ފީފާ ބެސްޓް އެވޯޑްސްގައި ސުޒޭނާއި ސަމުއްޓެގެ ވޯޓު ވިނީޝިއުސް އަށް

Dec 17, 2024, 7:26 PM
ފީފާ ބެސްޓް އެވޯޑްސްގައި ސުޒޭނާއި ސަމުއްޓެގެ ވޯޓު ވިނީޝިއުސް އަށް

ފީފާ ބެސްޓް އެވޯޑްސްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓޭ) އާއި ކޯޗު އަލީ ސުޒޭން، އެއް ވަނަ ނޮމިނޭޝަން އަކަށް ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ފޯވާޑް، ވިނީޝިއުސް އަށް ވޯޓު ދީފި އެވެ.

ފީފާ އެވޯޑްސްގައި، ކޮންމެ ގައުމެއްގެ ކެޕްޓަނާއި ކޯޗު އަދި މީޑިއާ އަށް ވޯޓު ލުމުގެ ފުރުސަތު ލިބިގެންދެ އެވެ.

އެ ގޮތުން، ސުޒޭން އާއި ސަމުއްޓެ ވޯޓު ދީފައިވަނީ، މި ފަހަރުގެ ބެސްޓް އެވޯޑްސް ހޯދި ވިނީޝިއުސް އަށެވެ. ސަމުއްޓެގެ ވޯޓު ތަރުތީބަކީ، ވިނީޝިއުސް، ރޮޑްރީ އަދި ބެލިންހަމް އެވެ. އަދި ސުޒޭންގެ ވޯޓު ތަރުތީބަކީ، ވިނީޝިއުސް، ބެލިންހަމް އަދި ރޮޑްރީ އެވެ.

އެންމެ މޮޅު ކޯޗަކު ހޮވަން، ސަމުއްޓެ ވޯޓު ދީފައިވަނީ، ޕެޕް ގާޑިއޯލާ، ކާލޯ އަންޗެލޮޓީ އަދި ޒަބީ އަލޮންސޯ އަށެެވެ، ސުޒޭން ވޯޓު ދީފައިވަނީ، އަންޗެލޮޓީ، ލިއޮނަލް ސްކަލޯނީ އަދި ލުއިސް ޑި ލަ ފުއެންޓޭ އަށެވެ.

މީޑިއާ އިން ރާއްޖޭގެ ފަރާތުން ވޯޓު ލަނީ ޝިމާޒް އަލީ (ޝިމައްޓެ) އެވެ. އޭނާ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވޯޓު ދީފައިވަނީ، ވިނީޝިއުސް، ބެލިންހަމް އަދި އާލިން ބްރައުޓް ހާލަންޑް އަށެވެ. އަދި އެންމެ މޮޅު ކޯޗަށް ވޯޓު ދީފައިވަނީ، އަންޗެލޮޓީ، ގާޑިއޯލާ އަދި ސްކަލޯނީ އަށެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ހޮވަން، ރާއްޖޭގެ އަންހެން ޓީމުގެ ކެޕްޓަން، ހައްވާ ހަނީފާ ވޯޓު ދީފައިވަނީ، އައިޓާނާ ބޮންމާޓީ އާއި ލިންޑްސޭ ހޮރާން އަދި ޓްރިނިޓީ ރޮޑްމަން އަށެވެ. އަދި އަންހެން ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވޯޓު ދީފައިވަނީ، ބޮންމާޓީ އާއި ސޯފިއާ ސްމިތު އަދި ކެއިރާ ވޮލްޝް އަށެވެ.

ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް މި ސަރަަހައްދުގެ އެހެން ގައުމުތަކުގެ ވޯޓަށް ބަލާއިރު، ބަންގްލަދޭޝްގެ ކެޕްޓަން، ސޮހޭލް ރާނާ ވޯޓު ދިނީ ލިއޮނަލް މެސީ، ވިނީޝިއުސް އަދި ބެލިންހަމް އަށެވެ. އަފްގާނިސްތާންގެ ޝަރީފް މުހައްމަދު ވޯޓު ދީފައިވަނީ، ލަމީން ޔަމާލް، ވިނީޝިއުސް އަދި ޓޯނީ ކްރޫސް އަށެވެ. އިންޑިއާގެ ސަންދޭޝް ޖިންގަން ވޯޓު ދިނީ، ރޮޑްރީ، ކާވަހާލް އަދި ވިނީޝިއުސް އަށެވެ. ނޭޕާލްގެ ކިރަން ކުމާރް ވޯޓު ދިނީ، ބެލިންހަމް، ޔަމާލް އަދި ފްލޯރިއަން ވާޓްޒް އަށެވެ. ޕާކިސްތާންގެ އަބްދުﷲ އިގުބާލް ވޯޓު ދިނީ، ރޮޑްރީ، ވިނީޝިއުސް އަދި ކާވަހާލް އަށެވެ. އަދި ސްރީ ލަންކާގެ ސުޖަން ޕެރޭރާ ވޯޓު ދިނީ، ވިނީޝިއުސް، ރޮޑްރީ އަދި ކްރޫސް އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox