އުނދަގޫ ހާލަތުން ގާޑިއޯލާ ކަންކަން ދަސްކުރާނެ ކަމަށް އަންޗެލޮޓީ ބުނެފި

Dec 14, 2024, 3:24 AM
އުނދަގޫ ހާލަތުން ގާޑިއޯލާ ކަންކަން ދަސްކުރާނެ ކަމަށް އަންޗެލޮޓީ ބުނެފި

މެޑްރިޑް (ޑިސެމްބަރު 14) - މެންޗެސްޓާ ސިޓީގެ ފޯމަށް އަސަރުކޮށް، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ފުރަތަމަ ފަހަރަށް ކުރިމަތިލާން ޖެހިފައިވާ އުނދަގޫ ހާލަތުން އޭނާ ކަންކަން ދަސްކުރާނެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ސިޓީން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ހަތް މެޗުން ބަލިވިއިރު، ދެ މެޗުން ވީ އެއްވަރެވެ. މިއީ، ގާޑިއޯލާގެ ވިއްސަކަށް އަހަރުވީ ކޯޗިން ކެރިއަރުގައި ކުރިމަތިލާ އެންމެ އުނދަގޫ ހާލަަތު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޕްރިމިއާ ލީގުގައި ޗެލްސީ އާއި އެވަޓަން އަށް ކޯޗުކޮށްދިން މިހާރު ރެއާލްގެ ކޯޗު އަންޗެލޮޓީ ބުނީ، ކޮންމެ ކޯޗަކަށް ވެސް ކެރިއަރުގައި އެކި ކަހަލަ ތަޖުރިބާ ކުރަން ޖެހޭ ހާލަތްތައް އަންނާނެ ކަމަށާއި މިއީ، ގާޑިއޯލާ އަށް އުނދަގޫ ހާލަތެއް ކަމަށެވެ.

"ސިޓީގެ އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާތައް އެއްވެސް ކަމެއް ބަދަލެއް ނުވޭ. ގާޑިއޯލާ އަކީ ފުޓްބޯޅައިގެ އިނޮވޭޓަރެއް، އާދަޔާހިލާފު ކޯޗެއް. ދުނިޔޭގެ ފުޓްބޯޅައިގައި ފެނުނު އެންމެ މޮޅު ކޯޗުންގެ ތެރެއިން އެކަކު،" އަންޗެލޮޓީ ބުންޏެވެ.

"ކޮންމެ ކޯޗެއް ވެސް އެކި މަރުހަލާތަކުގައި ކަންކަން ދަސްކުރާނެ. އަލަށް ކުރިމަތިލާ ކަންކަން ވެސް އަންނާނެ. އަހަރެން ދެކޭގޮތުގައި މި ވަގުތު އެ ކުރިމަތިލާ ގޯސް ހާލަތުން ގާޑިއޯލާ ކަންކަން ދަސްކުރާނެ،"

އިޓަލީގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ވަނީ މިދިޔަ ހަފްތާތަކުގައި އޭނާ އަށް ހަމަނިދި ނުލިބޭއިރު، ކެއުމުގެ ކަންކަން ބެލެހެއްޓުމުގައި ގެންގުޅޭ ޑައިޓް އަށް ވެސް ފަރުވާކުޑަކުރެވިފައިވާ ކަމަށެވެ. މިއީ، އެކި ގޮތްގޮތުން ތަފާތު ޕްރެޝަރުތަކާ ކުރިމަތިލާ ދުވަސްތަކެއްކަން ފާހަގަކޮށް، ގާޑިއޯލާ ބުނީ، އަމިއްލަ ނަފްސަށް އޮތް އިތުބާރާއި ސިޓީ ޓީމަށް އޮތް ޔަގީންކަން ވަރުގަދަކޮށްގެން ހާލަތު ބަދަލުކުރެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox