ތިން ވަނަ ހޮވާ މެޗުން ވެސް އެޗްޑީސީ ބަލިވެއްޖެ

Dec 16, 2024, 9:08 PM
ތިން ވަނަ ހޮވާ މެޗުން ވެސް އެޗްޑީސީ ބަލިވެއްޖެ

ނޭޕާލުގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ކްލަބް ޗެމްޕިއަންޝިޕުގެ ތިންވަނަ ހޮވާ މެޗުގައި އީރާންގެ ޗަދޯރުމަލޫ އަތުން ރާއްޖޭގެ ކްލަބް އެޗްޑީސީ ބަލިވެއްޖެ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި އެޗްޑީސީން ހެލްޕް ނޭޕާލް އަތުން ބަލިވީ ސީދާ ތިން ސެޓުން އެވެ.

އިއްޔެ ކުޅުނު ތިން ވަނަ ހޮވާ މެޗުގައި އެޗްޑީސީން ކުޅުނީ ޗަދޯރުމަލޫ އާ ދެކޮޅަށެވެ. އެ މެޗުން ބަލިވީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި އެޗްޑީސީން ލީޑު ކޮށްގެން ކުޅުނު ނަމަވެސް ސެޓުގެ ފަހުކޮޅު ސެޓު ނިންމާނުލެވި, ކައިރިކައިރީގައި ހެދުނު ގޯސްތަކުގެ ފައިދާ ނަގާ މި ސެޓު ޗަދޯރުމަލޫ އިން ކާމިޔާބުކުރީ 25-21 އިންނެވެ.

ދެވަނަ ސެޓު ފަށައިގެން ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައިރު, މި ސެޓުގައި ބޮޑު ލީޑެއް ނަގައިގެން ކުޅުމުގެ ފުރުސަތު ސެޓުގެ ކުރީކޮޅު އެއްވެސް ޓީމަކަށް ނުލިބުނެވެ. އެކަމަކު މަޑުމަޑުން ޗަދޯރުމަލޫ އިން ގޭމުގެ ތެރެއަށްވަދެ ތިން ޕޮއިންޓްގެ ލީޑަކާއެކު ކުޅެން ފެށި އެވެ. އެކަމަކު ސެޓު އެޗްޑީސީން ކުޅުން ރަނގަޅުކޮށް ސެޓު ނިންމަންވެސް ފުރުސަތު ހޯދި އެވެ. އެކަމަކު އެ ޓީމަށް ސެޓު ނިންމާނުލެވުމުގެ ފައިދާ ނަގާ މި ސެޓު ޗަދޯރުމަލޫ އިން ކާމިޔާބުކުރީ 27-25 އިންނެވެ.

ތިން ވަނަ ސެޓުގައި ވެސް ފެނިގެންދިޔައީ އެޗްޑީސީން ސެޓު ފަށައިގެން ލީޑު ކުރި މަންޒަރެވެ. އެކަމަކު މި ސެޓުގައި ވެސް އެޗްޑީސީ އަށް ސެޓު ނިންމާނުލެވުމުގެ ފައިދާ ނަގާ އީރާނު ޓީމުން ވަނީ 27-25 އިން ސެޓު ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox