ލިވަޕޫލާއި އާސެނަލަށް ވެސް މޮޅުނުވެވުނު

Dec 14, 2024, 7:52 PM
ލިވަޕޫލާއި އާސެނަލަށް ވެސް މޮޅުނުވެވުނު

ލަންޑަން (ޑިސެމްބަރު 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ލީގުގެ ރޭހުގައި އޮތް ލިވަޕޫލާއި އާސެނަލަށް މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެ އެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނުއިރު، ފުލަމްއާ އެއްވަރުވީ 2-2 އިންނެވެ. އާސެނަލުން އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 0-0 އިން އެއްވަރުވެފަ އެވެ.

މި ނަތީޖާތަކަށް ފަހު، ލިވަޕޫލުން ލީގުގެ ކުރީގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 15 މެޗުން 36 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އަށް 15 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމުން މާދަމާރޭ ބްރެންޓްފޯޑް އަތުން މޮޅުވެއްޖެނަމަ، ލިވަޕޫލަަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމާ ދެ ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ.

ތިން ވަނައިގައި އޮތް އާސެނަލަށް 16 މެޗުން ވަނީ 30 ޕޮއިންޓް ލިބިފަ އެވެ.

ލިވަޕޫލް ދަނޑުގައި ފުލަމް އިން އަންޑްރެއަސް ޕެރެއިރާގެ ގޯލުން ލީޑުނެގިއިރު، 16 ވަނަ މިިނިޓްގައި، ލިވަޕޫލްގެ އެންޑީ ރޮބަޓްސަން އަށް ވަނީ ރަތް ކާޑު ދައްކައި ފޮނުވާލައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ، ދެ ވަނަ ހާފުގެ ކުރީކޮޅުގައި ކޯޑީ ގަކްޕޯ ވަނީ ބޮލުން ގޯލެއް ޖަހައި ލިވަޕޫލަށް އެއްވަރުކޮށްދީފަ އެވެ.

ބަދަލަކަށް ކުޅެން އަރައި ރޮޑްރީގޯ މުނީޒް ވަނީ ފުލަމް އަށް އަލުން ލީޑުނަގައިދީފަ އެވެ. ލިވަޕޫލަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިން ގޯލު ޖަހައިދިނީ އަނިޔާއިން ރިކަވާވެގެން އެނބުރި އައި ޑިއޯގޯ ޖޮޓާ އެވެ. ޖޮޓާ ކުޅުމަށް އެނބުރި މި އައީ 11 މެޗުގެ މެދުކެނޑުމަކަށް ފަހު އެވެ.

އާސެނަލް ދަނޑުގައި އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް އެވަޓަންގެ ގޯލުގައި ހުރި އިނގިރޭސި ގައުމީ ޓީމުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ. އޭގެ ތެރޭގައި ފުރަތަމަ ހާފުގައި މާޓިން އޮޑެގާޑް ޖެހި ބޯޅަ އާއި ދެ ވަނަ ހާފުގެ ކުރީކޮޅުގައި ބުކާޔޯ ސަކާ ފޮނުވާލި ހަމަލާ ހިމެނެ އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފުލުގައި އޮތް އިޕްސްވިޗް ޓައުނުން ވަނީ ފަހު ވަގުތު ގޯލު ޖަހައި، 2-1 އިން ވުލްވްސް ބަލިކޮށްފަ އެވެ. ރޫޑް ވެން ނިސްޓެލްރޫއީ ލެސްޓާއާ ހަވާލުވި ފަހުން އެ ޓީމު ފުރަތަމަ ފަހަރަށް ބަލިވީ ނިއުކާސަލް ޔުނައިޓެޑް އަތުން 4-0 އިންނެވެ. ނޮޓިންހަމް ފޮރެސްޓުން ވަނީ ފަހަތުން އަރައި 2-1 އިން އެސްޓަން ވިލާގެ މައްޗަށް ކުރިހޯދައިފަ އެވެ.

މި މޮޅާ އެކު، މެންޗެސްޓާ ސިޓީ ފަސް ވަނަ އަށް ވައްޓާލައި، ފޮރެސްޓުން ވަނީ ހަތަރަކަށް އަރައިފަ އެވެ. ފޮރެސްޓަށް 16 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 15 މެޗުން ވަނީ 27 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox