އެމްޑީޕީގެ ލީޑަރުން ހައްޔަރުކޮށްފި ނަމަ ޕާޓީ ހިންގާނެ ބަޔަކު ކަނޑައަޅައިފި

މިރޭ ބާއްވާ އެމްޑީޕީގެ ޖަލްސާގެ ބައިވެރިން. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

މިރޭ ބާއްވާ އެމްޑީޕީގެ ޖަލްސާގެ ބައިވެރިން. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

އިދިކޮޅު، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑަރުން ހައްޔަރުކޮށްފި ހާލަތެއްގައި އެ ޕާޓީގެ ހަރަކާތްތައް މަޑުނުޖެހި ހިންގާނެ ބަޔަކު ކަނޑައަޅައިފި އެވެ.

ކާނިވާ ސަރަހައްދުގައި ބާއްވަމުންދާ އެމްޑީޕީގެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޕާޓީގެ މިހާރުގެ ލީޑަޝިޕް ހައްޔަރުކޮށްފި ނަމަ ޕާޓީ ހިންގާނެ ބަޔަކު ކަނޑައެޅީ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުން ކަމަށެވެ.

ނަމަވެސް އެއީ ކޮން ބައެއްކަން އޭނާ ވިދާޅެއްނުވެ އެވެ.

Advertisement

"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ސިޔާސީ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކޮށް އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ރާވައި ހިންގުމަށް ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތުގެ އިތުުރުން އާންމު ފަރުދުން ބައިވެރި ކުރުމަށް ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ދެމި އޮންނަ މުއްދަތުގައި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން ނުވަތަ އެމްޑީޕީއަށް ސޮއިކުރުމުގެ ސަބަބުން ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު ތަމްސީލުކުރި ދާއިރާއަށް އަލުން އިންތިހާބު ކުރަން އެހީތެރިވުމަށްވެސް މިރޭ ފާސްކުރި އެވެ.

މެންބަރުންގެ ގޮނޑި ގެއްލޭ ބަދަލު، ގާނޫނުއަސާސީއާ ހިލާފު ކަމަށާއި އެހެންވެ، ކުރިން ގާނޫނުއަސާސީ އޮތް ގޮތަށް ރުޖޫއަ ކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި، ސަރުކާރަށް އެމްޑީޕީން މިރޭ ވަނީ ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox