާ ލީގުގައި މި ފަހުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. ލެސްޓާ އަތުން ސިޓީ އަށް ލިބުނު ތިން ޕޮއިންޓާ އެކު ލީގު ތާވަލުގެ ފަސް ވަނަ އަށް އެ ޓީމު ޖެހިލިޔަސް، ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ 14 ޕޮއިންޓް ތަފާތު އެބަހުއްޓެވެ. އެއީ، އަދި ލިވަޕޫލް އެއް މެޗު މަދުން ކުޅެގެންނެވެ.

"ޕްރިމިއާ ލީގު ކާމިޔާބުކުރެވޭ ވަރަށް ވުރެ ދުރުގައި މިހާރު މިތިބީ. އަހަރެމެންގެ އެހެން ޓާގެޓްތައް އެބަހުރި މި ސީޒަނަށް. އެފްއޭ ކަޕް ކަހަލަ މުބާރާތްތައް ކާމިޔާބުކުރުން، ލީގުގެ ގަދަ ހަތަރެއްގައި ހިމެނުން" ގާޑިއޯލާ ބުންޏެވެ.

ލީގަށް ވާދަކުރުމުގެ ފުރުސަތު ސިޓީ އަށް ގެއްލުނު ހިސާބެއްގެ ގޮތުގައި ގާޑިއޯލާ ފާަހަގަކުރީ އަމިއްލަ ދަނޑުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި މެޗަށެވެ.

ގާޑިއޯލާ ބުނީ ސިޓީ އަށް ދިމާވި އަނިޔާގެ މައްސަލަ ހައްލުކުރަން ޖެނުއަރީ ޓްރާންސްފާ މާކެޓުގައި އެ ޓީމަށް ކުޅުންތެރިން ގެންނާނެ ކަމަށެވެ.

މި ސީޒަނުގެ ބޮޑުބައި ސިޓީން ކުޅެމުން އަންނަނީ މުހިންމު ގިނަ ކުޅުންތެރިން ނުލަ އެވެ. އެ ގޮތުން މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި، ސްޕެއިނުގެ މިޑްފީލްޑަރު، ރޮޑްރީ އަށް އަނިޔާވުން އެއީ ސިޓީ އަށް ފޫނުބެއްދުނު މައްސަލަ އެއް ކަމަށް ގާޑިއޯލާ ވަނީ އެއްބަސްވެފަ އެވެ.

"ބައެއް މަގާމުތަކުގައި އަހަރެމެންއަށް އެހީ އެބަ ބޭނުންވޭ. އެކަންތައް ހައްލުކުރަން ކުޅުންތެރިން އަންނަ ޓްރާންސްފާ މާކެޓުގައި ގެންނާނަން" ގާޑިއޯލާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox