ޝައީރަތަށް ސާބިތުނުވާ ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށް ބުނެ އެންސްޕާގެ ވާހަކަދައްކަން ރިޔާސަތުން ހުރަސްއަޅައިފި

މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ: އަބްދުއްރަހީމް މިހެން ވިދާޅުވީ މީކައިލް ހުށަހެޅުއްވި ކުއްލި މައްސަލައެއްގެ ބަހުސްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ: އަބްދުއްރަހީމް މިހެން ވިދާޅުވީ މީކައިލް ހުށަހެޅުއްވި ކުއްލި މައްސަލައެއްގެ ބަހުސްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ މުއައްސަސާތަކުގެ އަގު ވައްޓައިލެވޭ ގޮތަށް ޝަރީއަތަށް ސާބިތު ނުވާ ކަންކަމުގެ މައްޗަށް ބިނާކޮށް މަޖިލީހުގައި ވާހަކަދައްކައިގެން ނުވާނެ ކަމަށް ބުނެ، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް ނަސީމްގެ ވާހަކައަށް މަޖިލީހުގެ ރިޔާސަތުން މިއަދު ހުރަސް އަޅައިފި އެވެ.

މީކާއިލްގެ ވާހަކައަށް މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ހުރަސް އެޅުއްވީ ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިގުތިސާދީ ކޮމިޓީން ފާސްކުރި ރިޕޯޓަށް ބަހުސް ކުރައްވަމުން، އެންސްޕާއަށް ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ދެއްކެވުމުންނެވެ.

މީކާއިލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ އެޖެންޑާ ފެތުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ބޭނުން ކުރުމަކީ ހިޔާނާތް ކަމަށެވެ. އަދި އެކަންކަން ބަލަން ޖެހޭނެ ކަމަށް ބުނެ އޭނާ ވާހަކަދެއްކެވި އެވެ.

މީކާއިލްގެ އެ ވާހަކަތަކަށް ހުރަސް އަޅުއްވައި އަބްދުއްރަހީމް ފުރަތަމަ ވިދާޅުވީ ހީވާ ހީވުމެއްގެ މައްޗަށް ބިނާކޮށް ސޯޝަލްމީޑިއާގައި ފެތުރޭ ހަބަރުތަކުގެ ވާހަކަދައްކަން ފުރުސަތު ނާރުވާނެ ކަމަށެވެ. ނަމަވެސް އެއަށްފަހު ވެސް މީކައީލްގެ ވާހަކަ އެގޮތަށް ކުރިއަށް ގެންދެވުމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލިސް މެންބަރުން މަޖިލީހުގައި ވާހަކަދައްކަވަން ޖެހޭނީ މެންބަރުންގެ އިއްޒަތްތެރިކަން ނުގެއްލޭ ގޮތަށް ކަމަށެވެ.

"އިއްޒަތްތެރި މެންބަރު، އަޅުގަނޑަށް ޖެހޭނީ ތިގޮތަށް ވާހަކަފުޅު ބައްޓަން ކުރައްވާ ކަމަށް ވަންޏާ ފުރުސަތު ބަންދުކޮށްލަން، އެއީ ހަމަ ހަގީގަތުގައި ވެސް ދައުލަތުގެ މުއައްސަސާތަކުގެ އަގު ވައްޓައިލެވޭ ގޮތަށް ހަގީގަތެއް ނެތް ނުވަތަ ޝަރީއަތަށް ސާބިތުނުވާ ކަންކަމުގެ މައްޗަށް ބިނާކޮށް ވާހަކަ ދެއްކުމަކީ އެއީ ކޮށްގެން ވާނެ ކަމެއް ނޫން، މިތަނުގައި އަޅުގަނޑުމެން މި މުހާތަބު ކުރަނީ ވެސް އިއްޒަތްތެރި މެންބަރު ކިޔާފައި، އެހެންވީމާ އިއްޒަތްތެރި މެންބަރުންގެ އިއްޒަރް ހިފެހެއްޓޭ ގޮތަށް ހުރިހާ މެންބަރުންގެ އަމަލުތައް ބެހެއްޓުމަށް ދަންނަވަމުން ދެން އަޅުގަނޑު ފުރުސަތު މި އަރުވަނީ ދިއްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުލްލަތީފު މުހައްމަދަށް އަޅުގަނޑު ފުރުސަތު އަރުވަން، މިއީ އެމްޑީޕީގެ ވަގުތު ހަމަވީމާ މައިކު ކަނޑާލީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ވާހަކަދެއްކުމަށް އެކަށީގެންވާ ވަރުގެ ވަގުތެއް ނުދެއްވުމުން ނިޒާމީ ނުކުތާއެއް ނަގައި، މީކާއިލް އެކަމާ ކަންބޮޑުވުން ވެސް ފާޅު ކުރެއްވި އެވެ. ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ މެންބަރުން ވާހަކަދައްކަވާ ވަގުތު ބަލަނީ މަޖިލީހުގެ ސެކްރެޓޭރިއެޓުން ކަމަށާއި އެކަމާ ގުޅިގެން ރިޔާސަތަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވިއިރު، މީކާއިލްއަށް ލިބުނު ވަގުތުގައި މަޖިލީހުގެ ރިޔާސަތުން ދެފަހަރު ވާހަކަދެއްކެވިއިރު، ހޯރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާގެ އިތުރުން އިނގުރައިދޫ ދައިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ފަލާހު ވެސް ނިޒާމީ ނުކުތާ ނަންގަވައި ވާހަކަދެއްކެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox