ކްލަބް ވޯލްޑް ކަޕުގައި ސިޓީ އާއި ޔުވެންޓަސް އެއް ގްރޫޕެއްގައި

Dec 6, 2024, 1:42 AM
ކްލަބް ވޯލްޑް ކަޕުގައި ސިޓީ އާއި ޔުވެންޓަސް އެއް ގްރޫޕެއްގައި

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޑިސެމްބަރު 6) - އަންނަ އަހަރު މުޅިން އާ ފޯމެޓަކަށް ފަށާ ފީފާ ކްލަބް ވޯލްޑް ކަޕުގައި އިނގިރޭސި ޗެމްޕިއަން، މެންޗެސްޓާ ސިޓީ އާއި އިޓަލީގެ ގަދަބާރު ޔުވެންޓަސް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

އަންނަ އަހަރު އެމެރިކާގައި ކްލަބް ވޯލްޑް ކަޕް ކުރިއަށްދާނީ 32 ކްލަބާ އެކު މުޅިން އާ ފޯމެޓަކަށް، ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ކުޅޭ ގޮތަށެވެ.

ބައްރުތަކުގެ ޗެމްޕިއަންތަކަށް ހާއްސަކޮށް ގައުމީ ޓީމުތަކަށް ބޭއްވި ފީފާ ކޮންފަޑެރޭޝަން ކަޕްގެ ބަދަލުގައި ކްލަބްތަކަށް ކުރިއަށްގެންދާ މުބާރާތެއް ގޮތަށް ކްލަބް ވޯލްޑް ކަޕް ފޯމެޓް ރޭވީ 24 ޓީމު ކުޅޭގޮތަށް 2021 ގައި ޗައިނާގައި ފުރަތަމަ މުބާރާތް ބާއްވާށެވެ. އެކަމަކު، އޭރު ކޮވިޑް-19ގެ ދުވަސްވަރު ކަމަށްވާތީ ފީފާ އަށް ޖެހުނީ މުބާރާތް ފަސްކުރާށެވެ.

އޭގެ ފަހުން ގިނަ އަހަރުތަކެއް މަޝްވަރާ ކުރުމަށްފަހު ފީފާ އިން އެންމެ ފަހުން ނިންމީ 32 ޓީމާއެކު މުބާރާތް ކުރިއަށް ގެންދާށެވެ.

މި ފަހަރުގެ މުބާރާތުގައި ގްރޫޕް އޭގައި ވާދަކުރާނީ ބްރެޒިލްގެ ޕަލްމަރަސް, ޕޯޗުގަލްގެ އެފްސީ ޕޯޓޯ, މިސްރުގެ އަލް އަހުލީ އަދި އެމެރިކާގެ އިންޓަ މިއާމީ އެވެ.

ގްރޫޕް ބީގައި ލައްވާލީ, ފްރާންސްގެ ޕީއެސްޖީ, ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް, ބްރެޒިލްގެ ބޮޓޮފޯގޯ އަދި އެމެރިކާގެ ސިއޭޓަލް ސައުންޑާސް އެފްސީ އެވެ.

ގްރޫޕް ސީގައި ހިމެނެނީ, ޖަރުމަނުގެ ބަޔާން މިއުނިކް, ނިއުޒިލަންޑްގެ އޯކްލަންޑް ސިޓީ އެފްސީ, އާޖެންޓީނާގެ ބޮކަ ޖޫނިއާސް އަދި ޕޯޗުގަލްގެ ބެންފީކާ އެވެ.

ގްރޫޕް ޑީގައި ލައްވާލީ, ބްރެޒިލްގެ ފްލެމިންގޯ, ޓިއުނީޝިއާގެ އެސްޕަރާންސް ޑެޕޯޓިވޯ, އިންގްލެންޑްގެ ޗެލްސީ އަދި މެކްސިކޯގެ ކްލަބް ލިއޯން އެވެ.

ގްރޫޕް އީގައި ހިމެނެނީ, އާޖެންޓީނާގެ ސީއޭ ރިވާ ޕްލޭޓް, ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސް, މެކްސިކޯގެ މޮންޓޭރޯ އަދި އިޓަލީގެ އިންޓަ މިލާން އެވެ.

ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ގްރޫޕް އެފްގައި ލައްވާލިއިރު, މި ގްރޫޕްގައި ދެން ހިމެނެނީ, ބްރެޒިލްގެ ފްލުމިނެންސޭ, ކޮރެއާގެ އުލްސަން އެޗްޑީ އަދި ސައުތު އެފްރިކާގެ މަމެލޮޑީ ސަންޑައުންސް އެވެ.

މި ފަހަރުގެ ގުރުއަތުލުން ކުރިއަށްދިޔަ ގިނަ ބަޔެއްގެ އަމާޒު ހުއްޓުނީ ގްރޫޕް ޖީ އަށެވެ. އެއީ އެ ގްރޫޕުގައި ސިޓީއާ އެކު އިޓަލީގެ ގަދަ ބާރު ޔުވެންޓަސް ހިމެނުމުންނެވެ. ސިޓީއާ ޔުވެންޓަސްގެ އިތުރުން މި ގްރޫޕުގައި ދެން ހިމެނެނީ, ދުބާއީގެ އަލް އައިން އަދި މޮރޮކޯގެ ވީދާދް އޭސީ އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ކްލަބް ރެއާލް ހިމެނުނީ ގްރޫޕް އެޗްގަ އެވެ. މި ގްރޫޕުގައި ދެން ލައްވާލީ, ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް ހިލާލް އަދި ޕަޗޫކާގެ އިތުރުން ރެޑްބުލް ސަލްޒްބާގް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox