އައްޑޫ ކިނބިވައު ބީޗު ސަރަހައްދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވަނީ

އައްޑޫ ކިނބިވައު ބީޗު ސަރަހައްދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވަނީ

އައްޑޫ ސިޓީ ކިނބިވައު ބީޗު ސަރަހައްދަށް މުއްދަތު ހަމަވެފައިވާ ގިނަ އަދަދެއްގެ ކްލޮރިން އެޅުމުގެ ސަބަބުން އެ ސަރަހައްދުގެ ދިރުންތައް މަރުވާން ފަށައިފި އެވެ.

އައްޑޫ ނޭޗާ ޕާކުގެ ޕާކް ރޭންޖާ އަބްދުލް ހާދީ "އަދަދު" އަށް ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކައިރީ ބީޗު ސަރަހައްދަށް ގިނަ އަދަދެއްގެ ކްލޮރިން އެޅުމުގެ ސަބަބުން ގޮނޑު ދޮށަށް މަރުވެފައިވާ ގިނަ އަދަދެއްގެ މަސްތައް ލައްގައި މުޅި ސަރަހައްދު އެއްކޮށް މަރުވެފައިވާ ކަމަށެވެ.

"ބޮޑު ގެއްލުމެއް އެއީ. ފަރެއްގެ ތަންކޮޅެއް ދިރެން އެބަ ނަގާ އެތައް އަހަރު. އެ ސަރަހައްދު އެއްކޮށްހެން މަރުވެފައި އެ އޮތީ. އެ ލެވެލްގައި މަސްތަކާ އެއްޗެހި މަރުވެގެން ލައްގާނީ ވަރަށް ބޮޑު އިމްޕެކްޓެއް ކުރީމަ،" އޭނާ ވިދާޅުވި އެވެ.

އެ ސަރަހައްދުގެ ފަރުގެ ބޮޑު ބައެއް ވެސް ހުދުވެފައިވާކަން ފާހަގަކުރައްވާ ހާދީ ވިދާޅުވީ އެ ސަރަހައްދުގައި ހުރި ފެހި ކުލަައިގެ މަށާ ވެސް އެއްކޮށް ހުދުވެފައިވާ ކަމަށެވެ.

"އެ ސަރަހައްދުގެ މަސްތަކަށް ބަލާއިރު ވަރަށް ކުދި ކުދި މަހުން ފެށިގެން ބޮޑެތި މަސްތައް ވެސް މަރުވެފައި ހުރި. ބޯވަދިލަ މަހާއި ބޯވަ އާއި ކުދި ކުދި ޑިނގާ ކަހަލަ އެއްޗެހި ވެސް މަރުވެފައި ހުރީ. އެ ސަރަހައްދު އެއޮތީ ރައްކާތެރި ސަރަހައްދެއް ނޫން ގޮތުގައި މިހާރު،" އޭނާ ވިދާޅުވި އެވެ.

ހާދީ ވިދާޅުވީ ސީދާ އެ ސަރަހައްދަށް ލިބުނު ގެއްލުން ދެނެގަނެވޭނީ ކްލޮރިންގެ އަސަރު ކެނޑުމުން ކަމަށެވެ. އެގޮތުން ކްލޮރިން އަސަރު ކެނޑުމުން އެ ސަރަހައްދަށް ފައިބައި ލިބުނު ގެއްލުން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިނބިވައު ސަރަހައްދުން 25 ކިލޯގެ 15 ވަރަކަށް ކްލޮރިން ޓައްޕު ފެނިފައިވާއިރު، އެއީ އިންޑަސްޓްރިއަލް ބޭނުންތަކަށް ބޭނުންކުރާ ތަކެތި ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެއީ ކޮން ބައެއް ކުރި ކަމެއްކަން ނޭނގޭ ކަމަށް ހާދީ ވިދާޅުވި އެވެ.

އެ ސަރަހައްދަށް ކްލޮރިން އެޅި މައްސަލަ ތަހުގީގު ކުރުމަށް އެދި އައްޑޫ ނޭޗާ ޕާކުން ވަނީ ފުލުހަށް ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox