އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލުކްމަން އަށް

Dec 17, 2024, 3:27 AM
އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލުކްމަން އަށް

ޕެރިސް (ޑިސެމްބަރު 17) - އެފްރިކާގެ މައި ފުޓްބޯޅަ ޖަމިއްޔާ، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެޓަލަންޓާ އަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް، އަޑެމޯލާ ލުކްމަން އަށް ލިބިއްޖެ އެވެ.

މި މަގާމަށް ލުކްމަންއާ ވާދަކުރީ މޮރޮކޯގެ އަޝްރަފް ހަކީމީ، އައިވަރީ ކޯސްޓްގެ ސިމޯން އަޑިންގްރާ، ގިނީގެ ސޭހޫ ގިރާސީ އަދި ދެކުނު އެފްރިކާގެ ރޮންވެން ވިލިއަމްސް އެވެ.

މިދިޔަ އަހަރު ކާމިޔާބު ސީޒަނެއް ނިންމާލި ލުކްމަން، 27، ވަނީ އެޓަލަންޓާއާ އެކު ޔޫރޮޕާ ލީގު ހޯދުމުގެ އިތުރުން ނައިޖީރިއާއާ އެކު، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ރަނަރަޕަށް ގޮސްފަ އެވެ. ބަޔާ ލެވަކޫސަން އަތުން ޔޫރޮޕާ ލީގުގެ ފައިނަލުގައި އެޓަލަންޓާ މޮޅުވި މެޗުގައި ލުކްމަން ހެޓްރިކެއް ހެދިއިރު، މިއީ، 1975 ވަނަ އަހަރުގެ ފަހުން ޔޫރަޕްގެ ކްލަބް ފައިނަލެއްގައި ފެނުނު ފުރަތަމަ ހެޓްރިކް އެެވެ.

Advertisement

އައިވަރީ ކޯސްޓް އަތުން ނައިޖީރިއާ ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސް ފައިނަލުގައި ބަލިވެފަ އެވެ. އެކަމަކު، އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ތިން ގޯލު ޖެހި ލުކްމަން ވަނީ މުބާރާތުގެ ޑްރީމް ޓީމުން ޖާގަ ހޯދައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން، ފުލަމް އަދި ލެސްޓާ ސިޓީ އަށް ކުޅުމުގެ އިތުރުން ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގުން ވެސް ފެނިގެންދިޔަ ލުކްމަން އަށް މި ފަހަރުގެ ބެލޮންޑިއޯ އެވޯޑުން ލިބުނީ 14 ވަނަ އެވެ. އެޓަލަންޓާ އިން މި ވަގުތު އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތްއިރު ލުކްމަން ވަނީ މި ސީޒަނުގައި މިހާތަނަށް އަށް ގޯލު ޖަހައިފަ އެވެ.

ނައިޖީރިއާގެ ކުޅުންތެރިންނަށް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް މި ވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފަ އެވެ. މިިދިޔަ އަހަރުގެ މޮޅު ކުޅުންތެރިއަކީ ނަޕޯލީ އަށް މިދިޔަ ސީޒަނުގައި ކުޅުމަށް ފަހު މި ވަގުތު ލޯން އެއްބަސްވުމެއްގެ ދަށުން ގަލަތަސަރާއި އަށް ކުޅޭ ފޯވާޑް، ވިކްޓަ އޮސިމެން އެވެ.

އެފްރިކާގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކީ، ޒިމްބާބްވޭގެ ފޯވާޑް ބާބްރާ ބަންޑާ އެވެ. އެމެރިކާ ލީގުގައި އޯލާންޑޯ ޕްރައިޑަށް ކުޅޭ ބާބްރާ އަކީ މި މަގާމު ހޯދި ޒިމްބާބްވޭގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox