މި ފަހަރު ވެސް ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

މިދިޔަ ރޯދަ މަހަށް ސައުދީން ހަދިޔާކުރި ކަދުރު އިސްލާމިކް މިނިސްޓްރީން ބަހަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިދިޔަ ރޯދަ މަހަށް ސައުދީން ހަދިޔާކުރި ކަދުރު އިސްލާމިކް މިނިސްޓްރީން ބަހަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ބޭނުން ކުރުމަށް ސައުދީއަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު ޝިޕްމެންޓު މިފަހަރު ވެސް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް ޝަހީމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އަންނަ ރޯދަ މަހު ބޭނުން ކުރުމަށް ސައުދީން 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައިވާ ކަމަށެވެ. އަދި އެ ކަދުރު ޝިޕްމެންޓު މިހާރު ރާއްޖެއަށް ލިބިފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"ސައުދީއަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެއްވާ 50 ޓަނުގެ ކަދުރު ރާއްޖެ އަތުވެއްޖެ، މިނިސްޓްރީއަށް މިހާރު ވަނީ ލިބިފައި،" ޝަހީމް ވިދާޅުވި އެވެ.

ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެ އެވެ. އެގޮތުން ފާއިތުވި ދެއަހަރު ވެސް ސައުދީން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާ ކޮށްފައިވެ އެވެ.

ޝަހީމް ވިދާޅުވީ ރޯދަ މަސް ފެށުމުގެ ކުރިން ކަދުރުތައް ބަހައި ނިންމާނެ ކަމަށެވެ. ކަދުރު ބަހާނީ ސީދާ ކޮން އުސޫލެއްގެ ދަށުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ނަމަވެސް މިސްކިތްތަކުގައި ރޯދަ ވީއްލުން އިންތިޒާމު ކުރާ ޖަމިއްޔާތަކަށް ސައުދީ ކަދުރުން ބައެއް ދެއްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox