ފައްޔާޒާއި ސޯލިހުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ޕީޖީގައި އެދެން މަޖިލީހުން ފާސްކޮށްފި

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު  އަދި ކުރީގެ ރައީސް ސޯލިހާއި މިހާރުގެ ޕީޖީ އައްބާސް ޝަރީފް. އިކޮނޮމިކް ކައުންސިލުގެ ކޯޗެއާ އަލީ ޝިޔާމްގެ މައްޗަށް ވެސް ތަހުގީގު ހިންގަން ވަނީ އެދިފައި.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އަދި ކުރީގެ ރައީސް ސޯލިހާއި މިހާރުގެ ޕީޖީ އައްބާސް ޝަރީފް. އިކޮނޮމިކް ކައުންސިލުގެ ކޯޗެއާ އަލީ ޝިޔާމްގެ މައްޗަށް ވެސް ތަހުގީގު ހިންގަން ވަނީ އެދިފައި.

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް މިދިޔަ ސަރުކާރުން އުފެއްދި ސެޓްލަމަންޓު ކޮމިޓީން ބަދަލު ދީފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ތުހުމަތުކޮށް އެ މައްސަލަތައް ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިއްޖެނަމަ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބަދަލު ދިނުމަށް މިދިޔަ ސަރުކާރުން ހެދި އެއްބަސްވުންތަކާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ނިންމައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ރިޕޯޓު ވަނީ ފާސްކޮށްފަ އެވެ. މި ރިޕޯޓު ފާސްކުރީ 55 މެންބަރުންގެ ވޯޓާއެކު އެވެ. ރިޕޯޓު ފާސްކުރުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

އެ ރިޕޯޓުގައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަދި މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުރި އަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށް ޕީޖީއަށް ދެންނެވުމަށެވެ.

ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާ ހިލާފަށް ދައުލަތުގެ ފައިސާ އާއި މުދާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހައްގުނޫން ފަރާތްތަކަށް ދީފައިވާ ކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ތުހުމަތުކޮށްފަ އެވެ. އޭގެ އިތުރުން, ރަސްމީ ވާޖިބު އަދާކުރުމުގައި ދައުލަތަށް ލިބެން އޮތް ފައިދާއަކަށް އުނިކަން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވެސް ވަނީ ތުހަމުތުކޮށްފަ އެވެ.

ސޯލިހާއި އަލީ ޝިޔާމްގެ މައްޗަށް ތަހުގީގު ހިންގަން އެދުނީ އިކޮނޮމިކް ކައުންސިލް ކޯޗެއާ ކަމަށް ވާތީ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އެ ތަހުގީގުތަކުގައި ފައްޔާޒު ހިމަނަން އެދިފައިވަނީ ބަދަލު ދިނުމުގެ އެއްބަސްވުންތަކަށް ވާސިލުވެ އެ އެއްބަސްވުްނތައް ގެނައުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ތުހުމަތުކޮށެވެ.

އެ ހުށަހެޅުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އަދި, ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް އެވެ. އެ ހުށަހެޅުން ފާސްކުރީ އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި ހަ މެންބަރުންގެ ވޯޓުންނެވެ.

"ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ނޮވެމްބަރު 28، 2022 ގައި އެކުލަވައިލި އުސޫލު ހިންގަމުން އައިސްފައި ވަނީ ގާނޫނީ އޮނިގަނޑެއް ނެތި ކަމަށް މި ސަރުކާރުގެ ބަންޑާރަ ނައިބު އަހްމަދު އުޝާމް ލަފާ ދިނުމުން އެ ކޮމިޓީ މި ސަރުކާރުން ވަނީ އުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox