ޒާތީ މައުލޫމާތާއި ޑިޖިޓަލް އައިޑެންޓިޓީ ބެލެހެއްޓުމުގެ ބޮޑެތި ބާރުތަކެއް މޯލްޑިވްސް ޑިޖިޓަލް ސާވިސްއަށް ދެނީ

.

.

ރާއްޖޭގެ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމާއި ދައުލަތުގެ ޑޭޓާ އާއި ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމަށް ބޮޑެތި ގާނޫނީ ބާރުތަކެއް ހޯމް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ޑިޖިޓަލް ސާވިސް" އަށް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ދެ ބިލެއް ހުށަހަޅައިފި އެވެ. 

މިއަދުގެ މަޖިލިސް ޖަލްސާގައި ކުރިއަށްދަނީ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު" ގެ އިބްތިދާއީ ބަހުސް އެވެ. ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ހުށަހެޅުއްވި އެ ބިލާއެކު ހޯމް މިނިސްޓްރީގެ ދަށުން ހިންގާ "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެ ބާރުގަދަ އެއް މުއައްސަސާއަށެވެ. އެ މުއައްސަސާއިން ބަލަހައްޓާ ޑިޖިޓަލް އައިޑެންޓިޓީގެ ބިލު ވެސް މިވަގުތު އޮތި މަޖިލީހުގަ އެވެ. 

ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު ފަރުމާކޮށްފައި އޮތްގޮތުން އެ މުއައްސަސާއަށް ފާރަވެރިވެ ޖަވާބުދާރީކުރުވުމުގައި މަޖިލީހުގެ މާ ބޮޑު ދައުރެއް ނެތެވެ. އެ ބިލުގައި ބުނެފައިވާ ގޮތުގައި އެއީ ހޯމް މިނިސްޓްރީގެ ދަށުން ހިނގާ މުއައްސަސާއެކެވެ. އަދި އެ މުއައްސަސާގެ އެންމެހާ ކަންކަމަކާ ބެހޭގޮތުން މަޖިލީހަށް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރެވެ.

Advertisement

ޑިޖިޓަލް ސާވިސްއަށް ދީފައިވާ ބާރުތައް

  • ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕްރޮގްރާމް ހިންގައި، ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމުކޮށް، ތަރައްގީކޮށް ބެލެހެއްޓުން
  • ދައުލަތުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުން
  • ދައުލަތުގެ ކޮމްޕިއުޓަރު ނެޓްވޯކާއި، ނެޓްވޯކް އިންފްރާސްޓްރަކްޗާ ބަލަހައްޓައި ހިންގުން
  • ދައުލަތުގެ އިދާރާތަކުން ޑިޖިޓަލްކޮށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފަންނީ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުން
  • މައުލޫމާތާއި ޑޭޓާ ހިއްސާކުރާނެ ނިޒާމުތަކާއި އުސޫލުތައް ގާއިމުކޮށް ޑޭޓާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުން
  • ދައުލަތުގެ މަސައްކަތްތައް ހަރުދަނާކުރަން ބޭނުންވާ ސޮފްޓްވެއާތައް ތައާރަފުކުރުން އަދި/ނުވަތަ އުފައްދައި، ތަރައްގީކޮށް ހިންގައި ބެލެހެއްޓުން
  • ދައުލަތުގެ އެންމެހާ އިދާރާތަކުގެ ރަސްމީ ޑިޖިޓަލް ހިދުމަތްތަކާއި، ވެބްސައިޓުތަކާއި، އޮންލައިން މުއާމަލާތްތަކަށް ބޭނުންކުރާނެ ރަސްމީ ޑޮމެއިން ކަނޑައަޅައި، ދައުލަތުގެ އިދާރާތައް އެ ޑޮމެއިންއަށް ބަދަލުކުރުން

ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ ތެރޭގާއި ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމުގެ އިތުރުން ނެޝަނަލް ސިޓިޒަން ޕޯޓަލްއެއް ގާއިމުކުރުޏާއި ޑޭޓާ އެކްސްޗޭންޖު އޮނިގަނޑެއް އެކުަލަވާލުން ހިމެނެ އެވެ. 

ނެޝަނަލް ސިޓިޒަން ޕޯޓަލްއަކީ ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި، ކައުންސިލްތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ދައުލަތުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ގާއިމުކުރާ ޕޯޓަލް އެވެ. އެ ޕޯޓަލް ގާއިމުކުރުމާއެކު ވަކިވަކި ޕޯޓަލްތަކެއް އިދާރާތަކަށް ބޭނުމެއް ނުކުރެވޭނެ އެވެ. 

މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖު ޕްލެޓްފޯމްގެ ނަމުގައި ގާއިމުކުރާ ޑޭޓާ އެކްސްޗޭންޖު ޕްލެޓްފޯމްގައި ހުންނަ އިމިއުޓަބަލް ލޮގް  ބެލޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ ޕްލެޓްފޯމް ގާއިމުކުރުމާއެކު ދައުލަތުގެ އިދާރާތަކުގެ މެދުގައި ޑޭޓާ ޑުޕްލިކޭޓު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. 

މި ބިލުގެ ދަށުން ދައުލަތުގެ ކްރިޓިކަލް ޑޭޓާ އާއި ރައްޔިތުންގެ ޒާތީ މައުލޫމާތު ބަހައްޓަން ސޮވްރިން ކްލައުޑް އިންފްރާސްޓްރަކްޗާ ގާއިމުކޮށް ބަލަހައްޓާނީ ވެސް އެ މުއައްސަސާއިންނެވެ. އެއާއެކު ދައުލަތުން ޑިޖިޓަލްކޮށް ފޯރުކޮށްދޭ އެންމެހާ ހިދުަމަތެއް ހޯސްޓުކުރަން ޖެހޭނީ އެ ކްލައުޑްގަ އެވެ. 

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި ޑިޖިޓަލް ގަވަނަންސްގެ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު މި ބިލުން ދެނީ ހަތް މެންބަރުންގެ މައެްޗަށް އެކުލެވޭ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލަށެވެ. އެ ކައުންސިލުގައި ތިބެނީ ރައީސް އާއި، ހޯމް މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރާއި، ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ އާއި، ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސްވެރިޔާ އާއި ނެޝަނަލް ސައިބާ ސެކިއުރިޓީ އޭޖެންސީގެ އިސްވެރިޔާ އާއި އައިޓީސީ ދާއިރާއިން ރައީސް އައްޔަނުކުރާ ފަންނީ މާހިރެކެވެ. 

އެ ބިލު ގާނޫނަކަށް ވުމާއެކު ޖެނުއަރީ 16، 2026 ގައި އުފެއްދި މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ވެރިޔެއްގެ ގޮތުގައި ހުންނާނީ ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ އެވެ. އެ މަގާމަށް މީހަކު އައްޔަނުކުރުމުގައި ވެސް މަޖިލީހުގެ ދައުރެއް ނެތެވެ. ޑިޖިޓަލް ޓެކްނޮލޮޖީ ކޮމިޝަނަރު އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އޭނާ ޖަވާބުދާރީވާން ޖެހެނީ ހޯމް މިނިސްޓަރާއި ރައީސްއަށެވެ. 

އެ މަގާމަށް އައްޔަނުކުރެވޭނީ ހަމައެނަކި ދިވެހިންނެވެ. އެ މަގާމަށް ޝަރުއު ހަމަވާނީ ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާގައި މަދުވެގެން 12 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނެވެ. ނުވަތަ، އެއިން ދާއިރާއަކުން ޕީއެޗްޑީ ހާސިލުކޮށްފައިވުމާއެކު، އަށް އަހަރުގެ މަސައްކަތު ތަޖުރިބާ ހަމަވާން ޖެހެ އެވެ. 

ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ އާއި އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަކީ އެއްވެސް ފަރާތެއްގެ ބާރާއި ނުފޫޒަށް ލެނބުމަކާ ނުލައި، ޕްރޮފެޝަނަލް އިންޑެޕެންޑެންސް ހިފަހައްޓަން ޖެހޭ ބައެއް ކަމަށް އެ ބިލުގައި ބުނެ އެވެ.  އެ އޮފީހަށް ލިބޭ މައުލޫމާތު ހާމަކުރެވޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުންނެވެ. 

އެ ބިލުގައި ޑިޖިޓަލް ސާވިސްއަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޑިޖިޓަލް ގަވަނަންސް އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަން ޖެހެ އެވެ. އެ ބާރު ވެސް ދީފައި އޮތީ މިނިސްޓަރަށެވެ. އެ ކޮމިޓީގައި ހިމެނެނީ ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ އާއި، ކޮމިއުނިކޭޝަން އޮތޯރިޓީގެ ފަންނީ މުވައްޒަފަކާއި، ނެޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ ފަންނީ މުވައްޒަފަކާއި، އައިޓީސީ ދާއިރާގެ ހަތަރު މާހިރުންގެ މައްޗަށެވެ. 

"މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލު" ގައި ބަޔާންކުރާ ވަރަށް ގިނަ ކަންކަމުގެ އިޖުރާއަތްތައް ބަޔާންކުރާނި އެ ބިލުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަމަށް ބިލުގެ މާއްދާތަކުގައި ބުނެފައިވެ އެވެ. އިދިކޮޅު މެންބަރުން ވަނީ މި ބިލާ ގުޅޭ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox