އޮޕަރޭޝަނަށް ފަހު ސްޓޯކްސް ތިން މަސް ދުވަހަށް ކުޅުމާ ދުރަށް

Dec 27, 2024, 9:35 AM
އޮޕަރޭޝަނަށް ފަހު ސްޓޯކްސް ތިން މަސް ދުވަހަށް ކުޅުމާ ދުރަށް

ލަންޑަން (ޑިސެމްބަރު 27) - އިންގްލެންޑްގެ ކްރިކެޓް ތަރި، ބެން ސްޓޯކްސްގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ތިން މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

މަޝްހޫރު އޯލްރައުންޑަރު، ސްޓޯކްސް، 33، ގެ ފަަލަމަސްގަނޑަށް އަނިޔާވީ މި މަހުގެ ކުރީކޮޅުގައި ޓެސްޓް މެޗެއްގައި ނިއު ޒީލެންޑާ ދެކޮޅަށް ކުޅެނިކޮށެވެ. މިއީ، ސްޓޯކްސްގެ ވާތުފައިގެ ފަލަމަސްގަނޑަށް މި އަހަރު އަނިޔާވި ދެ ވަނަ ފަހަރެވެ. މިދިޔަ އޮގަސްޓް މަހު ވެސް ސްޓޯކްސްގެ ފަލަަމަސްގަނޑަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދާފައިވެ އެވެ.

ސްޓޯކްސް ބުނެފައިވަނީ، ފަލަމަސްގަނޑަށް ތަކުރާރުކޮށް އަނިޔާވަމުން އަންނާތީ، ޑޮކްޓަރުންގެ ޓީމުގެ ލަފާގެ މަތިން ނިންމާފައިވަނީ އަންނަ މަހު އޮޕަރޭޝަން ކުރުމަށް ކަމަށެވެ. އަދި މި އަނިޔާއިން ރިކަވާވެ، އޭޕްރީލް މަހު އެނބުރި ކުޅުމަށް އާދެވޭނެ ކަމަށް ސްޓޯކްސް ވަނީ ބުނެފަ އެވެ.

އަނިޔާގެ ސަބަބުން ސްޓޯކްސް އަށް ގިނަ މުބާރާތްތަކެއް ގެއްލޭނެ އެވެ. އޭގެ ތެރޭގައި، އަންނަ މަހު ދެކުނު އެފްރިކާގައި ބާއްވާ ފްރެންޗައިސް ކްރިކެޓް ލީގާއި އިންގްލެންޑުން އިންޑިއާއާ ދެކޮޅަށް ކުޅޭ ވައިޓް ބޯލް ޓުއާގެ އިތުރުން، ފެބްރުއަރީ މަހު ޕާކިސްތާންގައި ފަށަން ނިންމާފައިވާ ޗެމްޕިއަންސް ޓްރޮފީ މުބާރާތް ހިމެނެ އެވެ.

މީގެ އިތުރުން، ސްޓޯކްސް ވަނީ، މާޗް މަހު ފަށާ އިންޑިއަން ޕްރިމިއާ ލީގުގެ އޯކްޝަނުން ވެސް އަމިއްލަ އަށް ވަކިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox