އަނިޔާއާ ހެދި ޔަމާލް ދެން މި އަހަރު ނުފެންނާނެ

Dec 17, 2024, 1:40 AM
އަނިޔާއާ ހެދި ޔަމާލް ދެން މި އަހަރު ނުފެންނާނެ

ބާސެލޯނާ (ޑިސެމްބަރު 17) - އަނިޔާގެ ސަބަބުން ބާސެލޯނާ އަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ލަމީން ޔަމާލް އަށް މި އަހަރުގެ ބާކީ ބައިގައި ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ޔަމާލް، 17، ގެ ފިޓްނަސް އަށް މިދިޔަ ދެ މަހެއްހާ ދުވަހު އަސަރުކޮށްފައިވާއިރު، އެންމެ ފަހުން ކުޅުނު މެޗަށް ފަހު، ލިގަމެންޓަށް ވަނީ އަނިޔާވެފަ އެވެ. މި ސީޒަނުގައި ޔަމާލްގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ހެދި ގިނަ މެޗުތަކެއް ވެސް ވަނީ ގެއްލިފަ އެވެ.

އެެންމެ ފަހުން ލިގަމެންޓަށް ލިބުނު އަނިޔާއާ ހެދި ޔަމާލަށް މުއްދަތެއް ކުޅުމާ ދުރުގައި ހޭދަކުރަން ޖެހޭނެ ކަމަށް ބާސެލޯނާ އިން ވަނީ ބުނެފަ އެވެ.

ސްޕެއިނުގެ މީޑިއާތަކުން ބާސެލޯނާއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔަމާލް، އެންމެ އަވަހަށް ވެސް ކުޅުމަށް އެނބުރި އަންނާނީ ތިނެއް ނޫނީ ހަތަރު ހަފްތާ ފަހުންނެވެ.

ބާސެލޯނާގެ ފޯމަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ މި ދަނޑިވަޅުގައި ޔަމާލް ނުލައި މުހިންމު މެޗުތަކެއް ކުޅެން ޖެހުމަކީ އެ ޓީމަށް އޭގެ އަސަރުކުރާނެ ކަމެކެވެ.

މި ސީޒަނުގައި މިހާތަނަށް ޔަމާލް ވަނީ ބާސެލޯނާ އަށް 21 މެޗު ކުޅެދީފަ އެވެ. އެ މެޗުތަކުގައި ޔަމާލް ވަނީ އެ ޓީމަށް ހަ ގޯލު ޖަހައިދީފަ އެވެ. އަދި، އެ މެޗުތަކުގައި ބާސެލޯނާގެ 12 ގޯލެއް ޖަހަން ފުރުސަތު ތަަނަސްކޮށްދީފައިވަނީ ވެސް ޔަމާލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox