ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުން ތަމްރީން ކުރަން ހަތަރު ސްކޮލަޝިޕް ފުރުސަތު ދީފި

ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުން ތަމްރީން ކުރަން ހަތަރު ސްކޮލަޝިޕް ފުރުސަތު -- ފޮޓޯ؛ އިސްމާއިލް އިމްދާދު / އަދަދު

ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުން ތަމްރީން ކުރަން ހަތަރު ސްކޮލަޝިޕް ފުރުސަތު -- ފޮޓޯ؛ އިސްމާއިލް އިމްދާދު / އަދަދު

ޓްރީޓޮޕް ހޮސްޕިޓަލުން ވިލާ ކޮލެޖާ ގުޅިގެން ނަރުހުން ތަމްރީން ކުރަން ހަތަރު ސްކޮލަޝިޕް ފުރުސަތު މިއަދު ދީފި އެވެ.

ޓްރީޓޮޕްގައި އޮތް ރަސްމިއްޔާތެއްގައި އެ ސްކޮލަޝިޕްތައް ހަތަރު ކުދިންނާ ހަވާލު ކޮށްދެއްވީ ހޮސްޕިޓަލުގެ ޑިރެކްޓާ އޮފް ނާސިން ސޫޒަން ހާބަޓް އެވެ.

ރަސްމިއްޔާތަށްފަހު ސޫޒަން "އަދަދު" އަށް ވިދާޅުވީ މިފަހަރު ސްކޮލަޝިޕަށް ހުޅުވާލުމާ އެކު 15 ކުދިން އެކަމަށް ޝައުގުވެރިވި ކަމަށެވެ.

އެގޮތުން ސިލެކްޝަން ހެދުމުގައި ވަރަށް ކޮމްޕެޓިޓިވްވިކަން ފާހަގަކުރައްވާ ސޫޒަން ވިދާޅުވީ ސްކޮލަޝިޕްގެ ސަބަބުން އެ ކުދިންނަށް ދަސްވާ ކަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުން ތަމްރީން ކުރަން ހަތަރު ސްކޮލަޝިޕް ފުރުސަތު ހަވާލު ކުރުން -- ފޮޓޯ؛ އިސްމާއިލް އިމްދާދު / އަދަދު
ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުން ތަމްރީން ކުރަން ހަތަރު ސްކޮލަޝިޕް ފުރުސަތު ހަވާލު ކުރުން -- ފޮޓޯ؛ އިސްމާއިލް އިމްދާދު / އަދަދު

ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުން ތަމްރީން ކުރަން ހަތަރު ސްކޮލަޝިޕް ފުރުސަތު ހަވާލު ކުރުން -- ފޮޓޯ؛ އިސްމާއިލް އިމްދާދު / އަދަދު

ވިލާ ކޮލެޖުން ނާސިން ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރުމުގެ ފުރުސަތު ލިބުނީ ހަލީމަތު ހުލްވާ، އައިމިނަތު އިބްލާ، މަރިޔަމް މައިޝާ އަދި އައިމިނަތު އަތުފާއަށެވެ.

ޓްރީޓޮޕްގެ ސީއީއޯ ސްރިވާޓްސަން ސްރިދާރު ވިދާޅުވީ ނަރުހުން ތަމްރީން ކުރުމުގެ ޕްރޮގްރާމަކީ މީހުން ބިނާ ކުރުމަށް ކުރާ އިންވެސްޓެއް ކަމަށާއި އެގޮތުން ސްކޮލަޝިޕް ފުރިހަމަ ކުރާ ދަރިވަރުން ރާއްޖޭގައި ހިދުމަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުން ތަމްރީން ކުރަން ހަތަރު ސްކޮލަޝިޕް ފުރުސަތު ހަވާލު ކުރުން -- ފޮޓޯ؛ އިސްމާއިލް އިމްދާދު / އަދަދު
ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުން ތަމްރީން ކުރަން ހަތަރު ސްކޮލަޝިޕް ފުރުސަތު ހަވާލު ކުރުން -- ފޮޓޯ؛ އިސްމާއިލް އިމްދާދު / އަދަދު

ޓްރީޓޮޕް ހޮސްޕިޓަލުން ނަރުހުން ތަމްރީން ކުރަން ހަތަރު ސްކޮލަޝިޕް ފުރުސަތު ހަވާލު ކުރުން -- ފޮޓޯ؛ އިސްމާއިލް އިމްދާދު / އަދަދު

ޓްރީޓޮޕުން 2021 އިން ފެށިގެން ކުރިއަށް ގެންދާ ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 15 ނަރުހުން ވަނީ ތަމްރީން ކޮށްފަ އެވެ. އޭގެ ތެރެއިން ހަތް ނަރުހުން ޓްރީޓޮޕްގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތް ދެމުން އަންނަ ޓްރީޓޮޕުން އަންނަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުޅިން އާ ހިދުމަތްތައް ތައާރަފް ކުރަމުންނެވެ. އަދި އެ ހޮސްޕިޓަލުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ހެލްތު ކޭމްޕްތައް ބާއްވައި ގިނަ ރައްޔިތުންނަށް ހިދުމަތްތައް ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox