ސައުދީގެ ވޯލްޑް ކަޕް ބިޑަށް ތާއީދުކުރުމާ މެދު އިނގިރޭސިން ގޮތެއް ނުނިންމާ

Dec 7, 2024, 5:28 AM
ސައުދީގެ ވޯލްޑް ކަޕް ބިޑަށް ތާއީދުކުރުމާ މެދު އިނގިރޭސިން ގޮތެއް ނުނިންމާ

ލަންޑަން (ޑިސެމްބަރު 7) - ސައުދީ އަރަބިއްޔާ އިން 2034 ވަަނަ އަހަރު ފީފާ ވޯލްޑް ކަޕް ހޯސްޓްކުރަން ބިޑްކޮށްފައިވާއިރު، އެ އަށް ތާއީދުކުރުމާ މެދު އިނގިރޭސި އެފްއޭ އިން އަދިވެސް ގޮތެއް ނުނިންމާ ކަމަށް ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕް 2034 ވަނަ އަހަރު ހޯސްޓްކުރުމަށް ބިޑްކޮށްފައިވާ ހަމައެކަނި ގައުމަކީ ސައުދީ އަރަބިއްޔާ އެވެ. އަދި 2030 ވަަނަ އަހަރުގެ ވޯލްޑް ކަޕްގެ ބޮޑުބައި، ސްޕެއިން، މޮރޮކޯ އަދ ޕޯޗުގަލްގައި ކުޅޭއިރު، ފުރަތަަމަ މެޗުތައް، އުރުގުއޭ، އާޖެންޓީނާ އަދި ޕެރަގުއޭގައި ކުޅޭ ބިޑެއް ވަނީ ހުށަހަޅައިފަ އެވެ.

ޖަރުމަނުން ވަނީ މި ދެ ވޯލްޑް ކަޕްގެ ބިޑަށް ވެސް ތާއީދުކުރާނެކަން އިއުލާނުކޮށްފަ އެވެ. އެކަމަކު، އިނގިރޭސި އެފްއޭ އިން އަދިވެސް ގޮތެއް ނުނިންމަ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެފްއޭ އިން ނިންމާފައިވަނީ، ވަރަށް ފުޅާދާއިރާއެއްގައި ވިސްނުމަށް ފަހު މި ކަމަށް ގޮތެއް ނިންމުމަށެެވެ.

އެ ގޮތުން، ސައުދީ އަރަބިއްޔާއާ ގުޅޭގޮތުން ކުރެވޭ އިންސާނީ ހައްގުތައް ކަށަވަރުނުވާ ކަމުގެ ގިނަ ތުހުމަތުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރާނެ އެވެ.

މިދިޔަ ހަފްތާގައި ފީފާ އިން ވަނީ ސައުދީ އަރަބިއްޔާގެ ވޯލްޑް ކަޕް ބިޑްގެ އިވެލުއޭޝަން ރިޕޯޓް އާންމުކޮށްފަ އެވެ. އެ ގޮތުން، އެ އިވެލުއޭޝަނުގައި ސައުދީ އަށް ވަނީ 5 އަކުން، 4.2 ލިބިފަ އެވެ. މިއީ މިހާތަނަށް ވޯލްޑް ކަޕް ބިޑަކަށް ލިބުނު އެންމެ ބޮޑު ސްކޯ އެވެ. އެ އިވެލުއޭޝަން ރިޕޯޓްގައި ސައުދީގެ ހިއުމަން ރައިޓްސް ކަަށަވަރުވާ މިންގަނޑަށް ވަނީ އެކަށީގެންވާ މާކުހެއް ލިބިފަ އެވެ.

ފީފާ އިން 2030 އާއި 2034 ގެ ވޯލްޑް ކަޕް ބާއްވާނެ ގައުމެއްގެ ވޯޓަށް އަހާނީ އެކުއެކީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox