10 އަހަރު ފަހުން އެލްއޭ ގެލެކްސީ އިން އެމްއެލްއެސް ކަޕް ކާމިޔާބުކޮށްފި

Dec 9, 2024, 1:43 AM
10 އަހަރު ފަހުން އެލްއޭ ގެލެކްސީ އިން އެމްއެލްއެސް ކަޕް ކާމިޔާބުކޮށްފި

ނިއުޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޑިސެމްބަރު 9) - މޭޖަލީގުސޮކާ (އެމްއެެލްއެސް) ކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެލްއޭ ގެލެކްސީން 10 އަހަރު ފަހުން އެ މުބާރާތުގެ ތަށި އުފުލާލާފައިފި އެވެ.

އެމްއެލްއެސް ކަޕްގެ ތަށި އެލްއޭ ގެެލެކްސީން މި ފަހަރު ހޯދީ ފައިނަލުގައި، ވާދަވެރި ނިއު ޔޯކް ރެޑްބުލްސް އަތުން 2-1 އިން މޮޅުވެގެންނެވެ. މިއީ، އެލްއޭ ގެލެކްސީން މި މުބާރާތް ކާމިޔާބުކުރި ހަ ވަަނަ ފަހަރެވެ. އެ ޓީމުން ވަނީ އެންމެ ފަހުން 2014 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.

އެމްއެލްއެސްގެ އެންމެ ވާދަވެރި ދެ ޓީމުގެ ކުރިމަތިލުމެއް މި ފަހަރުގެ ފައިނަލުގައި ފެނިގެންދިޔައިރު، އެލްއޭ ގެލެކްސީ އަށް ލަނޑުތައް ޖަހައިދިނީ، ޖޯސެފް ޕެއިންޓްސިލް އާއި ޑޭޖާން ޖޮވެލިޖިޗް އެވެ.

ފައިނަލް މެޗުގެ ތެރެއިން ގެލެކްސީ ޓީމުގެ ރެއުސް ބޯޅަ ހިފައިގެންދަނީ.

މި ދެ ގޯލަށް ފަހު ވެސް ގެލެކްސީ ކުޅުންތެރިން އުފާފާޅުކުރިއިރު ވަނީ އެ ޓީމަށް ކުޅޭ ރިކުއި ޕުއިގްގެ ޖޯޒީ ދައްކާލައިފަ އެވެ. ކުރިން ބާސެލޯނާ އަށް ކުޅުނު ޕުއިގްގެ ކަކުލަށް ސީރިއަސް އަނިޔާއެއް ވެގެން އޭނާ މި ވަގުތު ހުރީ ކުޅުމާ ދުރުގަ އެވެ.

ނިއުޔޯކް ރެޑްބުލްސްގެ ލަނޑު ޖެހީ، ސޯން ނިއަލިސް އެވެ. އިތުރު ގޯލެއް ޖަހައި އެއްވަރުކުރަން ނިއުޔޯކް ރެޑްބުލްސް އިން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، އެ ކްލަބްގެ ތާރީހުގައި ކުޅުނު ދެ ވަނަ އެމްއެލްއެސް ކަޕް ފައިނަލުން ވެސް މި ވަނީ ބަލިވެފަ އެވެ.

ގެލެކްސީ އަށް ކުޅޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ޖަރުމަނުގެ ތަރި މާކޯ ރެއުސް އާއި އެ ޓީމުގެ ކެޕްޓަން، ކުރިން ސައުތެމްޓަން އަށް ކުޅުނު ޖަޕާނުގެ މާުޔާ ޔޮޝީޑާ ހިމެނެ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ގެލެކްސީން ހޯދާފައިވާ އަހަރުތަކަކީ 2002، 2005، 2011، 2012، 2014 އަދި 2024 އެވެ. ފައިނަލުގައި ކުޅެ ބަލިވެފައިވަނީ، 1996، 1999، 2001 އަދި 2009 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox