ޕީޕީއެމްގެ ތާރީހު އޮތީ މަރުތަކާއި ވައްކަމުގެ ތުހުމަތުތަކުން ތަތްތެޅިފަ: މުސްތަފާ

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން : އޭނާ ވިދާޅުވީ ޕީޕީއެމްގެ ތާރީހު އޮތީ މަރުތަކާއި ވައްކަމުގެ ތުހުމަތުތަކުން ތަތްތެޅިފަ ކަމަށް --- ފޮޓޯ: މިރާން ނާޝިމް / އަދަދު

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން : އޭނާ ވިދާޅުވީ ޕީޕީއެމްގެ ތާރީހު އޮތީ މަރުތަކާއި ވައްކަމުގެ ތުހުމަތުތަކުން ތަތްތެޅިފަ ކަމަށް --- ފޮޓޯ: މިރާން ނާޝިމް / އަދަދު

ހޯމަ ދުވަހު އުވާލަން ނިންމި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ތާރީހު އޮތީ މަރުތަކާއި ވައްކަންތަކުގެ ތުހުމަތުތަކުން ތަތްތެޅިފައި ކަމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާއެކު ކޯލިޝަނުގައި އޮތް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މުސްތަފާ އެހެން ވިދާޅުވީ ކުރިމަގު އޮތީ ޕީއެންސީއާއެކު ކަން ފާހަގަކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެގޮތުން، މަރުތަކާއި ވައްކަންތަކުގެ ތުހުމަތު ޕީޕީއެމް އަށް އަމާޒުކޮށް، އެ ޕާޓީގެ ތާރީހު އެ ތުހުމަތުތަކުން ތަތްތެޅުވަން އެންމެ ބޮޑަށް މަސައްކަތްކުރީ އިދިކޮޅު އެމްޑީޕީން ކަމަށާއި އެ ތުހުމަތުތައް ގިނަ ރައްޔިތުން ގަބޫލު ކުރާ ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ.

ޕީޕީއެމް އުވާލައި ރައީސް މުއިއްޒުގެ ލީޑަޝިޕުގެ ދަށުން ޕީއެންސީން މި ފެށީ އާ ދަތުރެއް ކަމަށާއި ކުރިމަގު އޮތީ ޕީއެންސީ އާއެކު ކަމަށް ވެސް މަޖިލީހުގެ ފުރަތަމަ ދައުރު އަދާކުރައްވަމުން ގެންދަވާ މުސްތަފާ ވިދާޅުވެފައިވެ އެވެ.

ޕީޕީއެމްއާ ގުޅުވައ ކުރަނީ ސީދާ ކޮން ތުހުމަތުތަކެއްކަން މުސްތަފާގެ ޕޯސްޓުގައި ފާހަގަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ ޕާޓީން 2013 އިން 2018 އަށް ކުރި ވެރިކަމުގައި ހިޔާނާތާއި ވައްކަމުގެ ގިނަ މައްސަލަތަކެއް ފެންމަތިވި އެވެ.

އެގޮތުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެ ދައުރުގައި ވެރިކަންކުރެއްވި ޕީޕީއެމް ކޯލިޝަނުގެ ކުރީގެ ލީޑަރު އަބްދުﷲ ޔާމީނު އަށް ދައުވާކޮށް ދެ ފަހަރެއްގެ މަތިން ހުކުމް ސާބިތު ވެސް ވި އެވެ. ނަމަވެސް މަތީ ކޯޓުތަކުން އެ ހުކުމްތައް ބާތިލް ކުރީ އެވެ.

އެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އާންމުކުރިއިރު އެ ލިސްޓުގައި ޕީޕީއެމް އަދި ޕީއެންސީގެ ގިނަ އިސްވެރިން އޮތެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުން މިހާރު ތިއްބެވީ މި ސަރުކާރުގެ އިސް މަގާމުތަކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox