އިންޑިއާ ކޯސްޓުގާޑުގެ ދެ ބޯޓެއް މާލޭގައި ބަނދަރުކޮށްފި

މާލޭގައި ބަނދަރުކުރި އިންޑިއާ ކޯސްޓުގާޑުގެ ދެ ބޯޓު ---

މާލޭގައި ބަނދަރުކުރި އިންޑިއާ ކޯސްޓުގާޑުގެ ދެ ބޯޓު ---

އިންޑިއާގެ ކޯސްޓުގާޑުގެ ދެ ބޯޓެއް މާލޭގައި ބަނދަރުކޮށްފި އެވެ.

މި ދެ ބޯޓު ރާއްޖެ އައިސް މާލެ ބޭރުގައި ބަނދަރުކުރީ އިއްޔެ ހެނދުނު ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.

އިންޑިއާ ކޯސްޓުގާޑުގެ ރަސްމީ އެކްސް އެކައުންޓުން އިއްޔެ ހަވީރު ކުރި ޕޯސްޓެއްގައި ބުނީ ކޯސްޓު ގާޑު އުޅަނދު 'ވައިބާވް' އަދި 'އަބިރާޖް' ރާއްޖޭގައި ބަނދަރުކުރީ ޕޯޓްކޯލެއްގެ ދަށުން ކަމަށެވެ.

އެ ޕޯސްޓުގައިވާ ގޮތުން މި ދަތުރުގެ ތެރެއިން ރާއްޖެ-އިންޑިއާ ގުޅިގެން ހިންގާ ކަނޑުގެ އޮޕަރޭޝަންތައް ވަރުގަދަކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށްވެ އެވެ. ހާއްސަކޮށް ކަނޑަށް ކުނިއެޅުމުގެ މައްސަލަތަކާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް އިސްކަމެއް ދެވިގެންދާނެ އެވެ.

މި ދަތުރުގައި ރާއްޖޭގެ ސިފައިންނާއި އިންޑިއާ ސިފައިން އެކުގައި ކުޅިވަރުގެ ހަރަކާތްތައް ބާއްވާ، ތަމްރީނުތައް ކުރިއަށް ގެންގޮސް ތިމާވެށީގެ ދާއިރާއިން މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.

މިއީ އިންޑިއާ ކަނޑުގެ ސަލާމަތާއި ސަރަހައްދީ ގުޅުމަށް އިންޑިއާއިން ދޭ އިސްކަމުގެ ރަމްޒެއް ކަމަށްވެސް އެ ގައުމުގެ ކޯސްޓުގާޑުން ބުނެފައިވެ އެވެ.

އިންޑިއާގެ ކޯސްޓުގާޑު ބޯޓުތައް ބަނދަރުކުރުމާއެކު ތަފުސީލަށް އެދުމުން އެމްއެންޑީއެފް އިން ވަނީ އާންމުކުރާ މައުލޫމާތު ފިޔަވާ އިތުރު ތަފުސީލެއް ނުދެވޭނެ ކަމަށް ބުނެފަ އެވެ. ސިފައިންގެއިން މިހާތަނަށް މި ދެ ބޯޓު ބަނދަރުކުރުމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox