މާރާމާރީއެއްގެ މައްސަލަ ނުބަލާތީ ހޮޅުދޫގައި ހިތްހަމަ ނުޖެހުން ފާޅުކުރަނީ

ހޮޅުދޫގައި ރައްޔިތުން ޕޮލިސް ސްޓޭޝަން ކައިރީ އިހުތިޖާޖު ކުރާ މީހަކު ޕޮލިސް ސްޓޭޝަންގެ ދުމަތީގައި. -- ފޮޓޯ: ފޭސްބުކް

ހޮޅުދޫގައި ރައްޔިތުން ޕޮލިސް ސްޓޭޝަން ކައިރީ އިހުތިޖާޖު ކުރާ މީހަކު ޕޮލިސް ސްޓޭޝަންގެ ދުމަތީގައި. -- ފޮޓޯ: ފޭސްބުކް

މިދިޔަ ބުރާސްފަތި ދުވަހު ނ. ހޮޅުދޫގައި ހިންގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ނުބަލާ ކަމަށް ބުނެ، ރައްޔިތުން އެރަށުގެ ޕޮލިސް ސްޓޭޝަން ކައިރީ އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ހޮޅުދޫން "އަދަދު" ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ އެ އިހުތިޖާޖު ކުރަން ފެށީ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) އެއް ނެތް ކަމަށް ބުނެ، މާރާމާރީގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ނުބަލައި ދިގުލައިގެން ދާތީ، އެކަން އަވަސް ކުރުވަން ކަމަށެވެ.

"މައްސަލަ އަވަސްކޮށް ދޭން ރޭގައި ވެސް އެދުނިން. ބުނަނީ އައިއޯއެއް ނެތޭ. މިއަދު އައިއޯއެއް ގެނެސް ބަޔާން ނަގާނެ ކަމަށް ވެސް ބުނި. ނަމަވެސް އެކަހަލަ އެއްވެސް ކަމެއް ނުހިނގާ. އެހެންވެގެން އިހުތިޖާޖު ކުރަނީ،" އޭނާ ބުންޏެވެ.

އެ ރަށުގެ ރައްޔިތުން ކަންބޮޑުވެގެން އުޅެނީ އެރަށުން މަރުވެފައި އޮތް ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ މަރުގެ މައްސަލައަށް އިންސާފު ނުލިބޭ ކަމަށް ބުނެ ވާހަކަ ދައްކަމުން ދިޔަ މީހަކަށް ހަމަލާ ދިން މައްސަލައެކެވެ.

މި ނޫހަށް މައުލޫމާތު ދިން މީހާ ބުނީ ބުރާސްފަތި ދުވަހު ހިނގި އެ މާރާމާރީގައި އަނިޔާވި މީހާއަށް އެ ރަށު ހެލްތު ސެންޓަރުން ފަރުވާ ވެސް ދޭން ޖެހުނެވެ. އެ މާރާމާރީ ތަހުގީގު ނުކުރާއިރު، ތުހުމަތުވާ މީހާ ހައްޔަރެއް ވެސް ނުކުރެ އެވެ.

ހޮޅުދޫގައި ކުރިއަށްދާ އިހުތިޖާޖާ ގުޅިގެން ފުލުހުން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން އުފެދުނު ހިތްހަމަ ނުޖެހުންތަކާއި ޝަކުވާ ތަކައިގެން ބަޔަކު މީހުން ޕޮލިސް ސްޓޭޝަން ކައިރީ އަޑުގަދަ ކުރަމުން ގޮސްފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox