ހަތް މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ): އެ ކޮމިޝަނުން ހަތް މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން ވަނީ އައްޔަނު ކޮށްފައި -- ފޮޓޯ: އަދަދު ފައިލް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ): އެ ކޮމިޝަނުން ހަތް މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން ވަނީ އައްޔަނު ކޮށްފައި -- ފޮޓޯ: އަދަދު ފައިލް

ހަތް މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އައްޔަނުކޮށްފި އެވެ.

ޖޭއެސްސީން ފަނޑިޔާރުން އައްޔަނުކުރީ ކ.މާފުށި މެޖިސްޓްރޭޓް ކޯޓު، ލ.މާވަށު މެޖިސްޓްރޭޓް ކޯޓު، ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓު، ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓު، ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓު، ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓު އަދި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ކ.މާފުށި، ޝާހީ، ޝިފްނާ އަހްމަދު ސާދިގު

ޝިފްނާ އަހްމަދު ސާދިގު ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ (އޮނާސް) ފަސްޓް ކްލާސް ހާސިލްކުރައްވައި، އެވިޑް ކޮލެޖްއިން މާސްޓާ އޮފް ބިސްނަސް އެޑްމިނިސްޓްރޭޝަން ވަނީ ހާސިލްކުރައްވާފަ އެވެ.

Advertisement

ޝަރުއީ ދާއިރާގައި 2021 އިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ޝިފާނާ ފަނޑިޔާރުކަމަށް ކުރިމަތިލެއްވިއިރު ހުންނެވީ ކ. މާފުށި މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގަ އެވެ.

ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ލ. ގަން، މަތިމަރަދޫ، ފަޒާ، އަހްމަދު ޝާފީ

އަހްމަދު ޝާފީ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ (އޮނާރސް) އަދި މާސްޓާ އޮފް ލޯސް ހާސިލްކުރައްވާފަ އެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލްގެ ލީގަލް އޮފިސަރުގެ މަގާމް އަދާކުރައްވަމުން ގެންދަވާ އަހްމަދު ޝާފީ ވަނީ ޝަރުއީ ދާއިރާގައި ފަސް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފަ އެވެ.

ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓަށް ހއ.ބާރަށް، ރޭސަމް، އަބްދުﷲ ޖައިލަމް

ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އައްޔަނު ކުރެއްވި އަބްދުﷲ ޖައިލަމް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފަ އެވެ.

މީގެ ކުރިން ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމް އަދާ ކުރައްވަމުންދިޔަ އަބްދުﷲ ޖައިލަމް އަކީ ޝަރުއީ ދާއިރާގައި ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެއެވެ.

ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓަށް ބ.ކެންދޫ، ސައްކެޔޮގެ، ޖިނާން އަބްދުﷲ

ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އައްޔަންކުރި ޖިނާން އަބްދުﷲ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލްކުރަށްވައިފައިވާ ބޭފުޅެކެވެ.

ޝަރުއީ ދާއިރާގައި ހަ އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު، ޖިނާން އަބްދުﷲ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާއެއްގެ މަގާމުގަ އެވެ.

ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ފ. ދަރަނބޫދޫ، ރޯޝަނީގެ، އަލީ އިސްމާއީލް

އަލީ އިސްމާއީލް އައްޔަނުކުރެވުނު އިރު ހުންނެވީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓާނީ ކަމުގެ މަގާމުގަ އެވެ.

ޝަރުއީ ދާއިރާގައި ހަތަރު އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު، އަލީ އިސްމާއީލް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއިން މާސްޓާ އޮފް ލޯސް (ކޮމްޕަރޭޓިވް ޖުރިސްޕްރޫޑެންސް) އާއި މަސްޓާ އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލްކުރައްވާފަ އެވެ.

ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ލ. މާވަށް، އެންދެރިމާގެ، އިސްމާއީލް މާހިރު

ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނު ކުރެވުނު އިސްމާއީލް މާހިރު ވަނީ ވިލާ ކޮލެޖްއިން ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފަ އެވެ.

އިސްމާއީލް މާހިރުއަކީ 2013 އިން 2023 އަށް ލ. މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓެއްގެ ގޮތުގައި މަސައްކަތްކުރައްވާފަ އެވެ.

ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ގދ.ގައްދޫ، ޔެލޯސީ، އަހްމަދު އަވްފު އަބްދުއްސަމަދެ

އަހްމަދު އަވްފު އަބްދުއްސަމަދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާސް އޮފް ލޯސް އިން އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް ހާސިލްކުރައްވާފަ އެވެ.

ޝަރުއީ ދާއިރާގައި ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަހްމަދު އަވްފު އަބްދުއްސަމަދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް އޮފީހުގެ ސީނިއާ ކޮންޓެންޓް އޮފިސަރުގެ މަގާމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox