އިތުރު ކްލަބެއްގެ ބެންޗުން ނުފެންނާނެ ކަމަށް ގާޑިއޯލާ ބުނެފި

Dec 11, 2024, 9:20 AM
އިތުރު ކްލަބެއްގެ ބެންޗުން ނުފެންނާނެ ކަމަށް ގާޑިއޯލާ ބުނެފި

މެންޗެސްޓާ (ޑިސެމްބަރު 11) - މެންޗެސްޓާ ސިޓީ އަށް ފަހު އިތުރު ކްލަބެއްގެ ބެންޗުން ނުފެންނާނެ ކަމަށް އެ ޓީމާ ހަވާލުވެހުރި ސްޕެއިނުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކުރިން ކޯޗުކޮށްދިން ގާޑިއޯލާ ސިޓީއާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. ގާޑިއޯލާ ވަނީ އެ ޓީމަށް 18 ޓްރޮފީ (ބޮޑެތި މުބާރާތްތަކުގައި 15 ތަށި) ހޯދައިދީފަ އެވެ. އޭގެ ތެރޭގައި ހަ ޕްރިމިއާ ލީގު ތަށްޓާއި ޗެމްޕިއަންސް ލީގުގެ އިތުރުން، ފީފާ ކްލަބް ވޯލްޑް ކަޕް ހިމެނެ އެވެ. ގާޑިއޯލާ ވަނީ ސިޓީ އަށް ޖެހިޖެހިގެން ހަތަރު ޕްރިމިއާ ލީގު ތަށި ހޯދައިދީ، އެ ކާމިޔާބީ ހާސިލްކުރި ފުރަތަމަ ޓީމުގެ ޝަރަފް ވެސް ހޯދައިދީފަ އެވެ.

އިންގްލެންޑް ކޯޗުކަމާއި ބްރެޒިލްގެ ކޯޗުކަމުގެ އޮފާ ދޫކޮށްލި ގާޑިއޯލާ، 53، ދާދި ފަހުން ވަނީ ސިޓީއާ އެކު، އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ. ސިޓީއާ އެކު މި ސޮއިކުރާ އެއްބަސްވުމާ އެކު، އެ ކްލަބްގަައި އޭނާ 10 އަހަރުވާއިރު، މިއީ، ގާޑިއޯލާގެ ކެރިއަރުގައި އެންމެ ގިނަ އަހަރު އެއް ކްލަބެއްގައި މަޑުކުރާ ފަހަރެވެ.

ޑެނީ ގާސިއާގެ ޔޫޓިއުބް ޗެނަލަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ، ކްލަބް ފުޓްބޯޅައިގައި ސިޓީ ވެގެންދާނީ އޭނާގެ ފަހު މަަސައްކަތަށް ކަމަށެެވެ.

"އެހެން ޓީމަކަށް (ކްލަބަކަށް) ދެން ކޯޗުކޮށް ނުދޭނަން. މެންޗެސްޓާ ސިޓީ ދޫކޮށްލާފައި ގޮސް އެހެން ޓީމެއްގައި ދެން މި މަސައްކަތެއް ނުކުރެވޭނެ. މި މަސައްކަތް މި ގޮތަށް ކުރެވޭނެ ހަކަތައެއް ދެން ނުހުންނާނެ، ފަަހަރުގައި ދެން އޮތީ ގައުމީ ޓީމުގައި ކަަމަށް ވެސް ވެދާނެ،" ގާޑިއޯލާ ބުންޏެވެ.

ފުޓްބޯޅައިން ދިއުމަށް ފަހު، ދެން ގާޑިއޯލާ ފެންނާނެ ކަމަށް އޭނާ ގަބޫލުކުރަނީ ގޯލްފް ކަމަށެވެ.

ސިޓީގެ ފޯމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، އެންމެ ފަހުން ކުޅުނު ނުވަ ވަރަަކަށް މެޗަށް ބަލާއިރު، ސިޓީ މޮޅުވީ އެންމެ މެޗަކުންނެވެ. ދެން، ސިޓީ އަށް އޮތީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އާއި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ބައްދަލުކުރާ މެޗުތަކެވެ.

ގާޑިއޯލާ ބުނީ މި ސީޒަނަށް ވެސް ވަކި ޓާގެޓްތަކެއް ހެދުމުގެ ވިސްނުމަށް ވުރެ މި ވަގުުތު ފޯކަސް ބަހައްޓަަނީ ކުރިއަށް އޮތް މެޗަށް އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox