ކްލަބް އެޗްޑީސީން ކާވާ މެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ

Dec 5, 2024, 2:34 PM
ކްލަބް އެޗްޑީސީން ކާވާ މެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ

ނޭޕާލުގައި މިހާރު ފަށާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ މެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކްލަބް އެޗްޑީސީން ވާދަކުރަން ތައްޔާރުވެއްޖެ އެވެ.

ނޭޕާލުގެ ކަތުމަންޑޫގައި މި މަހުގެ 7-14 އަށް ކުރިއަށްދާ ކާވާ މެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ހަތަރު ގައުމަކުން ފަސް ޓީމެއް ވާދަކުރާނެ އެވެ.

އެ ގޮތުން، މުބާރާތް ހޯސްޓްކުރާ ނޭޕާލުން ދެ ޓީމެއް ވާދަކުރާއިރު، ދެން ފެނިގެންދާނީ ރާއްޖެ އާއި އިންޑިއާ އަދި އިރާނުން ޓީމެކެވެ.

Advertisement

މި މުބާރާތުގައި އަމިއްލަ ގައުމުގައި ނޭޕާލް ތަމްސީލުކުރާނެ ދެ ޓީމަކީ، ގަންޑަކީ ޕްރޮވިންވްސް އާއި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް އެވެ. ރާއްޖޭން ކްލަބް އެޗްޑީސީ ކުޅޭއިރު، އިންޑިއާ އިން ވާދަކުރަނީ، ކަލިކަޓް ހީރޯސް އެވެ. އަދި އިރާނުން ފެނިގެންދާނީ، ޗަދޯރުމަލޫ އެވެ.

މި ފަހުން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ފިރިހެން ޑިވިޝަނަށް ބޭއްވި މުބާރާތްތަކުގައި ކާމިޔާބު ޓީމެއްގެ ގޮތުގައި ފެނިގެންދިޔަ، ކްލަބް އެޗްޑީސީގައި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ޓީމުގެ ކެޕްޓަންކަން އެންމެ ފަހުން ކުރި ދެ ކުޅުންތެރިން ކަމަށްވާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ފައިރޫޒް ހިމެނެ އެވެ. އަދި ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޝަމާއިލް ހުސެއިން އާއި ތަޖުރިބާކާރު ކުޅުންތެރިޔާ، މުހައްމަދު އަހުސަން ވެސް ކުޅެމުން އަންނަނީ އެޗްޑީސީ އަށެވެ.

ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ، ހުސެއިން ޝަރީފް (ނަލަ ހުސެން) އެވެ، ދާދި ފަހުން ނަލަ ހުސެންްގެ ކޯޗުކަމުގައި އެޗްޑީސީން ވަނީ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެެވެ.

ކާވާ އިން ބޭއްވި އަންހެން ކްލަބް ޗެމްޕިއަންޝިޕް ކުރިއަށްދިޔައީ މާލޭގަ އެވެ. އެ މުބާރާތުގައި ރާއްޖޭގެ ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބް އިން ކުޅުނުއިރު ތަށި ހޯދީ ނޭޕާލް ޕޮލިސް ކްލަބް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox