ބޮޑުވަަޒީރުކަން ކުރުމަށް ވުރެ ކޯޗެއްގެ ވަޒީފާ އުނދަގޫ

Dec 19, 2024, 4:38 AM
ބޮޑުވަަޒީރުކަން ކުރުމަށް ވުރެ ކޯޗެއްގެ ވަޒީފާ އުނދަގޫ

ލަންޑަން (ޑިސެމްބަރު 19) - ގައުމެއްގެ ބޮޑުވަޒީރުކަން ކުރުމަށް ވުރެ ފުޓްބޯޅަ ޓީމެއްގެ ކޯޗުކަމުގެ ވަޒީފާ އަދާކުރަން އުނދަގޫ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމާ ހަވާލުވެ ހުރި އޮސްޓްރޭލިއާގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނެފި އެވެ.

ކުރިން ސެލްޓިކަށް ކޯޗުކޮށްދިން ޕޮސްޓެކޮގްލޫ، ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ، މިދިޔަ އަހަރުގެ ޖޫން މަސް ތެރޭގަ އެެވެ.

މިދިޔަ އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އަތުން ޓޮޓެންހަމް މޮޅުވިއިރު، އެ ނަތީޖާއާ އެކު، އެ ޓީމަށް ވަނީ ފަސް މެޗަަށް ފަހު މޮޅެއް ލިބިފަ އެވެ. އެ މެޗަށް ފަހު، ސައުތެމްޓަންގެ ކޯޗު ރަސަލް މާޓިން ވަކިކުރިއިރު، އޭނާ އަކީ މި ސީޒަނުގައި ޕްރިމިއާ ލީގުން ވަޒީފާ ގެއްލުނު ހަތަރު ވަނަ ކޯޗެވެ.

މީގެ ކުރިން، ލެސްޓާ ސިޓީގެ ކޯޗު ސްޓީވް ކޫޕާ ވަކިކުރިއިރު، މެންޗެސްޓާ ޔުނައިޓެޑުން އެރިކް ޓެން ހާގް އަދި ވުލްވްސް އިން ގެރީ އޮނީލް ވަނީ ވަކިކޮށްފަ އެވެ.

ޕޮސްޓެކޮގްލޫ ބުނީ، ފުޓްބޯޅަ ޓީމެއްގެ ކޯޗަކަށް ހުންނައިރު، ފެންވަރު ސާބިތުކޮށްދޭން ކޮންމެ ހަފްތާ އަކު "އިންތިހާބަކާ ކުރިމަތިލާންޖެހޭ" ކަމުގެ އިހުސާސް ވެސް ކުރެވޭ ކަމަށެވެ.

"މިއީ ކޮންމެ ގޮތަކަށް ބެލިޔަސް ދިރިއުޅުމަކަށް މިހާރު އަދާކުރަން ޖެހޭ އެންމެ އުނދަގޫ ވަޒީފާ. ތި މީހުން ބުނެފާނެ ސިޔާސީ ކަންކަމޭ އުނދަގުލީ، އެކަމަކު، އަހަރެންގެ ނަޒަރުގައި މިއީ (ފުޓްބޯޅަ ޓީމެއްގެ ކޯޗުކަމަކީ) އެންމެ އުނދަގޫ މަސައްކަތް،" ޕޮސްޓެކޮގްލޫ ބުންޏެވެ.

"ޕްރައިމް މިނިސްޓަރު ހޮވަނީ ފަސް އަހަރުން، އެހެންނު؟ އެކަމަކު، އަހަރެެމެން އެބަ ކުރިމަތިލާން ޖެހޭ އިންތިހާބަކާ ކޮންމެ ހަފްތާ ބަންދެއްގައި، ވޯޓު ލިބެނީ މޮޅުވީމަ ނުވަންޏާ ގާތްގަނޑަކަށް ހުރިހާ ކަމެއް ނިމުމާ ގާތުގައި ތި ހުރެވެނީ،"

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދަން ޕޮސްޓެކޮގްލޫ މިރޭ ޓޮޓެންހަމް ގޮވައިގެން އަމިއްލަ ދަނޑުގައި ކުޅެނީ މެންޗެސްޓާ ޔުނައިޓެޑާ އެވެ. ޓޮޓެންހަމް އިން އެންމެ ފަހުން ތަށްޓެއްގައި އަތްލީ 2008 ވަނަ އަހަރު އެެވެ. އެ ފަަހަރު އެ ޓީމުން ހޯދީ ލީގު ކަޕް ޗެމްޕިއަންކަމެވެ.

ޕޮސްޓެކޮގްލޫ ބުނީ، އޭނާ ޓޮޓެންހަމްގައި ދިގު މުއްދަތަކަށް ހުންނަން ކުރަން ޖެހޭ މަސައްކަތް ވަރަށް ސާފު ކަމަށާއި އެއީ އެ ކްލަބަށް ތަށި ހޯދައިދިނުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox