ފައްޔާޒާއި ސޯލިހުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން އުޅެނީ ސިޔާސީ ގޮތުން ބިރުދައްކަން: މެންބަރު ގަފޫރު

ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ: އޭނާ ވިދާޅުވީ ފައްޔާޒާއި ސޯލިހުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން އުޅެނީ ސިޔާސީ ގޮތުން ބިރުދައްކަން ކަމަށް ---- ފޮޓޯ: މަޖިލިސް އިދާރާ

ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ: އޭނާ ވިދާޅުވީ ފައްޔާޒާއި ސޯލިހުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން އުޅެނީ ސިޔާސީ ގޮތުން ބިރުދައްކަން ކަމަށް ---- ފޮޓޯ: މަޖިލިސް އިދާރާ

ސެޓްލަމަންޓު ކޮމިޓީން ބަދަލު ދީފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ތުހުމަތުކޮށް އެ މައްސަލަތައް ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިއްޖެނަމަ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ދެންނެވީ ސިޔާސީ ގޮތުން ބިރުދައްކަން ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްގަފޫރު މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަދި މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުރި އަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށް ޕީޖީއަށް ދެންނެވުމަށް މާލިއްޔަތު ކޮމިޓީން ފާސްކުރި ގޮތަށް މިއަދު މަޖިލީހުގެ ތަޅުމުންވެސް ވަނީ ފާސްކޮށްފަ އެވެ.

އެ ރިޕޯޓު ފާސްކުރުމުގެ ކުރިން ބަހުސްކުރައްވަމުން ގަފޫރު ވިދާޅުވީ، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާނަމަ އެ މައްސަލައެއް ބަލަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިއީ ސިޔާސީ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ސިޔާސީ މައްސަލައެއް. ސެޓްލްމެންޓު ކޮމިޓީގެ މައްސަލަ ހުށެޅިގެން މިއުޅެނީ ސިޔާސީ ގޮތުން ބިރުދެއްކުމަށްޓަކައި،" ގަފޫރު ވިދާޅުވި އެވެ.

ކުރީގެ ރައީސް ސޯލިހު ސެޓްލެމެންޓު ކޮމިޓީ ހެއްދެވީ ގާނޫނުއަސާސީގެ 15 ވަނަ މާއްދާގެ ދަށުން ރައީސަކަށް ލިބިދޭ ބާރުތަކުގެ ދަށުން ކަަން ފާހަގަކުރައްވާ ގަފޫރު ވިދާޅުވީ އެ ކޮމިޓީ އެކުލަވާލީ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ.

"ސެޓްލެމެންޓު ކޮމިޓީގެ ހުރިހާ މުއާމަލާތެއް ފާސްކުރުމަށްފަހު ކެބިނެޓަށް ހުށަހަޅައިގެން ހުރިހާ މެންބަރުން ތިއްބަވައިގެން ކެބިނެޓުން ފާސްކޮށްގެން ކުރިކަމެއް ކޮށްފަ އޮންނާނީ،" މިވަގުތު މަޖިލީހުގައި ހުންނެވި އެމްޑީޕީގެ އެންމެ ދުވަސްވީ މެންބަރު ވިދާޅުވި އެވެ.

ރައްޔިތެއް ހައްގެއް ގެއްލިފައިވާނަމަ އެ ހައްގެއް ހޯދައިދިނުމަކީ ގާނޫނުއަސާސީން ވެރިންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށާއި ރައީސް ސޯލިހު ބަދަލު ދެއްވީ އެގޮތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އޭގެ ބޭރުން ކަމެއް ވާނަމަ އެކަންތައް ބަލާނެހާ ދުވަސް މި ސަރުކާރަށް ލިބިގެންގޮސްފި ކަންވެސް ގަފޫރު ފާހަގަކުރެއްވި އެވެ.

ބަދަލު ދިނުމަށް މިދިޔަ ސަރުކާރުން ހެދި އެއްބަސްވުންތަކާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ނިންމައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ރިޕޯޓު ވަނީ ފާސްކޮށްފަ އެވެ. މި ރިޕޯޓު ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކު އެވެ. ރިޕޯޓު ފާސްކުރުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާ ހިލާފަށް ދައުލަތުގެ ފައިސާ އާއި މުދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހައްގުނޫން ފަރާތްތަކަށް ދީފައިވާ ކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ އިތުރުން, ރަސްމީ ވާޖިބު އަދާކުރުމުގައި ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވެސް ވަނީ ތުހަމުތުކޮށްފަ އެވެ.

ސޯލިހާއި އަލީ ޝިޔާމްގެ މައްޗަށް ތަހުގީގު ހިންގަން އެދުނީ އިކޮނޮމިކް ކައުންސިލް ކޯޗެއާ ކަމަށް ވާތީ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އެ ތަހުގީގުތަކުގައި ފައްޔާޒު ހިމަނަން އެދިފައިވަނީ ބަދަލު ދިނުމުގެ އެއްބަސްވުންތަކަށް ވާސިލުވެ އެ އެއްބަސްވުްނތައް ގެނައުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ތުހުމަތުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox