މާލެ ސިޓީ ކައުންސިލުގެ މުހިންމު ހިދުމަތްތަކެއް ހުއްޓުމަކަށް

ސިޓީ ކައުންސިލުގެ އިމާރާތުގައި ރޯވުން: ބައެއް މުހިންމު ލިޔެކިޔުންތައް ވަނީ އަނދާފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލުގެ އިމާރާތުގައި ރޯވުން: ބައެއް މުހިންމު ލިޔެކިޔުންތައް ވަނީ އަނދާފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މިއަދުގެ އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލުގެ ލޭންޑް އެންޑް ބިލްޑިން އަދި ވައިޓަލް ރެޖިސްޓްރޭޝަން ޑިޕާޓްމެންޓުގައި ހުރި ލިޔެކިޔުންތަކެއް ހަލާކުވެފައި ވާތީ، ރައްޔިތުންނަށް ދޭ މުހިންމު ހިދުމަތްތަކެއް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުގެ ލޭންޑް އެންޑް ބިލްޑިން އަދި ވައިޓަލް ރެޖިސްޓްރޭޝަން ޑިޕާޓްމެންޓު ހުންނަނީ ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގާ އިމާރާތުގެ ގޯތިތެރޭގަ އެވެ. މިއަދުގެ އަލިފާނުގެ ހާދިސާގައި އެ ދެ މިނިސްޓްރީ ހިންގަމުން ދިޔަ ޓިނުން ހަދާފައި ހުރި އިމާރާތް އެއްކޮށް ބިމާހަމަވިއިރު، އެތަނާ ޖެހިގެން ހުރި އެންވަޔަރަމެންޓު މިނިސްޓްރީ ހިންގަމުން ދިޔަ ގްރީން ބިލްޑިންގެ ބޮޑު ބައެއް ވެސް ވަނީ އަނދައިފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "އަދަދު" އަށް ވިދާޅުވީ ސިޓީ ކައުންސިލްގެ އިމާރާތަށް އަލިފާނުގެ އަސަރުކޮށް، ބައެއް ލިޔުންތައް އަނދާފައިވާ ކަމަށެވެ. އެ އިމާރާތުގައި ހުރި ލިޔުންތައް ސިޓީ ކައުންސިލުން ވަނީ ގެންގޮސްފަ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ގޮތުން ހުއްޓިފައިވާ ހިދުމަތްތަކުގެ ތެރޭގައި އިމާރާތްތަކުގެ ރަޖިސްޓްރީ ހެދުމާއި، އިން ވަކި ކުރުމާއި، އިމާރާތް ކުރުމާ ގުޅޭ އެހެން ހިދުމަތްތައް ހިމެނޭ ކަމަށް ނަރީސް ވިދާޅުވި އެވެ.

ނަމަވެސް، އުފަންދުވަހުގެ ސެޓްފިކެޓު ހެއްދުން، ހުޅުމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ އޮފީހުން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ ހިދުމަތްތައް އަލުން ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި 24 ގަޑިއިރު ވަންދެން ސިޓީ ކައުންސިލުން މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ގްރީން ބިލްޑިންގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox