ޑިމޮކްރެޓްސްގެ މެންބަރުންނަށް އެމްޑީޕީގެ ޖަލްސާގައި ބައިވެރިވެވޭނެ: ހަސަން ލަތީފް

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް: ޑިމޮކްރެޓްސްގެ އާންމު މެންބަރުންނަށް އެމްޑީޕީ ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް ވިދާލުވި -- ފޮޓޯ: އަދަދު ފައިލް

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް: ޑިމޮކްރެޓްސްގެ އާންމު މެންބަރުންނަށް އެމްޑީޕީ ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް ވިދާލުވި -- ފޮޓޯ: އަދަދު ފައިލް

ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް "ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި މިރޭ އެމްޑީޕީން ބާއްވާ ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް އެ ޕާޓީގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް "އަދަދު" އަށް ވިދާޅުވީ އެމްޑީޕީގެ ޖަލްސާގައި ބައިވެރިވާން ޑިމޮކްރެޓްސް އިން ވަކި ގޮތެއް ނިންމާފައި ނެތުމުން، އެ ޕާޓީގެ މެންބަރުންނަށް އެ ޖަލްސާގައި ބައިވެރިވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"އާންމު މެންބަރުންނަށް އެ މެންބަރުން ބޭނުން ކަންކަން ކުރެވޭނެ ޕާޓީން ވަކި ގޮތެއް ކަނޑައަޅާފައި ނެތިއްޔާ. އެއީ އެމީހުންގެ ރައިޓެެއް އެކަހަލަ އެއްވުންތަކުގައި ބައިވެރިވުން ވެސް އަދި އެނޫނަސް ގާނޫނު އަސާސީ އާއި ގާނޫނުތަކުން އެމީހުންނަށް ލިބޭ ހައްގުތައް ހަމަ ލިބޭނެ،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޖަލްސާގައި ޑިމޮކްރެޓްސްއަށް ތަމްސީލު ކުރެވޭނީ ދެ ޕާޓީން މަޝްވަރާތައް ކުރެވި ގޮތްތަކެއް ނިންމައިގެން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އިދިކޮޅު ސިޔާސީ ޕާޓީތައް މެދުގައި މަޝްވަރާތައް ކުރެވި، އެކީގައި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހަސަން ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި އަޅުގަނޑު އުންމީދު ކުރާ ގޮތަކީ މަޝްވަރާތައް ހިނގަން ޖެހޭނެ ޕާޓީއެއް އަނެއް ޕާޓީއާ ދޭތެރޭގައި. އޭގެ ފަހުން އަޅުގަނޑުމެން އެކީގައި ޖަލްސާ ބާއްވައި، ދަތުރުކޮށް ބައިވަރު ކަންކަން ކުރެވޭނެކަން އެބަ އެނގޭ އަޅުގަނޑުމެންނަށް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން ބާއްވާ ޖަލްސާގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައް ބައިވެރިވުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިއްޔެ ވަނީ ދައުވަތު ދެއްވައިފަ އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު އެކްސްޓެންޑު މި ކުރަނީ އިންވިޓޭޝަން ހަމަ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ކާނިވާގައި ބާއްވާ ޖަލްސާ ފަށާނީ މިރޭ 8:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox