މާދަމާ ރޭ ޖަލްސާގެ ކުރިން އެމްޑީޕީގެ ގައުމީ މަޖިލިސް ކާނިވާގައި ބާއްވަނީ

އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން: މާދަމާ ރޭ ޖަލްސާއާ އެކު އެމްޑީޕީގެ ގައުމީ މަޖިލިސް ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން: މާދަމާ ރޭ ޖަލްސާއާ އެކު އެމްޑީޕީގެ ގައުމީ މަޖިލިސް ބާއްވަން ވަނީ ނިންމާފައި -- ފޮޓޯ: އެމްޑީޕީ

"ގާނޫނު އަސާސީގެ ދިފާއުގައި ރައްުޔިތުން" ނަމުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މާދަމާ ރޭ ކާނިވާ ސަރަހައްދުގައި ބުާއްވާ ޖަލްސާގެ ކުރިން އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވީ ގައުމީ މަޖިލިސް ޖަލްސާއެއް ޖަލްސާއާ އެކު ކުރިއަށްދާއިރު، އެ ޖަލްސާގައި ނިންމުންތަކެއް ވެސް ނިންމާނެ ކަމަށެވެ.

"އެ އިވެންޓުގެ ތެރޭގައި އަޅުގަނޑުމެންގެ ގައުމީ މަޖިލީހުގެ ރަސްމީ ޖަލްސާއެއް ހަމަ އެއާ އެއްކޮށް ކުރިއަށްދާނެ އެތަނުގައި. އަދި އޭގައި އަޅުގަނޑުމެންގެ ނިންމުންތަކެއް ނިންމުން ވެސް އޮންނާނެ. އަޅުގަނޑުމެންގެ ވިސްނުން މިހުރީ ހުއްޓުމެއް ނެތި މި މަސައްކަތުގައި ކުރިއަށް ދިޔުން ،" ފައްޔާޒް ވިދާޅުވި އެވެ.

ނަމަވެސް ގައުމީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމެނެނީ ކޮން ކަންކަމެއްކަން ފައްޔާޒް ހާމަ ކުރައްވާފައެއް ނުވެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ގައުމީ މަޖިލިސް ޖަލްސާ ކާނިވާގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖަލްސާގެ ކުރިން ރޭގަނޑު 08:00 ޖަހާއިރެވެ. ޖަލްސާ ފެށުމަށް ތާވަލު ކޮށްފައި އޮތީ ރޭގަނޑު 08:30 ގަ އެވެ.

މާދަމާ ރޭ ބާއްވާ ޖަލްސާއަކީ ސިޔާސީ ޕާޓީތަކަށް ލިބިދޭ ހައްގުގެ ތެރެއިން ބާއްވާ ޖަލްސާއެއްކަން ފާހަގަ ކުރައްވާ ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަން ގެއްލި ނިކަމެތިވަމުންދާތީ އަޑު އުފުލުމުގެ ބޭނުމުގައި ކަމަށާއި ބަންދު ކުރަން ޖެހޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ކުރަން އުޅޭ ކަންކަމަށް އެއްވެސް ވަރެއްގެ ހުރަހެއް ސަރުކާރުން އަޅައިފިނަމަ، ޖަލްސާ ބާއްވާނީ މަގުމަތީގައި ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީން މާދަމާ ރޭ ބާއްވާ ޖަލްސާގައި އިދިކޮޅު އެހެން ސިޔާސީ ޕާޓީތައް ބައިވެރިވުމަށް ވެސް އެ ޕާޓީން ވަނީ ދައުވަތު ދީފަ އެވެ.

މިއީ ނިމިދިޔަ ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީން ދުރާލައި ރާވައިގެން ބާއްވާ މިފަދަ ފުރަތަމަ ޖަލްސާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox