ކުޑަކުއްޖަކާ ބެހުމުގެ ދައުވާ ލިބޭ މީހެއްގެ "އިސްކުރު މަދު" ކަމަށް ބުނެ އަމިއްލައަށް ދިފާއު ނުވެވޭނެ ކަމަށް ތިނަދޫ ކޯޓުން ނިންމައިފި

Aug 14, 2024, 5:51 AM
ގދ. ތިނަދޫ ބަނދަރު ސަރަހައްދު: -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދި

ގދ. ތިނަދޫ ބަނދަރު ސަރަހައްދު: -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދި

ކުޑަކުއްޖަކާ ބެހުމުގެ ކުށުގެ ދައުވާ ލިބޭ މީހެއްގެ "އިސްކުރު މަދު" ކަމަށް ބުނެ އޭނާއަށް އަމިއްލައަށް ދިފާއު ނުވެވޭނެ ކަމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމައިފި އެވެ.

ނަމަވެސް ތިނަދޫ ކޯޓުގެ އެ ނިންމުން ހައި ކޯޓުން ވަނީ އިއްޔެ ބާތިލުކޮށްފަ އެވެ. އެ މައްސަލައިގައި ތިނަދޫ، ނޫރަލިއާގޭ، ޝިފާއު މުހައްމަދަށް ލިބެނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި ޝިފާއު ބުނެފައި ވަނީ ދައުވާ އަމިއްލައަށް ލިބިގަތުމަށް އޭނާ ނުކުޅަދޭ ކަމަށެވެ. އެ މައްސަލަ ބެލުމަށްފަހު ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް ނިހާމް ރަޝީދު ނިންމެވީ ޝިފާއުއަކީ "އަހަރުމެންގެ މުޖްތަމައުގައި ބޭނުންކޮށް އުޅޭ 'އިސްކުރު މަދު' ކަމަށް ބުނެ އުޅޭ ހާލަތުގައި ހުރި މީހެއް ކަމަށް" އޭނާއަށް ބުރަވެވޭ ކަމަށެވެ.

Advertisement

ހައި ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ ޝިފާއުގެ މެޑިކަލް އެގްޒެމިނޭޝަން ހެދި ހަބީރުގެ ހެކިބަހުން ވެސް އޭނާއަކީ ދިފާއެއް ބިނާކުރަން ނުކުޅަދޭ މީހެއް ކަމަށް ބުނެފައިނުވާ ކަމަށެވެ. ޝިފާއުއަކީ އާންމު ވިސްނުމާ އެކަށީގެންވާ މިންވަރަށް ކަންކަން ކުރުމުގެ ގާބިލު މީހެއް ކަމަށާއި ނަމަވެސް ބޮޑެތި ކަންކަން ރާވައި ކުރުމަށް ދަތިތަކެއް ހުންނާނެ ކަމަށް ހަބީރު ބުނެފައިވާ ކަމަށް ހައި ކޯޓުން ބުންޏެވެ.

"ހަބީރުގެ މިބަހުން ދިފާއެއް ބިނާ ކުރުމަށް ނުކުޅަދޭ މިންވަރަށް މައުރިފާގެ ސަލާހިއްޔަތު ނެތްކަން ދޭހަވަނީ ކިހިނަކުންކަން ސާފެއް ނޫން،" ހައި ކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ.

އެހެންކަމުން ހައި ކޯޓުން ކަނޑައެޅީ އަލުން ޝިފާއުގެ މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު އޭނާއަކީ އަމިއްލައަށް ދިފާއު ނުނެގޭނެ ހާލަތުގައި ހުރި މީހެއްކަން ކަށަވަރު ކުރުމަށެވެ.

އޭގެ އިތުރުން، ޝިފާއުއަކީ "އިސްކުރު މަދު" މީހެއް ކަމަށް މެޖިސްޓްރޭޓް ބުނާ ބުނުމަށް ގާނޫނީ ގޮތުން ދެވޭ މާނައެއް ބުރަދަނެއް ނުވަތަ ނަތީޖާއެއް ސާފު ނޫން ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އިހުތިރާމް ކުރުމުގެ ބޭނުމުގައި ހާއްސަ ގާނޫނެއް އޮންނައިރު އެފަދަ ސުވާލު އުފެދޭ ބަސްތައް ބޭނުން ކުރުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށް ވެސް ހައި ކޯޓުން ފާހަގަ ކުރި އެވެ.

"އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވެސް ކަރާމާތަށް އިހުތިރާމްކުރުމުގެ މަގުސަދު ހާސިލު ކުރުމުގެ ބޭނުމުގައި ހާއްސަ ގާނޫނެއް ހެދިފައިވާއިރު މުޖުތަމައުގައި ބޭނުންކުރެވޭ ސުވާލު އުފެދޭ މިބާވަތުގެ ބަސްތައް، އެއަށް ބުރަދަންދެވޭ އެއްވެސް އަސާސެއް ނެތި ގަޟާއީ ނިންމުމެއްގައި މިފަދައިން ނިންމައި މުހާތަބު ކުރުމަކީ އެދެވޭ ގޮތެއް ކަމުގައި ނުދެކެން،" ހައި ކޯޓުން ބުނެފައިވެ އެވެ.

މެޖިސްޓްރޭޓް ނިހާމް މުހައްމަދު ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓެއްގެ މަގާމަށް އައްޔަން ކުރީ ޑިސެމްބަރު، 2022، ގަ އެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލީ ވެސް ނިހާމް އެކަންޏެވެ. އޭނާ ކުރިން މަސައްކަތް ކުރެއްވީ ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގަ އެވެ.

ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މަގާމެއް ހުސްވީ ކުރިން އެ ކޯޓުގައި މަސައްކަތް ކުރެއްވި މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމުންނެވެ. އޭނާ މަގާމުން ވަކި ކުރީ ކޯޓަށް އައި އަންހެނަކަށް ފުރައްސާރަކޮށް އޭނާއަށް ޖިނާއީ ބޮޑު ތުހުމަތެއް ކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox