އާސެނަލާއި ބާސެލޯނާ މޮޅުވިއިރު، ޔުވެންޓަސް އިން ސިޓީ ބަލިކޮށްފި

Dec 12, 2024, 3:55 AM
އާސެނަލާއި ބާސެލޯނާ މޮޅުވިއިރު، ޔުވެންޓަސް އިން ސިޓީ ބަލިކޮށްފި

ޓިއުރިން، އިޓަލީ (ޑިސެމްބަރު 12) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބާސެލޯނާ ކުޅުނު މެޗުތަކުން މޮޅުވިއިރު، ޔުވެންޓަސް އިން 2-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.

އާސެނަލުން އަމިއްލަ ދަނޑުގައި 3-0 އިން މޮނާކޯ ބަލިކުރިއިރު، ބާސެލޯނާ އިން ވަނީ ރަށުންބޭރުގައި 3-2 އިން ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ކުރިހޯދައިފަ އެވެ.

ޔުވެންޓަސްގެ އަލިއާންޒް އެރީނާގައި އެ ޓީމުން ސިޓީ ބަލިކުރި ގޯލުތައް ޖެހީ، ޑޫސާން ވްލާހޮވިޗް އާއި ވެސްޓެން މެކްކެނީ އެވެ. ވްލާހޮވިޗް ބޮލުން ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް އަތުން ދޫވެގެން ވަނީ ގޯލު ރޮނގު ހުރަސްކޮށްފަ އެވެ. އަދި ބަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިން ގުޅިގެން ކުރި އެޓޭކެއްގައި ޓީމޮތީ ވެއާ ނަގައިދިން ހުރަހަކުން މެކްކެނީ ވަނީ އެކްރަބެޓިކް ކިކަކުން ގޯލު ޖަހައި، ޔުވެންޓަސް މޮޅުކޮށްފަ އެވެ.

ސިޓީ އަށް ލަނޑެއް ޖަހައިދޭން މި މެޗުގައި، އާލިން ބްރައުޓް ހާލަންޑާއި އިލްކާއި ގުންޑޮގާން ފޮނުވާލި ބޯޅަތައް ކާމިޔާބެއްނުވި އެވެ.

އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު 10 މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، ހަތް މެޗުން ބަލިވި ސިޓީ މި ވަގުތު ޗެމްޕިއަންސް ލީގުގައި އޮތީ ހަ މެޗުން އަށް ޕޮއިންޓާ އެކު 22 ވަނައިގަ އެވެ. ޔުވެންޓަސް އޮތީ ހަ މެޗުން 11 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ.

އާސެނަލުން ރޭ މޮނާކޯ ބަލިކުރި މެޗުގައި، ބުކާޔޯ ސަކާ ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ ކައި ހަވާޓްޒް އެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ހަ މެޗުގެ ތެރެއިން، ހަަތަރު މެޗުން މޮޅުވެ، 13 ޕޮއިންޓް ހޯދާފައިވާ އާސެނަލް އޮތީ ތިން ވަނައިގަ އެވެ.

ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އެވެ. އަދި ދެ ވަނައިގައި އޮތީ ހަ މެޗުން 15 ޕޮއިންޓް ހޯދި ބާސެލޯނާ އެވެ.

ބާސެލޯނާ އިން ރޭ ޑޯޓްމަންޑް ދަނޑުގައި ގޯލު ޖެހީ، ފެރާން ޓޮރޭޒް ދެ ގޯލާއި ރަފީނިއާ އެވެ. ޑޯޓްމަންޑްގެ ގޯލުތައް ޖެހީ ސޭހޫ ގިރާސީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox