އެމްޑީޕީއާއެކު ޑިމޮކްރެޓްސްއަށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދޭނެ: ސައިފް

ދަ ޑިމޮކްރެޓްސްގެ ކައުންސިލް މެންބަރު ސައިފު ފާތިހު: އޭނާ ވިދާޅުވީ އެމްޑީޕީއާއެކު ޑިމޮކްރެޓްސްއަށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދޭނެ ކަމަށް ---

ދަ ޑިމޮކްރެޓްސްގެ ކައުންސިލް މެންބަރު ސައިފު ފާތިހު: އޭނާ ވިދާޅުވީ އެމްޑީޕީއާއެކު ޑިމޮކްރެޓްސްއަށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދޭނެ ކަމަށް ---

އިދިކޮޅު ސިޔާސީ ޕާޓީތައް ކަމަށްވާ އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ގުޅިގެން މަސައްކަތްތައް ކުރެވޭނެ ގޮތެއް ހޯދޭނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ކައުންސިލް މެންބަރު ސައިފު ފާތިހު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީގެ ދިފާއުގައި ގެ ނަމުގައި އެ ޕާޓީން ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގައި ތެރެއިން މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައިފު ވިދާޅުވީ، މި ސަރުކާރުން މަޖިލިސް މެންބަރުންނާއި ނޫސްވެރިން ކޮންޓްރޯލް ކުރަން ކުރާ މަސައްކަތްތަކާއި ލާމަރުކަޒީ ނިޒާމަށް ދެމުންދާ ގެއްލުންތަކާ ދެކޮޅަށް އެ ޕާޓީން ތެދުވާނެ ކަމަށެވެ.

އެގޮތުން، ޖަލްސާވެސް ބާއްވާނެ ކަމަށާއި މުޒާހަރާވެސް ކުރާނެ ކަމަށާއި ހައްޔަރުގައި ވެސް ތިބެން ޖެހޭނެ ކަމަށް ވިދާޅުވެ ސައިފު ވަނީ ގުޅެން ތައްޔާރަށް ތިބި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާގެ މޭޒަށްވެސް ދާނެ ކަމަށެވެ.

"އަޅުގަނޑު މިވަގުތު، އަޅުގަނޑުމެންނާ އެއްކޮށް މި މަސައްކަތް ފަށްޓަވާފައި އެވާ އެމްޑީޕީއަށް މަރުހަބާ ދަންނަވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން އެއްކޮށް މި މަސައްކަތް ކުރެވޭނެ ގޮތެއް ހޯދޭނެ،" ސައިފު ވިދާޅުވި އެވެ.

މި ސަރުކާރުން އަވަސް އަރުވާލައިގެން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާއެކު، ގާނޫނުއަސާސީގެ ދިފާއުގައި ގެ ނަމުގައި ހަރަކާތްތައް ފެށީ އެމްޑީޕީންނެވެ. އެގޮތުން ޖަގަހަ ޖަލްސާތަކުންގޮސް އެ ޕާޓީން ވަނީ އަންގާރަ ދުވަހުގެ ރޭ ކާނިވަލް ސަރަހައްދުގައި ބޮޑު ޖަލްސާއެއްވެސް ބާއްވާފަ އެވެ.

އެ ޖަލްސާގެ ކުރިން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގުމަށް ފާސްކޮށްފަ އެވެ. އަދި، އެ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން އިދިކޮޅު ސިޔާސީ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކޮށް އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ރާވައި ހިންގުމަށްވެސް އެ ރޭ ފާސްކުރި އެވެ.

ނަމަވެސް މިހާތަނަށް މި ނިންމުމުގެ ދަށުން އެއްވެސް ޕާޓީއަކާއެކު ސިޔާސީ މަސައްކަތް ފެށުމަށް ރަސްމީ މަޝްވަރާއެއް ބާއްވާފައެއް ނުވެ އެވެ.

އެމްޑީޕީއާއެކު ސިޔާސީ މަސައްކަތް ކުރެވޭނެ ގޮތެއް ހޯދޭނެ ކަމަށް ސައިފު ވިދާޅުވި ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރެއިން އުފެދުނު ޕާޓީ އެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އެ ޕާޓީ އުފެއްދެވީ މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ޖެހުނު މައްސަލަތަކަކާ ގުޅިގެންނެވެ.

އެ ދެ ޕާޓީގެ އިތުރުން، އަބްދުﷲ ޔާމީނު އިސްވެ ހުންނަވާ އުފެއްދެވި ޕީއެންއެފް އިން ވެސް ދަނީ މި ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތްތަކެއް ކުރަމުންނެވެ.

ޑިމޮކްރެޓްސް އަދި ޕީއެންއެފްގެ އާންމު މެންބަރުން އެމްޑީޕީން ކުރިއަށް ގެންދިޔަ ބޮޑު ޖަލްސާގައި ބައިވެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox