ދުނިޔޭގެ ފެންވަރުގެ ޕޭމަންޓު ނިޒާމެއްގެ ބިންގާ އަޅައިދެވުނީ އެމެކްސްއާ އެކީ: ޝަރީފު

Dec 6, 2024, 4:33 AM
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު، ބީއެމްއެލް-އެމެކްސް ގުޅުމަށް 20 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އިވެންޓުގައި: މާލީ ދާއިރާއިން މީހުން ބިނާކުރަން ވެސް އެމެކްސްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް ވިދާޅުވި -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު، ބީއެމްއެލް-އެމެކްސް ގުޅުމަށް 20 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އިވެންޓުގައި: މާލީ ދާއިރާއިން މީހުން ބިނާކުރަން ވެސް އެމެކްސްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް ވިދާޅުވި -- ފޮޓޯ: ބީއެމްއެލް

މުޅި ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ނިޒާމެއް ގާއިމުކުރުމުގެ ބިންގާ އަޅައިދެވުނީ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ގެ އެހީތެރިކަމާ އެކީ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އާއި އެމެކްސްގެ އެކްސްކްލޫސިވް ޕާޓްނާޝިޕަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފުލާގައި ޝަރީފް ވަނީ ބޭންކުން ހޯދި ކާމިޔާބީގައި އެ ހިދުމަތުން މުހިންމު ދައުރެއް އަދާކުރި ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ މާލީ ދާއިރާ އާއި އެ ދާއިރާއިން މީހުން ބިނާކުރަން އެމެކްސްއިން ދިން އެހީތެރިކަން ފާހަގަކުރައްވާ، އެމެކްސްއަށް އޭނާ ތައުރީފުކުރެއްވި އެވެ.

"2004 އިން ފެށިގެން، އެމެރިކަން އެކްސްޕްރެސް އާއި ބޭންކް އޮފް މޯލްޑިވްސްގެ އޮތް ގުޅުމަކީ ހަމައެކަނި ކާޑު ޕާޓްނަރެއްގެ ގުޅުމެއް ނޫން. އެ ގުޅުމަކީ ބޭންކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ލިބުނު ކުރިއެރުމާއި ކާމިޔާބީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދިން ގުޅުމެއް. އެމެކްސް އަކީ ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރަމުންދާ އެތައް ބައެއް ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދިން ފަރާތެއް،"

މި ގޮތުން ޝަރީފް ފާހަގަކުރެއްވި އެއް ކަމަކީ ރާއްޖެއަށް ފުރަތަމަ ކްރެޑިޓު ކާޑު ތައާރަފުކުރި ދުވަހެވެެ. ޝަރީފަކީ ކްރެޑިޓު ކާޑު ތައާރަފުކުރުމުގެ މަޝްރޫއު އިސްވެ ހިންގުމާއި އޭރު ބޭންކުގައި އުފެދުނު ކާޑު ޓީމު އިސްވެ ހިންގަން ހަވާލުކުރެވުނު މީހާ އެވެ. ކްރެޑިޓު ކާޑަކީ މުޅިން އާ ކަމަކަށް ވެފައި އެ ހިދުމަތް ތައާރަފުކުރުމުގައި ގިނަ ގޮންޖެހުންތަކަށް ދިމާވީ ނަމަވެސް ބޭންކުގެ ކަސްޓަމަރުންނަށް ޓަކައި އެ ހިދުމަތް ތައާރަފުކުރެވުނީތީ އުފާކުރައްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އޭރު ދަސްވިކަމަކީ މި ހިތްވަރުގަދަ މަސައްކަތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ބޭންކިން ހިދުމަތް ޒަމާނީކޮށްދޭނެކަމާއި، ވިޔަފާރިތަކާއި ދަތުރުވެރިންނަށް ވެސް ފަސޭހަކަމާއި، ރައްކާތެރިކަމާއި އަދި ލުއިފަސޭހަކަން ލިއްބައިދޭނެކަން." އޭނާ ވިދާޅުވި އެވެ.

އެމެކްސްއާ އެކީ ބީއެމްއެލްއިން ހާސިލުކުރި ކާމިޔާބީތަކާއި ލަނޑުދަނޑިތައް

  • ބީއެމްއެލްއިން ދިވެހިރާއްޖޭގައި ފުރަތަމަ ކްރެޑިޓް ކާޑުތައް ތައާރަފުކޮށް، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ދުނިޔޭގެ ފެންވަރުގެ މާލީ ހައްލުތަކަށް ވާސިލުވުމުގެ ބާރު ދިނުން
  • އެމެކްސްގެ ހިދުމަތް ބަލައިގަތުން ތައާރަފުކޮށް އަވަސް ސްޕީޑެއްގައި ކުދި ފިހާރަތަކުން ފެށިގެން ދިވެހިރާއްޖެ ދުނިޔޭގެ މަންޒިލަކަށް ހަދާފައިވާ ރިސޯޓުތަކާ ހަމައަށް އެ ހިދުމަތް ފުޅާކުރުން
  • އެމްކްސްއާއެކު "އެކްސްޕީރިއަންސް މޯލްޑިވްސް" ޑެސްޓިނޭޝަން މާކެޓިން ކެމްޕޭން ފަށައި، ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށް އެމެކްސްގެ ފުޅާ ނެޓްވޯކްގައި ރާއްޖެ މަޝްހޫރުކޮށްދެވުނު
  • ރާއްޖޭގެ ފުރަތަމަ ޝަރީއާ ހުއްދަކުރާ ކްރެޑިޓް ކާޑު އެމެރިކަން އެކްސްޕްރެސްއާއެކު ތައާރަފުކުރުން

ޝަރީފްގެ ވާހަކައިގައި ބީއެމްއެލް އާއި އެމެކްސްގެ ގުޅުމަށް މިވީ މުއްދަތުގެ ތެރޭގައި އެއް ޓީމުން އަނެއް ޓީމަށް ދިން އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރުއަދާކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދެ ވިޔަފާރި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފައިސާ ދެއްކުމާއި ބޭންކިންގެ ދުނިޔެ ބަދަލުވަމުން އަންނަ ހިނދު އެމެކްސްއާއެކު، އަޅުގަނޑުމެން މިވަނީ އައު އީޖާދުތަކުގެ ކުރީ ސަފުގައި ތިބުމަށް އަޒުމްކަނޑައަޅާފަ. އަދި ޑިޖިޓަލް ބަދަލުތައް ގެނައުމަށް މަސައްކަތްކުރުމާއެކު، ދިވެހިރާއްޖޭގެ އާ ޖީލުތަކުން ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނަން،" ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. އެ ބޭންކުން ބުނީ ތިން ލައްކައަށް ވުރެ ގިނަ ކަސްޓަމަރުންނާއި 8،000 އަށް ވުރެ ގިނަ މާޗަންޓުން ބޭންކުގެ ނެޓްވާކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox