ރޭންކިން ކުރީގައި އޮތް ކުޅުންތެރިންގެ މަނާބޭހުގެ މައްސަލަތައް ޓެނިސް އަށް ރަނގަޅެއް ނޫން

Dec 29, 2024, 8:44 AM
ރޭންކިން ކުރީގައި އޮތް ކުޅުންތެރިންގެ މަނާބޭހުގެ މައްސަލަތައް ޓެނިސް އަށް ރަނގަޅެއް ނޫން

މެލްބާން، އޮސްޓްރޭލިއާ (ޑިސެމްބަރު 29) - ޓެނިހުގެ ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އޮތް ކުޅުންތެރިންގެ މަނާބޭހުގެ މައްސަލަތަކަކީ ކުރިއެރުމަށް ބަލާއިރު ޓެނިސް އަށް ރަނގަޅު ކަމެއް ނޫން ކަމަށް އޮސްޓްރޭލިއާގެ ޓެނިސް ތަރި، ނިކް ކިރްގިއޯސް ބުނެފި އެވެ.

ދުނިޔޭގެ ޓެނިސް ކުޅުންތެރިންގެ ފިރިހެނުންގެ އެއް ވަނައިގައި މި ވަގުތު އޮތް އިޓަލީގެ ޖެކް ސިނާ މިދިޔަ މާޗް މަހު މަނާބެހޭކަށް ޕޮޒިޓިވްވި މައްސަލައިގެ ތަަހުގީގުުތައް އަދިވެސް އަންނަނީ ކުރިއަށްދަމުންނެވެ. އެ މައްސަލައިގައި ސިނާ އަށް ސަސްޕެންޝަނެއްގެ ފުރުސަތު ވެސް ބޮޑެވެ. ދުނިޔޭގެ އަންހެން އެއް ވަނައިގައި އޮއްވައި، އީގާ ސްވިއަޓެކް، މިދިޔަ އޮގަސްޓް މަހު މަނާބޭހަށް ޕޮޒިޓިވްވެ، އެއް މަހުގެ ސަސްޕެންޝަނެއްގައި ވެސް ހުންނަން ޖެހުނެވެ.

މަނާބޭހުގެ މައްސަލަތައް ޓެނިހުގައި ހިނގާ މިންވަރު އިތުރުވަމުން އަންނައިރު، އެކަމާ ދެކޮޅަށް އަޑުއުފުލާ އެތުލީޓުންގެ ނިސްބަތް ވެސް އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން، ކިރްގިއޯސް ބުނީ، އެންމެ މޮޅެތި އެތުލީޓުންގެ މި ފަަަދަ މައްސަލަތަކަކީ ޖުމްލަކޮށް ޓެނިހަށް މީގެއިން ލިބޭ ގެއްލުމެއް ކަމަށެވެ.

"މި ކަންކަން ބެލެހެއްޓުުމުގެ ނިޒާމް އަހަރެމެންގެ މި ކުޅިވަރު (ޓެނިސް) ގައި ވަރަށް ގޯސްކޮށް މި ދަނީ، މީގެ ސަބަބުން ޓެނިހުގެ މުސްތަގުބަލަށް އަސަރުކުރާނެ. ދުނިޔޭގެ އެއް ވަނައިގައި އޮތް ދެ އެތުލީޓެއްގެ މަނާބޭހުގެ މައްސަލަ އޮތުމަކީ ޓެނިހާ މެދު މީހުންގެ ވިސްނުން ގޯސްވާނެ ކަމެއް،" ކިރްގިއޯސް ބުންޏެވެ.

އަނިޔާގެ މައްސަލަތަކުގެ ސަބަބުން 18 މަސް ދުވަސް ކުޅުމާ ދުރުގައި ހުުރުމަށް ފަހު، ކިރްގިއޯސް އަންނަނީ ކުރިއަށް އޮތް ބްރިސްބޭން މުބާރާތުގެ އިތުރުން، އަންނަ މަހުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ތައްޔާރުވަމުންނެވެ. ވާދަވެރި މުބާރާތެއްގައި ކިރްގިއޯސް އެންމެ ފަހުން ފެނުނީ، 2023 ވަނަ އަހަރު ޖޫން މަހު ބޭއްވި ސްޓުޓްގާޓް އޯޕަންގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox