ކޮޕީރައިޓް ގާނޫނާ ތަކުރާރުކޮށް ހިލާފުވާ މީހުންނަށް ދެވޭ އަދަބު ބޮޑުވާ ގޮތަށް އެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ބިލު ފާސްކޮށްފި

މަޖިލީހުގެ މީގެ ކުރީގެ ޖަލްސާއެއްގެ ތެރެއިން: ކޮޕީރައިޓު ބިލު ތަސްދީގުކުރުމުން އެ ގާނޫނު ހިލާފުވާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ  -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މީގެ ކުރީގެ ޖަލްސާއެއްގެ ތެރެއިން: ކޮޕީރައިޓު ބިލު ތަސްދީގުކުރުމުން އެ ގާނޫނު ހިލާފުވާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިދިކޮޅު އަދި ސަރުކާރު މެންބަރުންގެ ވެސް ތާއީދާއެކު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު، ފާތިމަތު ސައުދާ މިދިޔަ ޖުލައި ގައި މަޖިލީހަށް ހުށަހެޅި ބިލު މިއަދު މަޖިލީހުން ފާސްކުރީ 57 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ކޮޕީރައިޓް ގާނޫނަށް ގެންނަން މިއަދު ފާސްކުރި އިސްލާހުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު އިތުރު ކުރުމާއި ކޮޕީރައިޓް ގާނޫނުން ހިމާޔަތް ކޮށްފައިވާ ހައްގަކަށް އަރައިގަންނަ މީހަކު، އެ ކުށް ތަކުރާރު ކޮށްފިނަމަ ދެވޭ އަދަބު ދެގުނަ ކުރެވޭ ގޮތް ހެދުމެވެ.

ކޮޕީރައިޓް ގާނޫނުގައި މީގެ ކުރިން އޮންނަނީ އުފެއްދުމެއްގެ މުސައްނިފުގެ ހަޔާތުގައި އަދި އެމީހަކު މަރުވުމަށްފަހު 50 އަހަރު ވަންދެން އެ އުފެއްދުމެއް ކޮޕީރައިޓް ގާނޫނުގެ ދަށުން ހިމާޔަތް ކުރެވޭނެ ކަމަށެވެ. ނަމަވެސް މިއަދު ފާސްކުރީ އެ މުއްދަތު 70 އަހަރަށް އިތުރު ކުރުމަށެވެ.

ކޮޕީރައިޓް ގާނޫނާ ހިލާފުވެ، އެ ގާނޫނުން ހިމާޔަތް ކޮށްފައިވާ ހައްގަކަށް އުނިކަން އަންނާނެ ގޮތަށް ގަސްދުގައި އަމަލު ކުރާ މީހާއަށް ދެވޭނެ އަދަބެއްގެ ގޮތުގައި މިހާރު ބަޔާން ކޮށްފައި އޮންނަނީ 50،000ރ. އާއި 300،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އަދި، އެ ކުށް ސާބިތުވާތާ ފަސް މަސްދުވަހުގެ ތެރޭގައި އެ ކުށް ތަކުރާރުކޮށްފިނަމަ، ކުށަށް ދެވޭ އެންމެ ބޮޑު އަދަބު ދެގުނަ ކުރެވޭ ގޮތަށް ގާނޫނުގައި މިހާރު އޮވެ އެވެ.

ނަމަވެސް މިއަދު ފާސްކުރި އިސްލާހާ އެކު، ފަސް މަސްދުވަހަށް ފަހު ވެސް ކޮޕީރައިޓުގެ ގާނޫނާ ހިލާފުވާ ކޮންމެ ފަހަރަކު، އެ ކުށަށް އަރައިގަންނަ މީހަކަށް ދެވޭ އަދަބު ދެގުނަ ކުރުމުގެ ބާރު ޝަރީއަތަށް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox