މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރާތާ 10 އަހަރު

އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ: ދައުލަތުގެ ހުރިހާ އިދާރާއެއް އޮޑިޓު ކުރުމަކީ އޮޑިޓު އޮފީހުގެ ޒިންމާއެއް -- ފޮޓޯ: އަދަދު ފައިލް

އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ: ދައުލަތުގެ ހުރިހާ އިދާރާއެއް އޮޑިޓު ކުރުމަކީ އޮޑިޓު އޮފީހުގެ ޒިންމާއެއް -- ފޮޓޯ: އަދަދު ފައިލް

ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ބަޖެޓެއް ދީގެން ހިންގާ ކައުންސިލު ކަމުގައިވާ މާލެ ސިޓީ ކައުންސިލުގެ މާލީ ހިސާބުތައް އޮޑިޓު ނުކުރާތާ 10 އަހަރު ފާއިތުވެފައިވާކަން ހާމަވެއްޖެ އެވެ.

ހުރިހާ ކައުންސިލެއް ހިމެނޭހެން, ދައުލަތުގެ އޮފީސްތައް އޮޑިޓު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަނީ އޮޑިޓާ ޖެނެރަލް އޮފީހާ އެވެ. އެ އޮފީހުގެ ވެބްސައިޓުން ދައްކާ ގޮތުގައި މާލެ ސިޓީ ކައުންސިލް 2012 އިން 2014 ގެ ނިޔަލަށް އޮޑިޓް ކުރުމަށްފަހު އެ ރިޕޯޓު އާންމުކުރީ 2016 ގަ އެވެ. އެ ފަހުން އެއްވެސް އަހަރެއްގައި މާލެ ސިޓީ ކައުންސިލު އޮޑިޓުކޮށްފައި ނެތެވެ.

އޮޑިޓު ނުކުރާ މައްސަލައިގައި ސުވާލުކުރުމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް "އަދަދު" އަށް ވިދާޅުވީ ސިޓީ ކައުންސިލުގެ އެއްވެސް އޮޑިޓް ރިޕޯޓެއް އެ ކައުންސިލުން ފެންނަން ނެތް ކަމަށެވެ. ނަމަވެސް ކައުންސިލު އޮޑިޓު ކުރަން އޮޑިޓު އޮފީހުން ޕްލޭންތައް ހަދަމުންދާތާ ހަ މަހެއްހާ ދުވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކްސްޓާނަލް އޮޑިޓް ހަދަން އޮޑިޓް އޮފީހުން ވިޒިޓްތަކެއް އެބަ ހަދާ އަޅުގަނޑުމެންނަށް. ޕްލޭން ކުރުމުގެ މަސައްކަތް އެބަ ކުރޭ. އޮޑިޓާ ޖެނެރަލް އޮފީހުން އެ ޕްލޭން ހަދާތާ މިހާރު ވެދާނެ ހައެއްކަ މަސް މިހާރު. ޕްލޭން ކުރަމުން އެދަނީ. ޕްލޭން ކޮށްފައި ފަށައިގަންނާނީ،" އޭނާ ވިދާޅުވި އެވެ.

އޮޑިޓު އޮފީހުން ޕްލޭންތައް ހެެދި ނަމަވެސް މިއަދާ ހަމައަށް ކައުންސިލުގެ އޮޑިޓު ހަދަން ނުފަށަ އެވެ. އާޒިމް ވިދާޅުވީ އޮޑިޓާ ޖެނެރަލް އޮފީހަށް, އޮޑިޓު ކުރަން ނުފެށިގެން އުޅެނީ ގިނަ ދުވަހު އެ ކައުންސިލް އޮޑިޓް ނުކޮށް އޮތުމުން ކަމަށް ބެލެވޭ ކަމަށެވެ.

އޮޑިޓު އޮފީހުން މި މަސައްކަތް ނުފެށި ނަމަވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލް އޮޑިޓު ކުރުމަށް ކުރިއަށް އޮތް ދެ އަހަރަށް އިންޓާނަލް އޮޑިޓަރެއް ނަގައި، މަސައްކަތް ފަށާފަ އެވެ. އޮޑިޓް ކުރުމުގެ މަސައްކަތް ހަވާލުކުރީ ކުރޯ މޯލްޑިވްސް އެލްއެލްޕީއާ އެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރެއް ނަގައި މަސައްކަތް ފެށުމުން ކައުންސިލުގެ ދެފުށް ފެންނަ ސިޔާސަތާ އެކު ރައްޔިތުން ކުރާ އިތުބާރު ވެސް ބޮޑުވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

"އަޅުގަނޑު ހަވާލުވާ ކޮންމެ ތަނެއްގައި ވެސް އެންމެ އިސްކަމެއް ދޭ ކަމަކީ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަންތައްތަކެއް ކުރުން. އަދި އެކަން އެކަން އެންޝުއާ ކުރުމަށް އޮޑިޓް ފަންކްޝަނަކީ ވަރަށް މުހިންމު ފަންކްޝަނެއް. އެގޮތުން އަޅުގަނޑު ހުންނަ ތަނެއްގައި އޮޑިޓް ފަންކްޝަން ވަރުގަދަކޮށް ހަރުދަނާ ކުރަމުންދާނަން،" އޭނާ ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ އިންޓާނަލް އޮޑިޓް ހެދުމުގެ ސަބަބުން އެކްސްޓާނަލް އޮޑިޓްތައް ހެދުމަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މާލެ ސިޓީ ކައުންސިލް އޮޑިޓް ނުކުރެވި 10 އަހަރު ފާއިތުވެފައިވާތީ، އެކަމާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ ބަހެއް ހޯދުމަށް ގުޅައި މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox