ޗާގޯސްގެ ސިޔާދަތީ ބާރު ލިބޭ ގޮތަށް ޔޫކޭއާއެކު ހެދި އެއްބަސްވުން ރިވިއުކުރަން މޮރިޝަސްގެ އާ ބޮޑުވަޒީރު ނިންމައިފި

ޗާގޯސްގެ އަތޮޅުތަކުން އަތޮޅެއް : އެ ރަށްތަކާ ގުޅޭގޮތުން ޔޫކޭއާއެކު އެކުލަވާލި އެއްބަސްވުން ރިވިއުކުރަން މޮރިޝަސްގެ އާ ބޮޑުވަޒީރު ވަނީ ނިންމާފަ --- ފޮޓޯ: ފައިލް

ޗާގޯސްގެ އަތޮޅުތަކުން އަތޮޅެއް : އެ ރަށްތަކާ ގުޅޭގޮތުން ޔޫކޭއާއެކު އެކުލަވާލި އެއްބަސްވުން ރިވިއުކުރަން މޮރިޝަސްގެ އާ ބޮޑުވަޒީރު ވަނީ ނިންމާފަ --- ފޮޓޯ: ފައިލް

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމައި، އެކުލަވާލި އެއްބަސްވުން ރިވިއުކުރަން އެ ގައުމުގެ އާ ބޮޑުވަޒީރު ނަވިން ރަންގޫލަމް ނިންމަވައިފި އެވެ.

އިނގިރޭސިވިލާތުގެ ދަ ގާޑިއަން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަންގޫލަމް މިގޮތަށް ނިންމަވާ އެކަން މޮރިޝަސްގެ ގާނޫނު ހަދާ މަޖިލީހާ މިހާރު ވަނީ ހިއްސާކޮށްފަ އެވެ.

"އަޅުގަނޑު މިހާރު ވާނީ ޗާގޯސް ގެ ސިޔާދަތީ ބާރާގުޅޭގޮތުން އިނގިރޭސިވިލާތާއެކު ހަދާފައިވާ ސިއްރު އެއްބަސްވުމުގެ މިނިވަން ރިވިއުއެއް ހެދުމަށް އަންގާފަ. އެކަން މަޖިލީހުގެ މެންބަރުންނަށް އަންގާލަން،" ހުކުރު ދުވަހު ބޭއްވި މޮރިޝަސްގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރަންގޫލަމް ވިދާޅުވި އެވެ.

މިއީ އޭރު އިދިކޮޅުގައި އޮތް ރަންގޫލަމްގެ ޕާޓީން ދެކޮޅު ހަދަމުންދިޔަ އެއްބަސްވުމެކެވެ.

ރިޕޯޓުތައް ބުނާ ގޮތުން، މިހާރުގެ ސަރުކާރު އިދިކޮޅުގައި އޮތްއިރު އެކުލަވާލި މި އެއްބަސްވުމުގެ ތެރެއިން ރަންގޫލަމް މައްސަލަ އުފައްދަނީ އިނގިރޭސިވިލާތާއި އެމެރިކާއިން ޗާގޯސްގެ ރަށެއް ކަމަށްވާ ޑިއެގޯ ގާސިއާ ދިގު މުއްދަތަށް ކުއްޔަށް ދޭން ނިންމާފައި އޮތުމުންނެވެ.

ޗާގޯސް-ޔޫކޭ ގެ ސަރުކާރުން އޮކްޓޯބަރު މަހު ނެރުނު ނޫސްބަޔާންތަކުން އެނގޭ ގޮތުގައި، އާ އެއްބަސްވުމުގެ ދަށުން 2036 ގެ ނިޔަލަށް މިހާރު ކުއްޔަށް ދީފައި އޮތް ޑިއެގޯ ގާސީއާ އިތުރު 99 އަހަރަށް ކުއްޔަށް ދޫކުރެވޭނެ އެވެ. މޮރިޝަސްއަށް ކުލި ލިބޭ މި އެއްބަސްވުމުގެ ދަށުން އެ މުއްދަތު ހަމަވުމުން އިތުރަށް މުއްދަތު އިތުރު ކުރެވޭ ގޮތަށް އޮތް ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން، މި އެއްބަސްވުން އެކުލަވާލުމުގައި ގެންގުޅުނު ސިއްރިއްޔާތު ސިޔާސަތާ ގުޅޭ ގޮތުން އޭރުގެ އިދިކޮޅު ޕާޓީތަކުން ދިޔައީ ތަކުރާރުކޮށް ސުވާލު އުފައްދަމުންނެވެ. ނަމަވެސް އިނގިރޭސިވިލާތުން ބުނަނީ މިއީ އެންމެނަށް ވެސް ފައިދާވާނެހެން ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ.

އެގޮތުން، މިއީ ރަނގަޅު ޑީލެއް ކަމަށާއި މި އެއްބަސްވުމުގެ ދަށުން ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާ-ޔޫކޭ ގެ އަސްކަރީ މަރުކަޒު ރައްކާތެރިވާނެ ކަމަށް އިނގިރޭސި ބޮޑުވަޒީރު ކިއޭ ސްޓާމާ މިދިޔަ ހަފުތާ ވަނީ ވިދާޅުވެފަ އެވެ. އަދި، މި އެއްބަސްވުން ދެމެހެއްޓުމަށް މޮރިޝަސްގެ އާ ސަރުކާރާ މަޝްވަރާކުރަމުންދާ ކަމަށްވެސް ސްޓާމާ ވިދާޅުވި އެވެ.

މޮރިޝަސްގެ އާ ސަރުކާރުގެ އިތުރުން، ނޮވެމްބަރު މަހު ކުރީކޮޅު އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވި ޑޮނަލްޑް ޓްރަމްޕު އެކުލަވާލައްވަމުން ގެންދަވާ ސަރުކާރުން ވެސް ވަނީ މި އެއްބަސްވުމާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން ޗައިނާއާ ގާތް ގުޅުމެއް އޮންނަ ކަމަށް އެމެރިކާއިން ބުނާ މޮރިޝަސްއަށް ޗާގޯސް ދިނުމަކީ އެމެރިކާގެ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕު ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ނޮމިނޭޓުކޮށްފައިވާ މާކޯ ރޫބިއޯ މި ފަހުން ވިދާޅުވެފައިވެ އެވެ.

އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެގޮތަށް އެކަން ކުރުމަށް އަންގާ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން ވަނީ ހުކުމެއްވެސް ކޮށްފަ އެވެ.

ޗާގޯސް މައްސަލާގައި ރާއްޖޭގެ މަސްލަހަތު

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފަ އެވެ. އަދި, ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައިކޮށްފައިވެސްވެ އެވެ.

އެ މައްސަލާގައި މޮރިޝަސްއާ ދެކޮޅަށް އެންމެ ބޮޑަށް ނެގި ނުކުތާއަކީ ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް ހިނގާކަން ސާފު ނުވާ ކަމަށް ބުނި ބުނުމެވެ. އަދި ސިޔާދަތީ ބާރުގެ މައްސަލަ ފުރަތަމަ ނިންމަން ޖެހޭ ކަމަށްވެސް ރާއްޖެއިން ވަކާލާތު ކުރި އެވެ. ނަމަވެސް ޔޫކޭ-މޮރިޝަސް އެއްބަސްވުމާއެކު އޭރު ރާއްޖެއިން ނެގި ދިފާއުތައް ވަނީ މުޅީންހެން ބާތިލުވެފަ އެވެ.

އެހެން ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރާނެ ކަމަށް ވައުދުވަމުންނެވެ. މިއަދާ ހަމައަށް ވެރިކަމަށް 320 އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ސަރުކާރުން އަދިވެސް އެކަމުގައި ގޮތެއް ނުނިންމަ އެވެ.

ނަމަވެސް، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން ނިންމުމާއެކު، އެކަމަށް ގޮންޖަހާ ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފަ އެވެ.

ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ސިޓީގެ ކޮޕީއަކަށާއި އެކުގައި ފޮނުވި ކަމަށް އެމަނިކުފާނު ވިދާޅުވި ލިޔެކިޔުންތަކުގެ ކޮޕީތަކަށް މި ނޫހުން ވާނީ އެދިފަ އެވެ. އެ ހުށަހެޅުމަށް އަދި ޖަވާބެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox