ޑޮލަރު މާރުކުރުމަށް ގެންނަ ބަދަލުތަކަށް ރިސޯޓުތަކުން ރުހޭ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު: ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލަކީ ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ބަދަލެއް ކަމަށް ވިދާޅުވި -- ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު: ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލަކީ ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ބަދަލެއް ކަމަށް ވިދާޅުވި -- ފޮޓޯ: އެމްއެމްއޭ

ބޭރު ފައިސާއާ ބެހޭ ބިލުގައި ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ކަނޑައަޅާފައި ހުރި އުސޫލުތަކަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަށް ރިސޯޓުތަކުން މިހާރު ރުހޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބޭރު ފައިސާއާ ބެހޭ ބިލުގައި ގެނައި މައިގަނޑު އެއް ބަދަލަކީ ޓޫރިޒަމް ވިޔަފާރިތަކުން މާރުކުރަން ޖެހޭ އަދަދަަށް ގެނައި ބަދަލެވެ.

ޑްރާފްޓު ކުރުމަށް ފަހު އާންމުންގެ ހިޔާލަށް ހުޅުވާލި ބިލާއި މިހާރު އަމަލުކުރަމުން އަންނަ ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި މާރުކުރަން އޮންނަނީ ވަކި އަދަދެއް ކަނޑައަޅާފަ އެވެ. އެއީ "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރެވެ. އަދި "ކެޓެގަރީ ބީ" ގައި ހިމެނޭ އެ ނޫން ޓޫރިސްޓު ވިޔަފާރިތަކަށް ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރެވެ.

Advertisement

ނަމަވެސް މަޖިލީހަށް ހުށަހެޅި ބިލުގައި އޮތީ، "ކެޓަގަރީ އޭ" އާއި "ކެޓެގަރީ ބީ" ގައި ހިމެނޭ ވިޔަފާރިތަކުން ކޮންމެ ޓޫރިސްޓަކަށް ޑޮލަރު މާރުކުރަން ނުވަތަ ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމުގެ ތެރެއިން އެ ވިޔަފާރިއަކުން އިހުތިޔާރު ކުރާ ގޮތަކަށް މާރުކުރެވޭ ގޮތަށެވެ.

މި ބަދަލާ ގުޅޭ ގޮތުން ރިސޯޓުތަކުން ދެކެނީ ކިހިނެއްތޯ އެމްއެމްއޭގައި ސުވާލުކުރުމުން އެ އިދާރާއިން ބުނީ މިއީ ވިޔަފާރިތަކުން ލިބުނު ހިޔާލާއި އެ ވިޔަފާރިތަކާ އެކީ ކުރެވުނު މަޝްވަރާތަކަށް ފަހު ގެނެވުނު ބަދަލެއް ކަމަށެވެ. އަދި އެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ވިޔަފާރިތަކުން މި ބަދަލާ މެދު ދެކެނީ "ޕޮޒިޓިވް" ކޮށް ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ ގާނޫނާ ގުޅޭ ގޮތުން މަޝްވަރާކުރި އެއް ބަޔަކީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އެވެ. މަޓީއަކީ ރާއްޖޭގައި ހިންގާ ގިނަ ރިސޯޓުތަކެއްގެ ބައިވެރިވުމާއެކީ، ޓޫރިޒަމް ވިޔަފާރިތަކުގެ މަސްލަހަތު ކުރިއަރުވައި ރައްކާތެރިކުރަން ހިންގާ ޖަމިއްޔާއެކެވެ.

މަޓީއާ އެކީ ކުރެވުނު މަޝްވަރާތަކުގައި ވެސް ޕަސެންޓޭޖު ބަދަލެއް ހިމަނައިދޭން އެދިފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި މިއީ ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ގޮތަށް، އެމްއެމްއޭއިން ބޭނުންވާ ލަނޑުދަނޑިތައް ވެސް ހާސިލުކުރެވޭ ގޮތަށް ގެންނަ ބަދަލެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ޓޫރިޒަމް ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރަން ޖެހޭ ގޮތަށް ބަދަލުތަކެއް ގެނައި ނަމަވެސް، މީގެ ސަބަބުން ބޭރު ފައިސާއިން ލިބޭނެ ކަމަށް ލަފާކުރާ އަދަދަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް އެމްއެމްއޭއިން ފާހަގަކުރި އެވެ. އަދި މިހާރު ކަނޑައަޅާފައިވާ ޕަސެންޓޭޖަކީ ވެސް 500 ޑޮލަރު މާރުކުރުމުން ޖެހޭ އަދަދާ ދާދި އެއްވަރުގެ އަދަދެއް ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox