ތަފާތު ވިސްނުންތަކާއެކު ކުރިއަށްދާން ޖޭ ޝާހު އައިސީސީ ޗެއާމަންކަމުގެ ދައުރު ފަށައިފި

Dec 1, 2024, 1:21 PM
ތަފާތު ވިސްނުންތަކާއެކު ކުރިއަށްދާން ޖޭ ޝާހު އައިސީސީ ޗެއާމަންކަމުގެ ދައުރު ފަށައިފި

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 1) - އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ އާ ޗެއާމަން، ކްރިކެޓް ބޯޑް އޮފް އިންޑިއާ (ބީސީސީއައި)ގެ ސެކްރެޓަރީ ޖޭ ޝާހު، އާ ވިސްނުންތަކާ އެކު ހުރިހާ ގޮތަކުން ކްރިކެޓް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ޖޭ ޝާހު، 36، އައިސީސީގެ ތާރީހުގައި ވެސް ޗެއާމަންގެ މަގާމާ ހަވާލުވި އެންމެ އުމުރުން ހަގު ފަރާތުުގެ ގޮތުގައި މިއަދު ވަނީ ޒިންމާއާ ރަސްމީކޮށް ހަވާލުވެފަ އެވެ.

އައިސީސީ އެންމެ ފަހުގެ ޗެއާމަން، އޮސްޓްރޭލިއާގެ ގްރެގް ބާކްލޭ ވަނީ މިދިޔަ މަހުގެ ނިޔަލަށް އޭނާގެ ދެ ވަނަ ދައުރު ހަމަވުމުން އިތުރަށް ކުރިއަށް ނުދާން ނިންމައިފަ އެވެ. އޭނާ ފުރަތަމަ މަގާމަށް އައީ 2020 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ. އަދި 2022 ވަނަ އަހަރު ދެ ވަނަ ދައުރަކަށް އިންތިހާބުވި އެވެ.

ސަތޭކަ އަށް ވުރެ ގިނަ މެމްބަރު ގައުމު ހިމެނޭ އައިސީސީގެ ޗެއާމަން މަގާމާ ހަވާލުވުމަށް ފަހު، ޖޭ ޝާހު ވިދާޅުވީ، ކްރިކެޓް އާ އުސްމިންތަކަކަށް ގެންދަން ވިސްނުންތަކެއް އެބަހުރި ކަމަށާއި އެންމެ ބޮޑު އެއް ހިތްހަަމަޖެހުމަކީ، 2028 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ކްރިކެޓް ހިމެނޭއިރު، އޭގެ މަސައްކަތްތައް ނިންމުމާއި އަންހެން ކްރިކެޓްގެ ޑިވެލޮޮޕްމަންޓަށް ގިނަ ކަންކަން ރޭވުން ކަަމަށެވެ.

ޖޭ ޝާހު އަކީ، އިންޑިއާގެ ހޯމް މިނިސްޓަރު، އަމިތު ޝާހުގެ ދަރިއެކެވެ. މީގެ ކުރިން، އިންޑިއާގެ ހަތަރު ފަރާތެއް ވަނީ، އައިސީސީ އިސް މަގާމުތައް ފުރުއްވައިފަ އެވެ. އެއީ، އައިސީސީގެ ރައީސަކަށް 1997-2000 އަށް ޖަގްމޯހަން ދަލްމިޔާ، 2010-2012 އަށް ހުންނެވި ޝަރަދު ޕަވަރުގެ އިތުރުން، ޗެއާމަނަކަށް 2014-2015 އަށް ހުރި ސްރިނިވާސަން އާއި 2015-2020 އަށް ހުންނެވި ޝަޝާން މަނޯހަރު އެވެ.

މަގާމުގެ ޒިންމާއާ ޖޭ ޝާހު ހަވާލުވިއިރު ވެސް މިއީ އުނދަގޫ ޗެލެންޖެކެވެ. އެއީ، އަންނަ އަހަރު ޕާކިސްތާންގައި ބާއްވަން ނިންމާފައި އޮތް އައިސީސީ ޗެލެންޖް ޓްރޮފީ މުބާރާތަށް އިންޑިއާ އިން ޕާކިސްތާނަށް ނުދާން ނިންމާފައި އޮތުމުން މުބާރާތުގެ ފޯމެޓާއި ސްޓޭޑިއަމްތަކާ ގުޅޭގޮތުން ނުނިންމި ހުރި ކަންކަން ގޮތަކަށް ނިންމުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox