ސާއިދު ސްޕޯޓްސްއާ ގުޅެން ބޭނުންވާ ކުދިން އަށް ފުރުސަތެއް

ސާއިދު ސްޕޯޓްސްއާ ގުޅެން ބޭނުންވާ ކުދިން އަށް ފުރުސަތެއް

ސާއިދު ސްޕޯޓްސް އަށް އަލަށް ވަންނަން ބޭނުންވާ ކުދިން އަށް އެ ފުރުސަތު އެ އެކަޑަމީން ހުޅުވާލައިފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދުގެ ހިއްސާ އޮންނަ ސާއިދު ސްޕޯޓްސް އިން އަންނަނީ އެތުލެޓިކްސް އަށް ޝައުގުވެރިކަން ހުންނަ ކުދިން ތަމްރީނުކޮށް އެ ކުދިން އަށް ފުރުސަތުތައް ފަހިކޮށްދެމުންނެވެ.

އަންނަ އަހަރަށް ސާއިދު ސްޕޯޓްސްއަށް އަލަށް ގުޅެން ބޭނުންވާ ކުދިން އަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު, އަންނަ އަހަރު ސާއިދު ސްޕޯޓްސް އިން ތަމްރީނުތައް ކުރިއަށް ގެންދާނީ ހަތް ސެޝަން އަކަށް ބަހާލައިގެންނެވެ. އެއީ، މާލޭގައި ފަސް ސެޝަން އަދި ހުޅުމާލޭގައި ދެ ސެޝަން އެވެ.

އެ ގޮތުން މާލޭގެ ސެޝަންތައް ކުރިއަށްދާނީ އާދީއްތަ, އަންގާރަ އަދި ބުރާސްފަތި ދުވަހެވެ. ހުޅުމާލޭގައި ކުރިއަށްދާ ދެ ސެޝަން ކުރިއަށްދާނީ ހޯމަ, ބުދަ އަދި ބުރާސްފަތި ދުވަހު އެވެ.

ސާއިދު ސްޕޯޓްސް އިން މި ފަހަރު ފުރުސަތު ހުޅުވާލާފައިވާ އުމުރުތަކަކީ 4-6 އަހަރު އުމުރުފުރާ, 7-9 އަހަރު އުމުރުފުރާ އަދި 10 އަހަރުން މަތީގެ އުމުރުފުރާތަކެވެ.

ކ. ގާފަރަށް އުފަން، ރާއްޖޭގެ އެންމެ ކާމިޔާބު އިންޑިވިޖުއަލް އެތުލީޓު، ސާއިދުގެ އިސްނެގުމާ އެކު، އޭނާގެ ބެލުމުގެ ދަށުން، 2017 ވަނަ އަހަރުގެ އޮގަސްޓް އެއް ވަނަ ދުވަހު، ވުޖޫކުރި ކްލަބުން އަންނަނީ ގައުމީ ލެވަލްގައި އެތުލީޓުންނަށް ފުރުސަތު ހޯދައިދޭން ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.

އެ ގޮތުން، ސާއިދު ސްޕޯޓްސް އިން ތަމްރީނުވި އެތުލީޓުން ވަނީ ގައުމީ ލެވަލްގައި ރަނގަޅުކުރިއެރުން ހޯދައި، ބައިނަލްއަގުވާމީ ލެވަލްގައި ވެސް ރާއްޖެ ތަމްސީލްކޮށްފަ އެވެ.

ސާއިދު ސްޕޯޓްސްގެ އެންމެ ބޮޑު ކާމިޔާބަކީ، މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ފިރިހެން އެންމެ މޮޅު ޓީމުގެ މަގާމު ހޯދުމެވެ. ވޭތުވެދިޔަ 20 ވަރަކަށް އަހަރަށް ބެލިޔަސް، ދިވެހި ސިފައިންގެ ކްލަބް ފިޔަވައި، ގައުމީ މުބާރާތުގެ އެންމެ މޮޅު ފިިރިހެން ޓީމުގެ މަގާމު ލިބިފައިވަނީ ސާއިދު ސްޕޯޓްސް އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox