ޔުނައިޓެޑް ހިންގުމާ ގުޅޭ ކަންކަމަށް ރޮނާލްޑޯ ޝައުގުވެރިވޭ

Dec 29, 2024, 10:46 AM
ޔުނައިޓެޑް ހިންގުމާ ގުޅޭ ކަންކަމަށް ރޮނާލްޑޯ ޝައުގުވެރިވޭ

އަބޫދާބީ (ޑިސެމްބަރު 29) - މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބްގެ ހިންގުމާ ގުޅޭ ކަންކަމަށް ވެސް ޝައުގުވެރިކަން ހުރިކަމަށް ބުނެފި އެވެ.

ގްލޯބް ސޮކާ އެވޯޑްސްގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ވަނީ އޭނާ ކޯޗެއްގެ ގޮތުގައި ނުފެންނާނެކަން ހާމަކޮށްފަ އެވެ. އެކަމަކު، ފުޓުބޯޅައިގެ ސީނިއާ މެނޭޖްމަންޓާ ގުޅޭ ކަންކަމުގެ ތެރެއިން އޭނާގެ މަސައްކަތް ފެންނާނެ ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

އެ ގޮތުން، ކްލަބެއް ހިންގުމުގެ ޝައުގުވެރިކަން ގެންގުޅޭއިރު، ޔުނައިޓެޑަކީ ވެސް ރޮނާލްޑޯ ހިތުގައި އޮތް ނަމެއް ކަމަށް ވަނީ ބުނެފަ އެވެ.

ރޮނާލްޑޯ ވަނީ ޔުނައިޓެޑް ހިންގުމުގައި ހުރި މައްސަލަތަކާ ހެދި އެ ކްލަބްގެ ހާލަތާމެދު ކަންބޮޑުވާ ކަމަށް ބުނެފަ އެވެ. އަދި ޔުނައިޓެޑްގެ މައްސަލަ އަކީ ކޯޗު ނޫން ކަމަށާއި، އެ ކްލަބްގެ މައްސަލަ ފެށޭ ހިސާބަކީ "ޓޮޕް މެނޭޖްމަންޓް" ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

"ފެންގަނޑު ސަކަރާތް ވެފައި ހުރި މަސްގަނޑެއްގައި އެއް މަސް ނަގައި އެ އަށް ފަރުވާކޮށް އަލުން އެ މަސް ފެންގަނޑަށް ލިޔަސް އެ މަސް ހަމަ ބަލިވާނެ. އެއީ ޔުނައިޓެޑް އަށް ދިމާވެފައިވާ މައްސަލަ އަކީ." ރޮނާލްޑޯ ބުންޏެވެ.

ޔުނައިޓެޑް ކަހަލަ ބޮޑު ކްލަބެއްގެ އިސް މަގާމެއްގައި މަސައްކަތް ކުރަން ބޭނުންވޭތޯ ކުރި ސުވާލަށް ޖަވާބު ދެމުން ރޮނާލްޑޯ ބުނީ އޭނާގެ އަމާޒަކީ ބޮޑު ކްލަބެއްގައި މަސައްކަތް ކުރުން ކަމަށެވެ. އަދި އެއީ ޔުނައިޓެޑް ތޯ ބުނަން މި ވަގުތު ނޭނގޭ ކަމަށް ރޮނާލްޑޯ ވަނީ ހާމަކޮށްފަ އެވެ.

ރޮނާލްޑޯ މިހާރު ވެސް، އަމިއްލަ ބްރޭންޑެއް ހަދައި ފުޅާ ދާއިރާއަކަށް ވިޔަފާރި ކުރަމުން ގެންދެ އެވެ. އެ ގޮތުން އޭނާގެ އަމިއްލަ ބްރޭންޑް ސީއާރް 7 ކުޑައިގެ ދަށުން, އަންނައުނު ވިއްކުމާއި, ސެންޓް ވިއްކުން އަދި ވިޔަފާރި ހޮޓަލްތައް ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox