އެމްޑީޕީން މާދަމާ ރޭ ބާއްވާ ޖަލްސާއަށް ހުރިހާ ސިޔާސީ ޕާޓީތަކަކަށް ދައުވަތު ދީފި

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން އެމްޑީޕީން ބޭއްވި ޖަލްސާއެއް : އެ ޕާޓީން މާދަމާ ރޭ ބާއްވާ ޖަލްސާއަށް ހުރިހާ ސިޔާސީ ޕާޓީތަކަކަށް ވަނީ ދައުވަތު ދީފަ ---- ފޮޓޯ: އަދަދު

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން އެމްޑީޕީން ބޭއްވި ޖަލްސާއެއް : އެ ޕާޓީން މާދަމާ ރޭ ބާއްވާ ޖަލްސާއަށް ހުރިހާ ސިޔާސީ ޕާޓީތަކަކަށް ވަނީ ދައުވަތު ދީފަ ---- ފޮޓޯ: އަދަދު

"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި އިދިކޮޅު އެމްޑީޕީން މާދަމާ ރޭ ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތުދީފި އެވެ.

ޖަލްސާގެ ތައްޔާރީތަކާ ގުޅޭގޮތުން ތަފުސީލު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޖަލްސާއާ ގުޅިގެން އެއްވެސް ސިޔާސީ ޕާޓީއަކާ އެކު ރަސްމީ މަޝްވަރާއެއް ނުކުރާ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު އެކްސްޑެންޓު މި ކުރަނީ އިންވިޓޭޝަން ހަމަ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް،" ފައްޔާޒު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުންނާއި އެކި ދާއިރާތައް ތަމްސީލުކުރާ ގްރޫޕުތަކުން ވެސް ޖަލްސާގައި ބައިވެރިވުމަށް ގޮވާލައްވަމުން، ފައްޔާޒު ވަނީ އަތޮޅު ތެރެއިން ވެސް ރައްޔިތުން މާލެ އައުމަށް ދައުވަތުދެއްވާފަ އެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން މި ޖަލްސާގަ ބައިވެރިވެވަޑައިގަންނަވާ މިކަމަށް ހިތްވަރު ދެއްވުމަށް. އެނގިވަޑައިގަންނަވާނެ މިއަދު އަޅުގަނޑުމެން މިކަން ދޫކޮށްލައިފިނަމަ މާދަމާ އަޅުގަނޑުމެންނަށް ގެއްލޭ އެތި މާ ބޮޑުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އަލިމަސް ކާނިވަލް ސަރަހައްދުގައި ބާއްވާ މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގަ އެވެ. މި ޖަލްސާއަކީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ހަމަ މަގަށް އަޅުވުމަށްޓަކައި "އަޑު ނުއިވޭ ސަރުކާރަކަށް އަޑު އިއްވައިދޭން" ބާއްވާ ޖަލްސާއެއް ކަމަށް ފައްޔާޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

މި އެއްވުން ވެގެންދާނީ މިދިޔަ އަހަރު ސެޕްޓެމްބަރު ބޭއްވި ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީން ކާނިވަލުގައި ބާއްވާ ފުރަތަމަ ޖަލްސާއަށެވެ. އަދި، އެ ޕާޓީން އަހަރެއްހާ ދުވަހުގެ ތެރޭގައި ބާއްވާ އެންމެ ބޮޑު ޖަލްސާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox