މާލޭ ސިޓީ ކައުންސިލުން ބުޅާތައް ލާން ހެދި "އޮޅު ހިޔާ" އަތުލައި، އެނިމަލް ވެލްފެއާ މިނިސްޓްރީއަށް

އޮޅު ހިޔާ" ހުޅުވި ދުވަހު މޭޔަރު އާޒިމް އާއި ސިޓީ ކައުންސިލްގެ މުވައްޒަފުން ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

އޮޅު ހިޔާ" ހުޅުވި ދުވަހު މޭޔަރު އާޒިމް އާއި ސިޓީ ކައުންސިލްގެ މުވައްޒަފުން ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ހަރަދު ކޮށްގެން ތަރައްގީ ކުރި ބުޅާތަކަށް ހާއްސަ "އޮޅު ހިޔާ" ކައުންސިލް އަތުން އަތުލައި, އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލު ކުރުމަށް ކެބިނެޓުން މިއަދު ނިންމައިފި އެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް "އަދަދު" އަށް ވިދާޅުވީ އޮޅު ހިޔާއަށް މާލޭ މަގުމަތީގައި އުޅޭ ބުޅާތައް މިއަދު ގެންދަން އުޅެނިކޮށް އެކަން ހުއްޓުވައި، އޮޅު ހިޔާ ކައުންސިލުން އަތުލަން ކެބިނެޓުން ނިންމި ކަމުގެ ސިޓީއެއް ދީފައިވާ ކަމަށެވެ.

"އެތަން ނިންމާފައި ބުޅާތައް ގެންދަން އުޅެނިކޮށް އެކަން ވަނީ ހުއްޓުވައި އެތަން އެ އަތުލީ. ހުރިހާ ހަރަދެއް ކުރީ ކައުންސިލުން. އެގްރިކަލްޗާ މިނިސްޓްރީގެ ދަށަށް އެތަން ބަދަލު ކުރަން ވަޒީރުންގެ މަޖިލީހުން ނިންމި ކަމުގެ ސިޓީއެއް ވެސް މިއަދު ވަނީ ލިބިފައި،" އާޒިމް ވިދާޅުވި އެވެ.

އެ ސިޓީއާ މެދު ގޮތެއް ނިންމުމަށް މާދަމާ އޮންނަ ކައުންސިލު ބައްދަލުވުމަށް އެކަން ހުށަހަޅާނެކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ އެތަން އަތުލުމަކީ ސަރުކާރުން ޖެއްސުން ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ކަމަށެވެ. ނަމަވެސް އާޒިމް ވިދާޅުވީ އުންމީދަކީ މާލޭގައި އޮތް ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލުން ކުރަމުންދިޔަ މަސައްކަތް ސަރުކާރުން ރަނގަޅަށް ކޮށްދިނުން ކަމަށެވެ.

"ސަރުކާރުން ޖެއްސުން ކުރަންޏާ ކަންތައްތަކެއް ނުވާނެ. ކައުންސިލުން މަސައްކަތްކޮށް ހުރިހާ ކަމެއް ނިންމުމުން އެތަން އަތުލީމަ ކަންތައްތަކެއް ނުކުރެވޭނެ. ޖެއްސުމެއް ގޮތަށް ދެކެނީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެގްރިކަލްޗާ މިނިސްޓްރީ އާއި ސިޓީ ކައުންސިލްއާ ދެމެދު އޮޅު ހިޔާ ހިންގަން ހަދާފައިވާ އެމްއޯޔޫއާ ގުޅިގެން މަޝްވަރާ ކުރުމަށް މާދަމާ ގަޑިއެއް ދީފައިވާ ކަމަށެވެ.

ހުޅުމާލެ ފޭސް 2 ގައި އޮޅު ހިޔާ ތަރައްގީ ކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަ ފޫޓުގެ ބިމެއްގަ އެވެ. އޮޅު ހިޔާ ތަރައްގީކޮށް ނިމުނު މަހުގެ ކުރީކޮޅެވެ. މިހާރު އެތަނުން އަންނަނީ ބުޅަލަށް ބޭނުންވާ އެކި ކަހަލަ ހިދުމަތްތައް ވެސް ދެމުންނެވެ.

އޮޅު ހިޔާ އަތުލިއިރު، އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެތަނުގެ ބައެއް ކަންކަން ފުރިހަމަ ނުވާ ކަމަށް ބުނެ، އެ ތަނަށް ބުޅާ ގެންދިޔުން ހުއްޓާލަން އަންގައި ބަޔާނެއް ނެރެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox