ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ ދެ ގޮނޑިއަށް، އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވައިފި އެވެ.
ބްރޯޑްކޮމްގެ ދެ ގޮނޑި ހުސްވީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފް ދައުރުގެ ހަމަވުމުންނެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ރައީސް ފޮނުއްވި ނަންތައް
- މުހައްމަދު އަބްދުﷲ، ހއ. އިހަވަންދޫ، ހުސްއަކުރުގެ
- އިބްރާހިމް މުއާޒު އަލީ، ހަޒާރުމާގެ، ނ. ފޮއްދޫ
- އިބްރާހިމް އަޝްރަފު، ވ. މަށިވެލި، މާލެ
- ލެފްޓިނެންޓް ކާނަލް ރިޓަޔާޑް ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ، މާލެ
- އަބްދުﷲ ހުމައިދު، ފަޒާ، ޅ. ހިންނަވަރު
- އައިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ
- އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި، މާލެ ސިޓީ
- ޝިމްލާ އަމްހަދު، އާސްޓްރަލްގެ، ސި ހިތަދޫ
- އިސްމާއިލް ޝަފީގު، މ.ސްލީޓް، މާލެ
- ޝިފްޒާ މުސްތަފާ، މާދަޑު، އާސާން، ޏ ފުވައްމުލައް
- އަލީ ނިޝާން، ގ ކޫލްގްރާސް، މާލެ
- މުހައްމަދު ޝަމީމް، ހ ޕްރިޓީވިލާ، މާލެ
މި ބޭފުޅުންނާއި އިންޓަވިއުކޮށް ހޮވާނެ ދެ މެންބަރަކު ކަނޑައަޅާނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.
ބްރޯޑްކޮމްގައި މިހާރު ތިއްބެވީ އައިމިނަތު އަމީނާ އާއި މުހައްމަދު ފަޒީނު އާއި ޝިފްލާ އިބްރާހިމް އެވެ.












