އަމާޒަކީ 2040 ގައި އޮލިމްޕިކް ޕޯޑިއަމް ފިނިޝްއެއް: މިނިސްޓަރު

Dec 1, 2024, 9:31 AM
އަމާޒަކީ 2040 ގައި އޮލިމްޕިކް ޕޯޑިއަމް ފިނިޝްއެއް: މިނިސްޓަރު

މީގެ އަހަރެއްހާ ދުވަސް ކުރިން، ސަރުކާރުން އިސްވެ، މަސައްކަތް ފެށި، ކުޅިވަރުގެ ދުރުރާސްތާ ޕްލޭނުގެ ތެރެއިން، އެންމެ ބޮޑު އެއް އަމާޒަކީ 2040 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސް އިން ރާއްޖެ އަށް ޕޯޑިއަމް ފިނިޝްއެއް ހޯދައި، މެޑަލް ހާސިލްކުރުން ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދު ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ އޮޑިޓޯރިއަމްގައި އިއްޔެ ފެށި، ރާއްޖޭގެ ކުޅިވަރުގެ 20 އަހަރުގެ ދުރުރާސްތާ ޕްލޭންގެ ޕްރެޒެންޓޭޝަން، "ޕްލޭގްރައުންޑް ޓު ޕޯޑިއަމް"ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، މީގެ އަހަރެއްހާ ދުވަސް ކުރިން، މި ޕްލޭނުގެ މަސައްކަތް ފަށައިގެން، ފުރަތަމަ އަހަރުވީއިރު، އެންމެން ގުޅިގެން ރަނގަޅު މަަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެ ގޮތުން، މި ޕްލޭނުގެ މަސައްކަތުގެ ބައިވެރިންގެ ގޮތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، ގައުމީ ކުޅިވަރު ކައުންސިލް، ސަރުކާރުގެ މިނިސްޓްރީތައް އަދި ކުޅިވަރު އެސޯސިއޭޝަންތައް ވެސް ހިމެނޭ ގޮތަށް ކުރި މަސައްކަތުގައި މި ވަގުތު ރާއްޖޭގެ ކުޅިވަރު ސިސްޓަމްގައި ހުރި މައްސަލަތައް ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ފާހަގަކުރެވުނު ކަންކަމަށް ބަލައި، އެންމެން އެއް ޓީމެއްގައި، ރަނގަޅު ޓީމްވޯކެއްގައި، ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލަށްޓަކައި މިދިޔަ އަހަރެއްހާ ދުވަހު ވެސް ރަނގަޅު މަސައްކަތެއް ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ލިބުނު މައުލޫމާތުގެ އަލީގައި، ސްވޮޓް އެނަލައިސިސްއެއް ހެދިގެން ދިޔަ އަހަރެމެންގެ ކޮންސަލްޓަންޓުންނާ ގުޅިގެން. އަހަރެމެން ޕްލޭން މި ހެދީ 2040 ގެ އޮލިމްޕިކް ގައި ޕޯޑިއަމް ފިނިޝް އަކަށް ދާން. އެނގޭ މިއީ، ވަރަށް އުންމީދީ ޕްރޮޖެކްޓެއްކަން، އަހަރެމެން މި ދަތުރު ފަށަން މި ވަނީ ތައްޔާރު، ބޭބީ ސްޓެޕްސް ފުރަތަމަ މި ނެގެނީ، އެކަމަކު އުންމީދަކީ ވަރަށް ހަލުވި ދުވެއްޔެއްގައި، މި ދަތުރުން ކުރިއަށްދާން." ރާފިއު ވިދާޅުވި އެވެ.

އެމެރިކާގެ، އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓިފިކެޓް ޕްރޮގްރާމް (އައިސީއީސީޕީ)ގެ އެހީތެރިކަމާ އެކު، މި ހެދި ދުރުރާސްތާ ޕްލޭނުގައިވާ ގޮތުން، އެތުލީޓުންނަށް ރަނގަޅު ފެންވަރުގެ ތަމްރީން ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ނިޒާމެއް ކަނޑައަޅާ ގޮތަށް ހިމަނާފައިވެ އެެވެ. އަދި ވީހާ ވެސް އަވަހަށް އެކި ކުޅިވަރުގެ ހުނަރުވެރި ކުދިން ހޯދައި، ރަނގަޅު ތަމްރީންތައް ދީ އެ ކުދިން ކުރިއެރުވުން ހިމަނާފައިވެ އެވެ. މީގެ ދުރު ވިސްނުމަކީ، ބައިނަލްއަގުވާމީ ބޮޑެތި ގޭމްސްތަކުން ރާއްޖެ އަށް މެޑަލް ހޯދޭނެ ވަރަށް ދުރާލާ އެތުލީޓުން ޑިވެލޮޕްކުރުމެވެ. އެ ގޮތުން، ޕްލޭނުގައި ކާމިޔާބު ހޯދުމުގެ ޓާގެޓެއްގެ ގޮތުން ހިމަނާފައިވަނީ، 2030 އާއި 2034 ގެ އޭޝިއަން ގޭމްސްގައި މެޑަލެއް ހޯދުމާއި 2036 އާއި 2040ގެ އޮލިމްޕިކްސް އިން ރާއްޖެ އަށް މެޑަލެއް ގެނެވޭތޯ އެ އަޒުމުގައި މަސައްކަތް ކުރުމެވެ.

ރާފިއު ވިދާޅުވީ، މި ދުރުރާސްތާ ޕްލޭނަށް ބާރު ލިބޭނެ އެކިއެކި މަސައްކަތް މިހާރު ވެސް ފެށި އަނެއް ބައި މަސައްކަތް ކުރިއަށްދަމުން އަންނަ ކަމަށެވެ. އެ ގޮތުން، ގައުމީ ކުޅިވަރު ފަންޑެއް ވުޖޫދުކުރުމުގެ މަސައްކަތާއި ހަށިހެޔޮ ޕްރޮގްރާމެއް ފެށިފައިވާ ކަމަށް ރާފިއު ވިދާޅުވި އެވެ.

ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނަކީ، ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "ހަފްތާ 14" ތެރޭގައި ކުރަން ފަށަން ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނި ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، ރާފިއު ވިދާޅުވީ، މި ޕްލޭނަށް ބޭނުންވާ މުހިންމު ކަންކަން މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި އޮތް ކުޅިވަރު ގާނޫނުގެ އިސްލާހުގެ ތެރެއިން ވެސް ފުރިހަަމަ ވެގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox