ޑޮލަރު މާރުކުރުން މަޖުބޫރުކުރުވާ ބިލު މަޖިލީހަށް ބަލައިގަނެފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން : ޑޮލަރު މާރުކުރުން މަޖުބޫރުކުރުވާ ބިލު މިއަދު ވަނީ މަޖިލީހަށް ބަލައިގަނެފަ --- ފޮޓޯ: މަޖިލިސް އިދާރާ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން : ޑޮލަރު މާރުކުރުން މަޖުބޫރުކުރުވާ ބިލު މިއަދު ވަނީ މަޖިލީހަށް ބަލައިގަނެފަ --- ފޮޓޯ: މަޖިލިސް އިދާރާ

ޓޫރިސްޓު ފެސިލިޓީތަކާއި 15 މިލިއަނަށްވުރެ މަތިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުވާނެހެން ސަރުކާރުން އެކުލަވާލާ ހުށަހެޅި ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފި އެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލު ބަލައިގަތީ، ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ތެރެއިން 51 މެންބަރުންގެ ތާއީދާއެކު އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތަރު މެންބަރެކެވެ.

މި ބިލު ދިރާސާކުރަން ފޮނުވާފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށެވެ. މި ބިލު މަޖިލީހަށް ހުށަހެޅީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާންމުކުރި ބޭރުފައިސާއާ ބެހޭ ގަވާއިދު އަދި އާންމުންގެ ހިޔާލަށް ހުޅުވާލި މި ބިލުގެ ޑްރާފްޓަށްވެސް ބަދަލުތަކެއް ގެނައުމަށްފަހު އެވެ.

އެގޮތުން، މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ "ކެޓެގަރީ އޭ" ގެ ޓޫރިޒަމް އެސްޓެބްލިޝްމަންޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓުތަކަށް ޑޮލަރު މާރުކުރަން ދެ ގޮތުގެ ތެރެއިން އެއް ގޮތެއް އިހުތިޔާރުކުރަން ހިމަނާފަ އެވެ. އެއީ އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމެވެ. ކުރިން އޮތް ގޮތުންނަމަ އޭ ކެޓަގަރީގެ ތަންތަނުން 500 ޑޮލަރު މާރުކުރުން ނޫން ގޮތެއް ނެތެވެ.

ރިސޯޓުތަކުގެ އިތުރުން "ކެޓެގަރީ ބީ" ގައި ހިމެނޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓުތަކަށް، އެއީ ޓޫރިސްޓު އުޅަނދުތަކާއި ގެސްޓުހައުސްތަކާއި ހޮޓާތަކަށް، ވެސް އާމްދަނީގެ 20 ޕަސެންޓު މާރުކުރުމުގެ އިހުތިޔާރު ލިބެ އެވެ. ޑްރާފްޓު ކުރި ބިލުގައި އަދި މިހާރު އަމަލުކުރަމުން އަންނަ ބޭރު ފައިސާގެ ގަވާއިދުގައި އޮތީ އެއިން ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށެވެ.

ބޭރު ފައިސާއާ ބެހޭ ބިލުގައި ފާހަގަކޮށްލެވޭ އިތުރު ބަދަލެއްގެ ގޮތުގައި ޓޫރިސްޓު ވިޔަފާރިތައް ނޫން ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މާރުކުރަން ޝަރުތުހަމަވާ ވިޔަފާރިތަކަށް ގެނައި ބަދަލެވެ.

އާންމުންނާއި މަސްލަހަތުވެރިންގެ ހިޔާލަށް ހުޅުވާލި ބޭރު ފައިސާއާ ބެހޭ ބިލުގެ ޑްރާފްޓުގައި އޮތީ 20 މިލިއަން ޑޮލަރުން މަތިން އާމްދަނީ ލިބޭ ވިިޔަފާރިތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 25 ޕަސެންޓު މާރުކުރަން ހުށަހަޅާފަ އެވެ. ނަމަވެސް މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި އޮތީ 15 މިލިއަން ޑޮލަރުން މަތިން އާމްދަނީ ލިބޭ ހުރިހާ ވިޔަފާރިތަކުން އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށެވެ.

ސަރުކާރުން މި ބަދަލުތައް ގެނެސްފައި މި ވަނީ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަަމަށް ބުނެ ގިނަ ޓޫރިޒަމް ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެ ވިޔަފާރިތަކުން އޭރު ގޮވާލާފައި ވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދު ބަދަލުކުރުމަށް ނޫނީ އަމަލުކުރުން މަޑުޖައްސާލުމަށެވެ.

މިކަމާ ގުޅިގެން، އޭރު އާންމުކުރި ގަވާއިދަށް ބަދަލު ނުގެންނާނެ ކަމަށާއި ގަވާއިދުގައި އޮތް އަދަދުތަކަށް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މިދިޔަ މަހު ވިދާޅުވި އެވެ. ބަދަލުތަކާއެކު ބިލު ހުށަހެޅުމުން، އެމަނިކުފާނު އިއްޔެ ވިދާޅުވީ އިހުތިޔާރުތަކާއެކުވެސް ނުކުންނާނީ އެއް ނަތީޖާއެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox