ޕޮއިޒް ޕްރިމިއަމްގެ އިޔާ އެންޑް ޕްރޮމޯޝަންގެ ދަށުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދިނުމާ އެކު، ގުރުއަތުން ހޮވޭ އެއްވަނަ ފަރާތަށް އުމްރާ ދަތުރެއް ހުށަހަޅައިފި އެވެ.
ޕޮއިޒް ޕްރިމިއަމް އިން ބުނީ އެ ޕްރޮމޯޝަން އަންނަ އަހަރުގެ ޖެނުއަރީ 25، ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
ޕްރޮމޯޝަންގެ ދެވަނަ އިނާމަކަށް 65 އިންޗީގެ ޓީވީއެއް ކަނޑައަޅާފައިވާއިރު، ތިންވަނައަށް ހޮވޭ ފަރާތަކަށް ވިކްޓޯރިއާ ސީކްރެޓްގެ އޮރިޖިނަލް ގިފްޓް ޕެކެއް ލިބޭނެ އެވެ.
އެ ޕްރޮމޯޝަންގެ ދަށުން 100 އެމްއެލް އިން މަތިން ސެންޓު ފުޅިއެއް ގަންނަ ކޮންމެ މީހަކަށް ބައިވެރިވެވެ އެވެ. އެގޮތުން 100 އެމްއެލް އިން މަތިން ގަންނަ ކޮންމެ ސެންޓު ފުޅިއަކަށް ކޫޕަނެއް ލިބެ އެވެ.
ބްރޭންޑެޑް ސެންޓާއި ސްކިން ކެއާގެ ވައްތަރުތައް ހިމެނޭހެން 50 ޕަސަންޓާ ހަމައަށް ޕްރޮޑަކްޓްސްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް ޕޮއިޒް އިން ބުންޏެވެ.
ރަށްދެބައި މަގު، ބޮޑުފެންވަޅުގެ ކައިރީގައި ހުންނަ ޕޮއިޒް ޕްރިމިއަމްއިން ވިއްކާ އުފެެއްދުންތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަ އެވެ. ގޭގައި ހުރެގެން ވެސް ޕޮއިޒް ޕްރިމިއަމްގެ ސެންޓުތައް އޮންލައިންކޮށް އޯޑަރު ކުރެވެ އެވެ. އަދި އެ ފިހާރައިން ޑެލިވާ ވެސް ކޮށްދެ އެވެ.
ޕޮއިޒްއިން އަންނަނީ ނަން މަޝްހޫރު ޕާފިއުމްސްއާއި ސްކިން ކެއާ އަދި ހެއާ ކެއާގެ އޮރިޖިނަލް އުފެއްދުންތައް ވިއްކަމުންނެވެ. އެ ފިހާރައިގެ ޕްރޮޑަކްޓްސްތަކާ ބެހޭ މައުލޫމާތު 9466499 ނަންބަރަށް ގުޅައިގެން ލިބޭނެ އެވެ.











