މާލޭ ރައްޔިތުންގެ މުހިންމު ލިޔެކިޔުން ހުރި ކައުންސިލް އިމާރާތަށް ވެސް ގެއްލުންވެއްޖެ

މާލެ ސިޓީ ކައުންސިލުގެ އިމާރާތުގައި ހުރި ތަކެތި ބޭރަށް ނެރެނީ: އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންވި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

މާލެ ސިޓީ ކައުންސިލުގެ އިމާރާތުގައި ހުރި ތަކެތި ބޭރަށް ނެރެނީ: އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންވި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ގްރީން ބިލްޑިންގައި ރޯވި އަލިފާންގަނޑު ފެތުރި މާލެ ސިޓީ ކައުންސިލުގެ އިމާރާތުގައި ރޯވެ މާލޭ ރައްޔިތުންގެ މުހިންމު ލިޔެކިޔުންތަކަށް ގެއްލުން ވެފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭ ރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓާއި، ރަށްވެހިކަމުގެ ރަޖިސްޓްރީ އާއި ގޯތީގެ ރަޖިސްޓްރީގެ އިތުރުން މުހިންމު ލިޔެކިޔުން ހުންނަ ކައުންސިލުގެ އިމާރާތަށް ގެއްލުންވެފައިވާ ކަމަށެވެ.

"މިތަނުގެ އެއްވެސް ޑޮކިއުމަންޓަކަށް ގެއްލުންވެއްޖެއްޔާ އެތައް ރައްޔިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމަކަށް ވެގެންދާނެ. އެއީ އިޔާދަ ނުކުރެވޭ އެއްޗެއް. އެއީ އެއްވެސް ތާކު ހުންނާނެ އެއްޗެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ އިމާރާތުގައި ހުރި ތަކެތި ރައްކާ ކުރުމަށް ބޭރަށް ނެރެނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު
ސިޓީ ކައުންސިލްގެ އިމާރާތުގައި ހުރި ތަކެތި ރައްކާ ކުރުމަށް ބޭރަށް ނެރެނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ސިޓީ ކައުންސިލްގެ އިމާރާތުގައި ހުރި ތަކެތި ރައްކާ ކުރުމަށް ބޭރަށް ނެރެނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު

ނަރީޝް ވިދާޅުވީ ސިފައިންނާއި ފުލުހުންނާ ގުޅިގެން އެ އިމާރާތުގައި ހުރި އެއްޗެހި ނެރެ، ލިބިފައި ހުރި ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހިދުމަތްތައް ދޭ ތަން މިއީ. އެއްޗިސްތައް ވީހާ ވެސް ރައްކާތެރިކަމާ އެކު ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

"އަދަދު" އަށް ލިބިފައިވާ އެ ސަރަހައްދުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ސިފައިންނާއި މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ދަނީ އެ އިމާރާތުގައި ހުރި ތަކެތި ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ފައިލްތަކާއި ލިޔެކިޔުންތަކާއި ބައެއް ފޮތްތަކުގެ އިތުރުން ކޮމްޕިޔުޓަރާއި އެހެން އާލާތްތަކާއި އޮފީސް ސާމާނު އެ ތަނުން ބޭރުކުރަމުންދާ މަންޒަރު ފެނެ އެވެ.

ހައުސިން މިނިސްޓްރީ އާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ. އަލިފާންގަނޑު މިހާތަނަަށް ކޮންޓްރޯލް ކުރެވިފައި ނުވާއިރު، ވަރަށް ބޮޑަށް އަލިފާންގަނޑު ވަނީ ފެތުރި ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox