ސިޓީން ކްވަރަޝްކޭލިއާ ގަންނަން 84 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ

Dec 17, 2024, 2:26 AM
ސިޓީން ކްވަރަޝްކޭލިއާ ގަންނަން 84 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ

ނޭޕްލްސް، އިޓަލީ (ޑިސެމްބަރު 17) - މެންޗެސްޓާ ސިޓީން ނަޕޯލީ އަށް ކުޅޭ ޖޯޖިއާގެ ވިންގް، ކްވިޗާ ކްވަރަޝްކޭލިއާ ގަންނަ ނަމަ 84 މިލިއަން ޑޮލަރުގެ ފީއެއް ދައްކަންޖެހޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ސިޓީގެ އިތުރުން ބާސެލޯނާ އިން ވެސް އަންނަނީ، ކްވަރަޝްކޭލިއާ، 23، ހޯދަން މަސައްކަތް ކުރަމުންނެވެ. ސިޓީން ފުރަތަމަ ނިންމީ މި ސީޒަން ނިމުމުން ކްވަރަޝްކޭލިއާ އަށް ބިޑް ކުރުމަށެވެ. އެކަމަކު، ސިޓީގެ ފޯމު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ޖެނުއަރީ ޓްރާންސްފާގައި އެ ކްލަބުން ބޮޑު ހޭދައެއް ކުރަން ތައްޔާރުވަމުން އަންނައިރު، ކްވަރަޝްކޭލިއާ އަށް ބިޑްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޖޯޖިއާގެ ޑިނަމޯ ބަޓޫމީ ދޫކޮށް 10 މިލިއަން ޑޮލަރުގެ އަގަކަށް 2022 ވަނަ އަހަރުގެ ޖުލައި މަހު ނަޕޯލީ އަށް ބަދަލުވި ކްވަރަޝްކޭލިއާގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން އޭނާ 100 މިލިއަން ޑޮލަރަށް ވެސް ނުވިއްކާނެ ކަމަށް އެ ޓީމުގެ ރައީސް އައުރޭލިއަން ޑީ ލައުރެންޓީސް މީގެ ކުރިން ވިދާޅުވި އެވެ.

އެކަމަކު، ނަޕޯލީގެ މާލީ ހާލަތު ހުރި ގޮތުން އާ ކުޅުންތެރިން ގަންނަން އިންވެސްޓްކުރެވެން އޮތީ ކުޅުންތެރިން ވިއްކައިގެން ލިބޭ އާމްދަނީ އަށް ބަލައިގެން ކަމަށްވާތީ، ބޮޑު އަގުގައި ބައެއް ކުޅުންތެރިން ދޫކޮށްލަން އޮތީ ޖެހިފަ އެވެ.

ކްވަރަޝްކޭލިއާއާ އެކު، ނަޕޯލީން ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންވެ، ނަޕޯލީން ވަނީ ކްވަރަޝްކޭލިއާގެ އަގު 84 މިލިއަން ޑޮލަރު އަށް ކުޑަކޮށްފަ އެވެ.

ނަޕޯލީ އަށް މި ސީޒަނުގައި ކުޅެދިން 17 މެޗުން ކްވަރަޝްކޭލިއާ ވަނީ ފަސް ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox