ތިން ބާރު ވަކިވެފައި އޮންނަ ވެރިކަމުގެ ނިޒާމަކަށް ފުރުސަތު ދޭން ޑިމޮކްރެޓްސްއިން ގޮވާލައިފި

ތިން ބާރު ވަކިވެފައި އޮންނަ ވެރިކަމުގެ ނިޒާމަކަށް ފުރުސަތު ދޭން ޑިމޮކްރެޓްސްއިން ގޮވާލައިފި

މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ވެރިކަން ހިންގުމުގެ ބާރުން ބާރުތައް މުށުތެރެއަށް ލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ ދަ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންސާނީ ހައްގުތައް އޭގެ މައްޗަށް ބިނާވެފައި ވަނީ ޑިމޮކްރަސީގެ އަސާސީ އުސޫލުތައް ކަމަށްވާ ބާރުތައް ވަކިވުމާއި, އެއް ބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވުމާއި, ނޫސްވެރިކަމުގެ މިނިވަންކަން ފަދަ ކަންކަމުގެ މައްޗަށް ކަމަށް ބައިނަލްއަގުވާމީ ނޫސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ އުސޫލުތައް ދިވެހިން ކަށަވަރުކުރީ ހަމަކަމާއި އިންސާފުވެރިކަން އޮތް މުޖުތަމައުއެއްގެ ހުވަފެން ދެކުނު ދިވެހިންގެ ބުރަ މަސައްކަތްތަކުން ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ. ނަމަވެސް, ސަރުކާރަށް އެއް އަހަރު ވެގެންދިޔައިރު އެ އުސޫލުތައް ބޮލާލައި ޖަހައި ބާރުތައް މަރުކަޒު ކުރަމުންދާ ކަމަށް ކަންބޮޑުވުމާ އެކު ޑިމޮކްރެޓުން ފާހަގަކޮށްފައިވެ އެވެ.

އެގޮތުން, ގާނޫނުއަސާސީގައި ހިމެނި އެންޓި ޑިފެކްޝަން މާއްދާތަކާއި ގައުމީ ތަރައްގީގެ އެންމެހާ ކަންކަން ހިންގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ގެންނަ ބަދަލުތަކާ މެދު އެ ޕާޓީން ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެ އިތުރުން, ނޫސްވެރިކަމުގެ މިނިވަންކަމާއި ލާމަރުކަޒީ ގޮތުން އިދާރީ ދާއިރާތައް ހިންގުމަށް ހުރަސް އަޅަމުންދާ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

ގާނޫނުއަސާސީގައި ބަޔާންކުރާ ތިން ބާރު ވަކިވެފައި އޮންނަ ވެރިކަމުގެ ނިޒާމަކަށް ފުރުސަތު ދިނުމަށް ޑިމޮކްރެޓުން ވަނީ ގޮވާލާފަ އެވެ. އެއާއެކު, މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ޔަގީން ކުރުމާއި ނޫސްވެރިކަމާއި ޖަމިއްޔާ ޖަމާއަތްތައް ހިންގުމަށް ފުރުސަތު ދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

އިންސާނީ ހައްގުތައް ކަށަވަރު ކުރުމާއި ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން ވެރިކަން ކުރުމަކީ އަބަދުވެސް ފާރަވެރިވެ ތިބެން ޖެހޭ ކަންކަން ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox